Roadha Mihaaru
"ފައްކާ ފްރައިޑޭ" ގައި ބޮޑު ޑިސްކައުންޓެއް!

ސޮނީ ސްޕޯޓްސްގެ "ފައްކާ ފްރައިޑޭ" މާދަމާ، ޑިސްކައުންޓް 90 ޕަސެންޓާ ހަމައަށް!

15 ޑިސެމްބަރ 2022

ހުޅުމާލޭގައި ހުންނަ ސޮނީ ސްޕޯޓްސް ފިހާރައިގެ ހުކުރު ދުވަހުގެ ހާއްސަ ސޭލް "ފައްކާ ފްރައިޑޭ" މާދަމާ އޮންނާނެ ކަމަށް އެ ފިހާރަ އިން ބުނެފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ހުޅުމާލޭގައި ހުންނަ ސޮނީ ސްޕޯޓްސް ފިހާރައިގެ ހުކުރު ދުވަހުގެ ހާއްސަ ސޭލް "ފައްކާ ފްރައިޑޭ" މާދަމާ އޮންނާނެ ކަމަށް އެ ފިހާރަ އިން ބުނެފި އެވެ.

ސޮނީ ސްޕޯޓްސް އިން ބުނީ އެ ފިހާރަ އިން ދޭތެރެދޭތެރެއިން ބާއްވާ "ފައްކާ ފްރައިޑޭ" ސޭލަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ. އެ ސޭލަށް އިންތިޒާރު ކުރާ ގިނަ ކަސްޓަމަރުންތަކެއް ތިބޭ ކަމަށާއި ސޭލް ގިނަގިނައިން ބާއްވަނީ ކަސްޓަމަރުންނަށް ހެޔޮ އަގުގައި ބްރޭންޑެޑް އައިޓަމްތައް ގަތުމުގެ ފުރުސަތު ދޭން ކަމަށް ސޮނީ ސްޕޯޓްސް އިން ބުންޏެވެ.

ސޮނީ ސްޕޯޓްސްއިން ކުރި ޕޯސްޓު.

ސޮނީ ސްޕޯޓްސް އިން ވިއްކާ ގާތްގަނޑަކަށް ހުރިހާ އައިޓަމްތަކެއް މާދަމާގެ ސޭލްގައި ލިބެން ހުންނާނެ ކަމަށް އެ ފިހާރަ އިން ބުންޏެވެ. އޭގެ ތެރޭގައި މަޝްހޫރު އެޑިޑާސް އާއި ނައިކީ އާއި ޕޫމާގެ އައިޓަމްތަކާއި ފެޝަން ބްރޭންޑްތައް ކަމަށްވާ ރޮކްސީ އާއި ކުއިކް ސިލްވާ ފަދަ ބްރޭންޑުތަކުގެ އައިޓަމްތައް ހިމެނޭ ކަމަށް ވެސް ބުންޏެވެ.

އެ ސޭލްގައި ހިމެނޭ އައިޓަމްތަކުން 90 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ.

ސޮނީ ސްޕޯޓްސްގެ ހުޅުމާލެ ފިހާރަ ހުކުރު ދުވަހު ހުޅުވާފައި ހުންނާނީ ހަވީރު 4 އިން ރޭގަނޑު 10 އަށެވެ.

ސޮނީ ސްޕޯޓްސް އަކީ ކުޅިވަރުގެ މަޝްހޫރު ބްރޭންޑުތަކުގެ ސްޕޯޓްސް ވެއާ އާއި ބޫޓާއި އެކްސެސަރީޒް ވިއްކާ ފިހާރައެކެވެ. އެ ތަނުން މަޝްހޫރު އެކި ފެޝަން ބްރޭންޑުގެ އައިޓަމްތައް ވެސް ލިބެން ހުރެ އެވެ.