Roadha Mihaaru

އިންވެސްޓްމަންޓްތަކަށް ހާއްސަ ކުންފުންޏެއް އުފައްދަވައިފި

ރާއްޖެ އަންނަ އިންވެސްޓްމަންޓްތައް ހަރުދަނާ ކުރުމަށް އާ ކުންފުންޏެއް މިއަދު އުފައްދަވައިފި އެވެ.

އިންވެސްޓްމަންޓްތަކަށް ހާއްސަ ކުންފުންޏެއް އުފައްދަވައިފި
އަހުމަދު ސާއިލް އަލީ
އަހުމަދު ސާއިލް އަލީ

05 އެޕްރީލް 2018

ރާއްޖެ އަންނަ އިންވެސްޓްމަންޓްތައް ހަރުދަނާ ކުރުމަށް އާ ކުންފުންޏެއް މިއަދު އުފައްދަވައިފި އެވެ.

ސަރުކާރު 100 ޕަސެންޓް ހިއްސާވާގޮތަށް، ރައީސް އަބްދުﷲ ޔާމީންގެ ގަރާރަކުން މިއަދު އުފެއްދެވީ "ނޭޝަނަލް އިސްވެސްޓްމަންޓް މެނޭޖްމަންޓް ކޮމްޕެނީ" އެވެ.

ރައީސް އޮފީހުން ބުނީ އެ ކުންފުންޏަކީ އިގްތިސާދަށް އަންނަ ބަދަލުތައް ދެނެގަނެ އިންވެސްޓްމަންޓްތައް ހިމާޔަތް ކުރުމަށްޓަކައި އުފެއްދި ކުންފުންޏެއް ކަމަށެވެ. އިންވެސްޓްމަންޓްތަކުގެ ފައިދާ އިތުރު ކުރުމާއި ރާއްޖެއަށް އިސްލާމިކް ފައިނޭންސާއި ފައިނޭޝިއަލް ޕްރޮޑަކްޓްތައް އިތުރު ކުރުމަކީ އެ ކުންފުނީގެ މަގުސަދެއް ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

އެ ކުންފުންޏަށް ހުއްދަކޮށްފައިވާ ރައުސްމާލަކީ 10 ރުފިޔާގެ 500،000 ހިއްސާގެ މައްޗަށް ބަހާލެވިފައިވާ ފަސް މިލިއަން ރުފިޔާ އެވެ.

ނަމަވެސް އެ ކުންފުނީގެ ބޯޑު މެމްބަރުންނަކީ ކޮބައި ކަމެއް އަދި ނޭނގެ އެވެ.

މިދިޔަ މަހުގެ ފަހުކޮޅުގައި ތިލަފުށި ކޯޕަރޭޝަން (ޓީސީއެލް) އާއި ގުޅިފަޅު އިންވެސްޓްމަންޓް ލިމިޓެޑް (ޖީއައިއެލް) އެއްކޮށްލައިގެން "ގްރޭޓަ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް" ކިޔާ ކުންފުންޏެއް ވެސް ވަނީ އުފައްދާފަ އެވެ.