Roadha Mihaaru
އެނދީ މި ސަރުކާރުގެ ފްލެޓް ފޯމުތަކެއް ނޫން: މުއިއްޒު

އެނދީ ފްލެޓަށް އެދި މި ސަރުކާރަށް ހުށަހެޅި ފޯމުތަކެއް ނޫން: މުއިއްޒު

29 މާޗް 2018

ވިލިމާލޭގެ ގުދަނެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި، އެނދީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުވާލި ބޯހިޔާވަހި ކަމުގެ މަޝްރޫއަކުން ފްލެޓަށް އެދިި ހުށަހެޅި ފޯމުތަކެއް ނޫން ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ވިލިމާލޭގެ ގުދަނެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި، އެނދީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުވާލި ބޯހިޔާވަހި ކަމުގެ މަޝްރޫއަކުން ފްލެޓަށް އެދިި ހުށަހެޅި ފޯމުތަކެއް ނޫން ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިގޮތަށް ވިދާޅުވީ، ވިލިމާލޭގެ ގުދަނެއްގައި މިދިޔަ މަހު ރޯކޮށްލީ، އެތަނުގައި ހުރި ހައުސިން މިނިސްޓްރީއާ ގުޅޭ މުހިއްމު ހެކިތަކެއް ނައްތާލަން ކަމުގެ ތުހުމަތުކޮށް، ސޯޝަލް މީޑިއާގައި ފާޑުކިޔަމުންދާތީ އެވެ.

އެކަމުގެ ހަގީގަތް ސާފުކޮށްދެއްވަން މިނިސްޓަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވާ ފޮޓޯ އިން ފެންނަނީ، 2005 ގައި ހައުސިން މިނިސްޓްރީން ހިންގި ސްކީމެއްގެ ފޯމުތަކެއް ކަމަށެވެ. މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއަކަށް ހުށަހެޅި ފޯމެއް އޭގެ ތެރޭގައި ނުހިމެނޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"މި ސަރުކާރުން ހިންގި ސްކީމްގެ ހުރިހާ ފޯމުތަކެއް ވާނީ ރައްކާކުރެވި، ސްކޭންކޮށް ޑިޖިޓައިޒް ކޮށްފައި،" އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު އެ އިޝާރާތް ކުރެއްވީ މި ސަރުކާރުން ހުޅުވާލި ގެދޮރުވެރިކަމުގެ މަޝްރޫއުގެ ދަށުން ފްލެޓަށް އެދި ހުށަހެޅި ފޯމުތަކުގެ ވާހަކަ އެވެ. އެ ސްކީމުން ހުޅުވާލި 704 ފްލެޓަށް، 15،000 އަށް ވުރެ ގިނަ މީހުން ފޯމު ހުށަހެޅި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ވިލިމާލޭގެ ގުދަނުގައި ހިނގި އަލިފާނުގެ ހާދިސާ މައްސަލަ ތަހުގީގުކުރަން މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ.