ބާލިން (އެޕްރީލް 8) - ސަރުކާރުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރި ކަމުގެ ތުހުމަތުގައި އޭނާ ސްޕޭނާ ހަވާލު ކުރުމާ މެދު ޖަރުމަނުގެ ކޯޓަކުން ގޮތެއް ނިންމަންދެން އެ ގައުމުގައި މަޑު ކުރައްވާނެ ކަމަށާއި އެކަމަކު ވަރަށް އަވަހަށް ބެލްޖިއަމަށް ވަޑައިގެންނެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ކެޓަލޯނިއާގެ ކުރީގެ ރައީސް ކާލްސް ޕުޖްޑެމޮން ވިދާޅުވެއްޖެ އެވެ.
08 އެޕްރީލް 2018
ބާލިން (އެޕްރީލް 8) - ސަރުކާރުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރި ކަމުގެ ތުހުމަތުގައި އޭނާ ސްޕޭނާ ހަވާލު ކުރުމާ މެދު ޖަރުމަނުގެ ކޯޓަކުން ގޮތެއް ނިންމަންދެން އެ ގައުމުގައި މަޑު ކުރައްވާނެ ކަމަށާއި އެކަމަކު ވަރަށް އަވަހަށް ބެލްޖިއަމަށް ވަޑައިގެންނެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ކެޓަލޯނިއާގެ ކުރީގެ ރައީސް ކާލްސް ޕުޖްޑެމޮން ވިދާޅުވެއްޖެ އެވެ.
ޖަރުމަނުގެ އުތުރުގެ ސަރަހައްދަކުން ޕުޖްޑެމޮން ހައްޔަރު ކުރީ މިދިޔަ މަހު 25 ގަ އެވެ. އޭރު ސްޕޭނުން ވަނީ ޕުޖްޑެމޮން ހައްޔަރު ކުރަން ޔޫރަޕިއަން އެރެސްޓް ވޮރެންޓެއް ނެރެފަ އެވެ. ޕުޖްޑެމޮން ޖަރުމަނުން ހައްޔަރު ކުރި އިރު އޭނާ ގެންދެވީ ބެލްޖިއަމަށް ވަޑައިގަތުމަށް އެއްގަމު މަގުން ދަތުރު ކުރައްވަމުންނެވެ.
ނަމަވެސް ޖަރުމަނުގެ ކޯޓަކުން މިދިޔަ ބުރާސްފަތި ދުވަހު އޭނާ ވަނީ މިނިވަންކޮށްފަ އެވެ. އެއީ ބަޣާވަތް ކުރިކަމުގެ ކުށުގައި ޕުޖްޑެމޮން ސްޕޭނަށް ހަވާލު ކުރެވެނެ ނެތް ކަމަށް ބުނެ އެވެ. އެކަމަކު އޭނާގެ މައްސަލަތައް ސްޕޭނުގައި ކުރިއަށް ގެންދެވޭނެ ކަމަށް ބުނެފައިވެ އެވެ.
"އަޅުގަނޑުގެ އުއްމީދަކީ އެނބުރި ބެލްޖިއަމަށް ދިއުން. އެކަމަކު ޖަރުމަނުގައި ގާނޫނީ ބައެއްކަންކަން ނިމުމުން،" ބާލިންގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވި އެވެ.
ސްޕޭން ދޫކުރައްވާ ބެލްޖިއަމަށް ޕުޖްޑެމޮން ވަޑައިގެންނެވީ މީގެ ފަސް މަސް ކުރިންނެވެ. ކެޓަލޯނިއާގެ މިނިވަންކަން އިއުލާން ކުރުމާ ގުޅިގެން ވަރަށް ގިނަ ލީޑަރުން ހައްޔަރު ކުރަން ސްޕޭނުން އޭރު އަމުރު ނެރުނެވެ.
ސްޕޭނުން ބުނެފައި ވަނީ ޖަރުމަނުގެ ކޯޓުގެ ނިންމުމަށް އިހްތިރާމް ކުރާނެ ކަމަށެވެ. އެކަމަކު ސްޕޭނުގެ ސުޕްރީމް ކޯޓުން ބުނެފައި ވަނީ ޖަރުމަނުގެ ކޯޓުގެ ނިންމުމާ ގުޅިގެން ޔޫރަޕިއަން ކޯޓް އޮފް ޖަސްޓިސްއާ މަޝްވަރާ ކުރުމާ މެދު ވިސްނަމުންދާ ކަމަށެވެ.
ކެޓަލޯނިއާގެ ކުރީގެ ލީޑަރު ސްޕޭނަށް ފޮނުވާލުމުގެ ހުއްދަދީފި
ޖަލުން ނެރުނު ޕުޖްޑެމޮން މަޝްވަރާ އަށް ގޮވާލައްވައިފި
ކެޓަލޯނިއާގެ ކުރީގެ ލީޑަރު ކޯޓުން މިނިވަން ކޮށްފި
ކެޓަލޯނިއާގެ ކުރީގެ ރައީސް ޖަރުމަނުގެ ކޯޓަކަށް ހާޒިރުކުރަނީ
ޖަރުމަނުގެ ހިތް ހަލާކުކޮށްލުމަށް ފަހު ސްްްޕެއިން ސެމީއަށް
ސްޕޭނުގެ ކެޓަލޯނިއާ އިން ދެލައްކަ މީހުން ލޮކްޑައުންއަށް
ކޮވިޑް-19: މަރުވި މީހުންގެ އަދަދު 20،000 އަށް
އިތުރު ތިން ގައުމަކުން މީހުން އައުން މަނާކޮށްފި
ސްޕޭން، ޖަރުމަން ވަކި ހިސާބުތަކުން މީހުން އައުން މަނާ
ކެޓަލޯނިއާގެ ލީޑަރުންނަށް ހުކުމް ކުރުމުން ހަމަނުޖެހުން