ބާލިން (އެޕްރީލް 7) - ކަފާލާތުގެ ދަށުން ޖަރުމަނުގެ ޖަލަކުން އިއްޔެ ދޫކޮށްލި ކެޓަލޯނިއާގެ ކުރީގެ ރައީސް ކާލްސް ޕުޖްޑެމޮން، މަޝްވަރާ އަށް ގޮވާލައްވައިފި އެވެ.
07 އެޕްރީލް 2018
ބާލިން (އެޕްރީލް 7) - ކަފާލާތުގެ ދަށުން ޖަރުމަނުގެ ޖަލަކުން އިއްޔެ ދޫކޮށްލި ކެޓަލޯނިއާގެ ކުރީގެ ރައީސް ކާލްސް ޕުޖްޑެމޮން، މަޝްވަރާ އަށް ގޮވާލައްވައިފި އެވެ.
އޭނާ ވިދާޅުވީ ކެޓަލޯނިއާގެ މިނިވަން ކަމަށް މަސައްކަތް ކުރި ލީޑަރުންނަށް ސްޕޭނުން މިހާތަނަށް ލިބިފައި ވަނީ ވަރަށް ފިނި ޖަވާބެއް ކަމަށެވެ. ޕުޖްޑެމޮންގެ ވަކީލުން މިހާރު ވަނީ ސްޕޭނުން އުފުލާފައިވާ ދައުވާތައް އަނބުރާ ގެންދިއުމަށް އިސްތިއުނާފް މަރުހަލާއަކަށް ދިއުމަށް ނިންމައިފަ އެވެ.
ޖަރުމަނުގެ އުތުރުގެ ސަރަހައްދަކުން ޕުޖްޑެމޮން ހައްޔަރު ކުރީ މިދިޔަ މަހު 25 ގަ އެވެ. އޭރު ސްޕޭނުން ވަނީ ޕުޖްޑެމޮން ހައްޔަރު ކުރަން ޔޫރަޕިއަން އެރެސްޓް ވޮރެންޓެއް ނެރެފަ އެވެ. ޕުޖްޑެމޮން ޖަރުމަނުން ހައްޔަރު ކުރި އިރު އޭނާ ގެންދެވީ ބެލްޖިއަމަށް ވަޑައިގަތުމަށް އެއްގަމު މަގުން ދަތުރު ކުރައްވަމުންނެވެ.
ޝްލެސްވިގް-ހޯލްސްޓެއިން ކޯޓުން ބުނީ ޕުޖްޑެމޮން ދޫކޮށްލި ނަމަވެސް އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސްޕޭނުގެ ކޯޓުތަކުގައި ކުރިއަށް ގެންދެވޭނެ ކަމަށެވެ. އޭނާ ދޫކޮށްލީ 90،000 ޑޮލަރުގެ ކަފާލާތުގެ ދަށުންނެވެ.
ޖަލުން ނުކުމެވަޑައިގެން ދުނިޔޭގެ އެކި ހިސާބުތަކުގައިވާ އޭނާގެ ސަޕޯޓަރުންނަށް ޕުޖްޑެމޮން ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ. އަދި ކުރަމުން ދަނީ ޑިމޮކްރެސީގެ މުހިންމު މަސައްކަތެއް ކަމަށް ވިދާޅުވި އެވެ.
ކެޓަލޯނިއާ މިނިވަން ކަމަށް މަސައްކަތް ކުރި ލީޑަރުންގެ ތެރޭން ސްޕޭނުގައި ހައްޔަރުކޮށްފައި ތިބި އެންމެން ދޫކޮށްލުމަށް ވެސް ޕުޖްޑެމޮން ގޮވާލެއްވި އެވެ. އަދި އެއީ ސިޔާސީ ގައިދީން ކަމަށް ވިދާޅުވި އެވެ.
ކެޓަލޯނިއާގެ ކުރީގެ ލީޑަރު ސްޕޭނަށް ފޮނުވާލުމުގެ ހުއްދަދީފި
ބެލްޖިއަމަށް ވަޑައިގެންނެވޭނެ ކަމަށް ޕުޖްޑެމޮން އުއްމީދު ކުރައްވާ
ކެޓަލޯނިއާގެ ކުރީގެ ލީޑަރު ކޯޓުން މިނިވަން ކޮށްފި
ކެޓަލޯނިއާގެ ކުރީގެ ރައީސް ޖަރުމަނުގެ ކޯޓަކަށް ހާޒިރުކުރަނީ
ޖަރުމަނުގެ ހިތް ހަލާކުކޮށްލުމަށް ފަހު ސްްްޕެއިން ސެމީއަށް
ސްޕޭނުގެ ކެޓަލޯނިއާ އިން ދެލައްކަ މީހުން ލޮކްޑައުންއަށް
ކޮވިޑް-19: މަރުވި މީހުންގެ އަދަދު 20،000 އަށް
އިތުރު ތިން ގައުމަކުން މީހުން އައުން މަނާކޮށްފި
ސްޕޭން، ޖަރުމަން ވަކި ހިސާބުތަކުން މީހުން އައުން މަނާ
ކެޓަލޯނިއާގެ ލީޑަރުންނަށް ހުކުމް ކުރުމުން ހަމަނުޖެހުން