ހިޔާ މަޝްރޫއުގެ ދަށުން މި ސަރުކާރުން އިއުލާން ކުރި ފްލެޓުތައް ލިބުނު މީހުންގެ ލިސްޓު އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ބާތިލްކޮށްފިއްޔާ، އެއީ އަނިޔާވެރިކަން ކަމަށާއި ލިސްޓު ބާތިލު ނުކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
05 ނޮވެމްބަރ 2018
ހިޔާ މަޝްރޫއުގެ ދަށުން މި ސަރުކާރުން އިއުލާން ކުރި ފްލެޓުތައް ލިބުނު މީހުންގެ ލިސްޓު އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ބާތިލްކޮށްފިއްޔާ، އެއީ އަނިޔާވެރިކަން ކަމަށާއި ލިސްޓު ބާތިލު ނުކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭން ފްލެޓު ހޯދުމަށް އެދި، ކުރިމަތިލި މީހުންގެ ތެރެއިން ދެ ބައިކުޅަ އެއްބައި މީހުންނަށް ފްލެޓު ކަށަވަރު ކޮށްދީފައިވާ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ. އެއީ ފޯމު ލި 22،000 އަށް ވުރެ ގިނަ މީހުންގެ ތެރެއިން 11،000 މީހުންނަށެވެ.
މިދިޔަ ސެޕްޓެމްބަރު 30 ވަނަ ދުވަހު އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ އާ ސަރުކާރުގެ ސޯޝަލް ހައުސިން ސްކީމުގެ ދަށުން ފްލެޓާއި ގޯއްޗަށް ކުރިމަތިލާން އަލުން ހުޅުވައިލާނެ ކަމަށެވެ.
ފްލެޓް ދޫކުރުމުގައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އުސޫލާއި ހަމަ އިން ބޭރުން ކަންކަން ކޮށްފައިވާ ކަމަށާއި އެކަން މުރާޖައާކޮށް ފްލެޓަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް މާރިޔާ ވިދާޅުވި އެވެ.
ހައުސިން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މުއިއްޒު ވިދާޅުވީ ފްލެޓުތައް ކަށަވަރުވި މީހުންނަށް ފްލެޓު ނުލިބޭނެ އެއްވެސް ހަމައެއް ނޯންނާނެ ކަމަށެވެ. އަދި މި ސަރުކާރުން ކަށަވަރު ކޮށްދީފައި ވަނީ އެތައް ހާސް ރައްޔިތުންގެ ބޯހިޔާވަހިކަން ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.
މި ސަރުކާރުން ޒިންމާދާރުކަމާއި ތެދުވެރިކަމާއެކު، މަސައްކަތް ކުރި ގޮތަށް އާ ސަރުކާރުން ލިސްޓު ބާތިލު ނުކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ. އަދި ފްލެޓު ލިބުނު މީހުންނަށް، އިބޫގެ ސަރުކާރުން އަމާނާތްތެރިކަމާއެކު ފްލެޓު ދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޒިންމާދާރު، އިހްލާސްތެރި، އަމާނާތްތެރި، ތެދުވެރި، ޕްރޮފެޝަނަލް މަސައްކަތެއް ކުރަން އަންނަ ސަރުކާރަކުން އެހެން ނުހަދާނެ،" މި ސަރުކާރުން ކުރީ އެފަދަ މަސައްކަތެއްކަން ފާހަގަ ކުރައްވައި މުއިއްޒު ވިދާޅުވި އެވެ.
"ކޮން އަސާސަކުންތޯ އެބޭފުޅުން ބާތިލް ކުރާނީ؟ އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ އެ ބޭފުޅުން އެކަން ކުރައްވާނެ ކަމަކަށް. އެކަން ކޮށްފިނަމަ، އެއީ ވާނީ އަނިޔާވެރި ކަމަކަށް."
މުއިއްޒު ވިދާޅުވީ ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގެން، ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ދެއްކެވި އިހްލާސްތެރިކަން، އަލަށް އެކުލަވައިލާ ސަރުކާރުގެ ބޭފުޅުން ދައްކަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ގާތްގަނޑަކަށް 44،000 ރައްޔިތުންނަށް ބޯހިޔާވަހިކަން ލިބިފައިވާ އިރު، އެ މީހުންގެ ހައްގު އާ ސަރުކާރުން ކަށަވަރު ކޮށްދެއްވާނެ ކަމަށް ޔަގީން ކުރައްވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
މީގެ އިތުރުން ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި ހިންގަމުން އަންނަ މަޝްރޫއުތަކާއި މި ސަރުކާރުން އިއުލާން ކުރި ހައުސިން މަޝްރޫއުތައް އާ ސަރުކާރުން ކުރި އަށް ގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.
"މިއަދު އިއުލާން ކުރެވުނީ 44،000 މީހުންގެ ބޯހިޔާވަހިކަން. މިއީ އެ މަނިކުފާނު (ރައީސް ޔާމީން)ގެ ލެގަސީ. މި ހަގީގަތަށް ހައްދަވައި ދެއްވުމުގެ ޒިންމާ ދެން ހަވާލުވާ ބޭފުޅުންގެ ބޮލުގައި ނޫނީ ކޮނޑުގައި ވަނީ އެޅިފައި. މިކަން ކޮށްދެއްވުމަކީ އެ ބޭފުޅުންގެ ޒިންމާއެއް،" މުއިއްޒު ވިދާޅުވި އެވެ.
ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭން ފްލެޓު ހޯދުމަށް އެދި، 22،000 އަށް ވުރެ ގިނަ ފޯމް ހުށަހެޅި އެވެ. ހައުސިން މިނިސްޓްރީން ވަނީ ފްލެޓު ލިބޭ 11،000 މީހުންނަށް އެ މީހުންނަށް ފްލެޓު ލިބުނު ކަމުގެ ރަސްމީ ލިޔުމެއް ކުރިން ދިން ނަމަވެސް، މި ފަހަރު ނުދޭނެ ކަމުގެ އިޝާރާތެއް ދެއްވި އެވެ.
ފްލެޓުތައް ކުޑަ ކަމަށް ބުނާ ވާހަކައަކީ ދޮގެއް:މުއިއްޒު
ފްލެޓް ދޫކުރުމުގައި މިފަހަރު ވެސް "އޮޅުވާލުން"؟!
600 އަކަފޫޓު ހަމަނުވަންޏާ ބިންކޮޅު ދޫކޮށްލާކަށްނުޖެހޭ
ފްލެޓް ލިސްޓު ލަސްވީ ކޮވިޑާ ހެދި މަސައްކަތް ހުއްޓުމުން
ފްލެޓްތަކުގެ އަގު 7،000ރ. އަށް ވުރެ ކުޑަވާނެ
މިހުރީ ޓަވަރެއްގައި: ރީތި މަންޒަރެއް އެކަމަކު ހާސްކަން
ހަރަދުތަކާ އެކު ފްލެޓު 5،600ރ.އަށް ދެވޭނެ
މުއިއްޒުގެ މައްޗަށް ތަހުގީގެއް ހިންގަން ޖެހޭ: ނަޝީދު
ފްލެޓް ލިޔުން މާދަމާ ރޭ 12 ޖަހަންދެން ހަވާލުކުރަނީ
ފްލެޓް ނުދީފި ނަމަ ކޯޓަށް ދެވޭނެ: މުއިއްޒު