Roadha Mihaaru
މޭރީބްރައުންގެ ރެސްޓޯރަންޓެއް ހުޅުމާލޭގައި ހުޅުވަނީ

މޭރީބްރައުންގެ ރެސްޓޯރަންޓެއް ހުޅުމާލޭގައި ހުޅުވަނީ، އާ ބުއިންތަކެއް ވެސް ތައާރަފް ކޮށްފި

07 އެޕްރީލް 2018

ރާއްޖޭގައި ހިންގާ މެލޭޝިއާގެ މަޝްހޫރު ފްރެންޗައިޒް ރެސްޓޯރެންޓް، މޭރީބްރައުންގެ ބްރާންޗެއް ހުޅުމާލޭގައި ހުޅުވާ ގޮތަށް ނިންމައިފި އެވެ.

ރާއްޖޭގައި ހިންގާ މެލޭޝިއާގެ މަޝްހޫރު ފްރެންޗައިޒް ރެސްޓޯރެންޓް، މޭރީބްރައުންގެ ބްރާންޗެއް ހުޅުމާލޭގައި ހުޅުވާ ގޮތަށް ނިންމައިފި އެވެ.

ދުނިޔޭގެ އެކި ސަރަހައްދުގެ 15 ގައުމެއްގައި 350 ރެސްޓޯރެންޓް ހިންގާ ފްރެންޗައިޒްގެ އަހަރީ ދުވަހާ ދިމާކޮށް، މޭރީބްރައުންގެ އެފްއެންބީ އޮޕަރޭޝަންސްގެ ޗީފް އޮޕްރޭޓިން މެނޭޖަރު ޔްވޯން ސޯ ވިދާޅުވީ، ހުޅުމާލޭގައި އައުޓްލެޓެއް ހުޅުވާނީ މި އަހަރު ފަހުކޮޅު ކަމަށެވެ.

"އަޅުގަނޑުމެންގެ ރެސްޓޯރެންޓްގެ ކަންކަން އިތުރަށް ފުރިހަމަ ކުރުމަށް ކަސްޓަމަރުން ހިޔާލު ދެއްވުން ވަރަށް މުހިންމު. އެ ހިޔާލުތަކުގެ މައްޗަށް ބަލައިގެން ކަންކަން އިތުރަށް ރަނގަޅު ކުރާނަން،" މޭރީބްރައުން އަށް 37 އަހަރު ފުރުމާއި އަދި ރާއްޖޭގައި އެތަނުގެ އައުޓްލެޓެއް ހިންގަން ފެށިތާ ހަތް އަހަރު ފުރުން ފާހަގަ ކުރަމުން ޔްވޯން ވިދާޅުވި އެވެ.

މޭރީބްރައުންގެ އަހަރީ ދުވަސް ފާހަގަ ކުރަން ހިންގާ ހަރަކާތްތަކުގެ ތެރެއިން.-- ފޮޓޯ: މިހާރު/ހުސައިން ވަހީދު

މޭރީބްރައުންގެ އަހަރީ ދުވަސް ފާހަގަ ކުރަން ހިންގާ ހަރަކާތްތަކުގެ ތެރެއިން.-- ފޮޓޯ: މިހާރު/ހުސައިން ވަހީދު

ހުރިހާ އައުޓްލެޓެއްގައި ހަލާލު އުފެއްދުންތައް ވިއްކާ ދުނިޔޭގެ ފުރަތަމަ ފެރެންޗައިޒުން ވަނީ، މެދު އިރުމަތީގެ ގައުމުތަކުގައި މަޝްހޫރު ޖެންކަސް އަދި ޑެލްމަޔަ ބްރޭންޑްގެ ކޮފީ އާއި ސައި ވެސް ރާއްޖެ އަށް ތައާރަފް ކޮށްފަ އެވެ. އަދި ޕްރިމިއަމް އައިސް ކްރީމެއް ވެސް ވަރަށް އަވަހަށް ތައާރަފް ކުރާނެ ކަމަށް ޔްވޯން ވިދާޅުވި އެވެ. އޭގެ އިތުރުން ވަރަށް ޚާއްސަ ބާގާއެއް މި މަހު ތައާރަފު ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަހަރީ ދުވަހާ ދިިމާކޮށް ކަސްޓަމަރުންނަށް ޝުކުރު އަދާކުރުމަށްޓަކައި މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް، ކޮންމެ ދުވަހަކު ވެސް ފުރަތަމަ 100 ކަސްޓަމަރުންނަށް މާލޭގައި ހުންނަ މޭރީބްރައުން އިން ޚާއްސަ ހަދިޔާ ދެމުން އަންނަ ކަމަށް ޔްވޯން ވިދާޅުވި އެވެ.

މާލޭގައި ހުންނަ މޭރީބްރައުން ރެސްޓޯރަންޓުގެ ދެ މުވައްޒަފަކު މަސައްކަތުގައި: މާލޭގައި މިތަން ހިންގާތާ މިހާރު ހަތް އަހަރު ވެއްޖެ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

މާލޭގައި ހުންނަ މޭރީބްރައުން ރެސްޓޯރަންޓުގެ ދެ މުވައްޒަފަކު މަސައްކަތުގައި: މާލޭގައި މިތަން ހިންގާތާ މިހާރު ހަތް އަހަރު ވެއްޖެ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

"ކުޑަކުދިންނަށް ޚާއްސަ ހަރަކާތްތައް ވެސް ހިންގަން. މަގުމަތިންދާ ކުދިންނަށް ހަދިޔާ ބަހަން ތަފާތު ކެރެކްޓާސް ތަކުގެ ހެދުން އަޅައިގެން މޭރީބްރައުން ކައިރީގައި މީހުން ހަރަކާތްތެރިވާނެ،" ޔްވޯން ވިދާޅުވި އެވެ.

ކަސްޓަމަރުންނަށް ދޭ ހަދިޔާގެ ތެރޭގައި މޭރީބްރައުންގެ ތަފާތު މާޗެންޑައިޒްގެ އިތުރުން އެ ކުންފުނީގެ ޕާޓްނަރެއް ކަމަށްވާ ކޮކާ ކޯލާގެ ބައެއް ސާމާނު ހިމެނެ އެވެ.

ޔްވޯން ވިދާޅުވީ މާލޭގައި ހުންނަ މޭރީބްރައުން ރެސްޓޯރެންޓުން މަހެއްގެ މައްޗަށް 10،000 ވުރެ ގިނަ ކަސްޓަމަރުން ޚިދުމަތް ހޯދާ ކަމަށެވެ.