29 މާޗް 2018
ރައްޔިތުންގެ މަޖިލީހުގައި އޭނާ ތަމްސީލްކުރައްވާ ދާއިރާގެ ރައްޔިތުންގެ ހައްގުތައް ނިގުޅައިގެންފައި އޮންނަތާ އަހަރެއް ފާއިތުވުމަކީ ދައުލަތް ލަދުގަންނަން ޖެހޭނެ ކަމެއް ކަމަށާއި ހައްގު ހޯދަން ކުރާ މަސައްކަތް ހުއްޓާނުލައްވާނެ ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި އޭނާ ތަމްސީލްކުރައްވާ ދާއިރާގެ ރައްޔިތުންގެ ހައްގުތައް ނިގުޅައިގެންފައި އޮންނަތާ އަހަރެއް ފާއިތުވުމަކީ ދައުލަތް ލަދުގަންނަން ޖެހޭނެ ކަމެއް ކަމަށާއި ހައްގު ހޯދަން ކުރާ މަސައްކަތް ހުއްޓާނުލައްވާނެ ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު މިއަދު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމުން ވަކިކުރި ސިޓީއާއެކު އަމީތު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއަދަކީ ޕީޕީއެމުން ވަކި ކުރިތާ އެއް އަހަރު ފުރުނު ދުވަސް ކަމަށެވެ. ގާނޫނުއަސާސީން ލިބޭ ހައްގުތައް، އޭނާ ވަކިކުރި ދުވަހުން ފެށިގެން ނިގުޅައިގެންފައިވާ ކަމަށް ވިދާޅުވި އެވެ.
އަމީތު ވިދާޅުވި ގޮތުގައި ހައްގުތައް ހޯދަން އޭނާ ކުރައްވާ މަސައްކަތުގައި ދޫދިނުމެއް ނެތެވެ. ދާދި އަވަހަށް ކާމިޔާބު ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
I was dismissed from #PPM last year today. Since then my constituents are being denied their #constitutional rights. For a state to mistreat their citizens this way is insane.
— Mohamed Ameeth (@MohamedAmeeth) March 29, 2018
Fight for the rights of my constituents can never be stopped. Soon we will succeed, Insha Allah. pic.twitter.com/YizADJivAn
އަމީތު ކުރެއްވި ޓުވީޓު.
ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅި 12 މެމްބަރުންގެ ތެރޭގައި އަމީތު ހިމެނިވަޑައިގަންނަވަ އެވެ. އީސީން، އޭނާގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅުމާ ގުޅިގެން މިދިޔަ ޖުލައި މަހުން ފެށިގެން މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވެވަޑައެއް ނުގެންނެވެ އެވެ.
އެކަމަކު، މިދިޔަ ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ވަނީ ފްލޯ ކްރޮސް ކުރުމާ ގުޅޭގޮތުން ސުޕްރީމް ކޯޓުން ޖުލައި 13 ގައި ނެރުނު ހުކުމް ބާތިލްކޮށް، 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅައިފަ އެވެ. އެ އަމުރުގެ އެ ބައި ބާތިލްކުރަން އެޓާނީ ޖެނެރަލް މައްސަލަ ހުށަހެޅުމުން ސުޕްރީމް ކޯޓުން ވަނީ ވަގުތީ އަމުރެއް ނެރެ، އަމުރުގެ އެ ބަޔަށް އަމަލު ކުރުން މަޑުޖައްސާލަން އަންގައިފަ އެވެ. އެ މައްސަލައިގައި ސުޕްރީމް ކޯޓުން އަދި ގޮތެއް ކަނޑައެއް ނާޅާ އެވެ.
އަމީތު "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި، މެމްބަރުންގެ ހައްގުތައް ނިގުޅައިގަތީ އީސީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ކަމަށް ވިދާޅުވެ، އެ ދެ މުއައްސަސާ އަށް ފާޑު ވިދާޅުވި އެވެ. އަދި ކޯޓުތަކުގެ ތެރެއިން އެ މައްސަލާގައި އަދި އިންސާފެއް ލިބިފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަމީތު ވިދާޅުވީ ސުޕްރީމް ކޯޓުގައި 12 މެމްބަރުންނާ ގުޅޭ ގޮތުން އޮތް މައްސަލަތައް ނިމި، އިންސާފުވެރި ހުކުމެއް އަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
"މިއީކީ އަޅުގަނޑުގެ އެކަނި ހައްގެއް ނޫން. އެތައް ހާސް ބައެއްގެ ހައްގު. މި އެއް އަހަރު ދުވަހު ދައުލަތް މި ވަނީ ފެއިލްވެފައި. މިއީ ލަދުވެތިވާން ޖެހޭނެ ކަމެއް،" އަމީތު ވިދާޅުވި އެވެ.
އަމީތު ވަނީ މިދިޔަ އަހަރު ރައްޔިތުންގެ މަޖިލީހުގެ ބަޖެޓާއި މުހިންމު ގާނޫނުތައް ފާސް ކުރިއިރު، އޭނާއާ އެހެން މެމްބަރުންގެ ދައުރެއް ނެތި ފާސް ކުރުމުން އެކަމާ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ. އަދި ދާއިރާގެ އަޑު މަޖިލީހުގައި އިއްވަން ފުރުސަތު ނުލިބޭތީ ހިތާމަ ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އިދިކޮޅު 12 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި ބައި ބާތިލް ކުރަން އެޓާނީ ޖެނެރަލްގެ ފަރާތުން މައްސަލަ ހުށަހަޅާފައި ވަނިކޮށް، މަޖިލީހުން މިހާރު ވަނީ ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް އެންޓި ޑިފެކްޝަން ގާނޫނެއް ފާސްކޮށްފަ އެވެ. އަދި 12 މެމްބަރުން އެ ގާނޫނުގެ ތެރެއަށް ވަންނާނެ ގޮތް ހެދުމަށްޓަކައި މިދިޔަ އަހަރުގެ ޖުލައި މަހާ ހަމައަށް އެ ގާނޫނު ހިނގާ ގޮތަށް ވެސް މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.
އެންޓި ޑިފެކްޝަން ގާނޫނުގެ ސައްހަކަމުގެ މައްސަލަ ވެސް މިހާރު އޮތީ ސުޕްރީމް ކޯޓުގަ އެވެ. އިދިކޮޅު ބައެއް މެމްބަރުންގެ ފަރާތުން ހުށަހެޅި އެ މައްސަލަ މިހާރު އޮތީ ހުކުމް އިއްވުމުގެ މަރުހަލާގަ އެވެ.
މަޖިލިހުގެ ގޮނޑި ގެއްލުނު މެމްބަރުން ސުޕްރީމް ކޯޓަށް
ސައުދުﷲގެ ގޮނޑީގެ މައްސަލަ ހުކުމާ ހަމައަށް
ސިނާންގެ ގޮނޑީގެ މައްސަލަ ހުކުމަކާ ހިސާބަށް
ޕީޕީއެމުން ވަކިވާން ހުށަހެޅުމާ އެކު ވަކިވާނެ
އިންސާފު ނުލިބޭތީ ހިތާމަކުރަން: އަމީތު
ލަތީފްގެ އާދޭސް: ގޮނޑީގެ މައްސަލަ އަވަހަށް ނިންމައިދީ
ފުލުހުން ނުކުމެ، މަޖިލިސް ސަރަހައްދު ބަންދުކޮށްފި
ޒަރޫރީ ހާލަތެއް ކުރިމައްޗެއް ނުވޭ، ވޯޓު ވާނީ ބާތިލް
ގޮނޑި ގެއްލޭ ގޮތަށް ބިލް މަޖިލީހުން ފާސްކޮށްފި
12 މެމްބަރުން ވަކިވާ ގޮތަށް ބިލް އިސްލާހުކޮށްފި