ދިވެހި އިންޝުއަރެންސުން ބާއްވަމުން އަންނަ އިންޝުއަރެންސް އިންސައިޓް ސެމިނާގެ ދެ ވަނަ ސެމިނާ، އާކިޓެކްޓުންނާއި ސިވިލް އިންޖިނިއަރުން އަދި ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި ހަރަކާތްތެރިވާ ކުންފުނިތަކަށް ހާއްސަކޮށްގެން ބާއްވަން ނިންމައިފި އެވެ.
ދިވެހި އިންޝުއަރެންސުން ބާއްވަމުން އަންނަ އިންޝުއަރެންސް އިންސައިޓް ސެމިނާގެ ދެ ވަނަ ސެމިނާ، އާކިޓެކްޓުންނާއި ސިވިލް އިންޖިނިއަރުން އަދި ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި ހަރަކާތްތެރިވާ ކުންފުނިތަކަށް ހާއްސަކޮށްގެން ބާއްވަން ނިންމައިފި އެވެ.
މި މަހުގެ 18 ވަނަ ދުުވަހު، ޗަންޕާ ސެންޓްރަލް ހޮޓަލުގައި ބާއްވާ ސެމިނާގެ ބައިވެރިންނަށް، ރާއްޖެއިން ބޭރުގެ އިންޝުއަރެންސް ތަޖުރިބާކާރުންނާއި ދިވެހި އިންޝުއަރެންސް ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު އަބްދުލް ވާހިދު ތައުފީގު މައުލޫމާތު ދެއްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
ކޮންސްޓްރަކްޝަން އިންޑަސްޓްރީ އަށް ހާއްސަ އިންޝުއަރެންސް ޕެކޭޖުތަަކުގެ މައުލޫމާތު ދިނުމަށް ބާއްވާ ސެމިނާއަކީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީސް (މަސީ) އާއި ކޮންސްޓްރަކްޝަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސީއޭ) އަދި އާކިޓެކްޓްސް އެސޯއިއޭޝަން އޮފް މޯލްޑިވްސް ފަދަ ޖަމިއްޔާތައް ބައިވެރިވެގެން ކުރިއަށް ގެންދާ ސެމިނާއެއް ކަމަށް ދިވެހި އިންޝުއަރެންސުން ބުންޏެވެ. އެ ޖަމިއްޔާތަކުގެ އިތުރުން ވެސް ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި ހަރަކާތްތެރިވާ ކޮންޓްރެކްޓަރުންނަށް މި ސެމިނާގައި ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް ވަނީ ހުޅުވާލާފަ އެވެ.
ދިވެހި އިންޝުއަރެންސް އިން ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު އަބްދުލް ވާހިދު ތައުފީގު މައުލޫމާތު ދެއްވަނީ.
ދިވެހި އިންޝުއަރެންސްގެ ކްލަޔަންޓް ސާވިސް މެނޭޖަރު އަހުމަދު ރިނާން ފަރީދު ވިދާޅުވި އެ ކުންފުނިން އަބަދު ވެސް މަސައްކަތް ކުރަނީ ދިވެހި ކޮންޓެރެކްޓަރުންނަށް، ޕްރޮޖެކްޓްތައް އިންޝުއަރެންސް ކުރުމުގައި ދިމާވާ ދަތިތައް ދެނެގަނެ އެ ކަންކަމަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް ކަމަށެވެ.
"މިފަހަރުގެ ސެމިނާގެ ހާއްސަކަމަކީ ކޮންޓްރެކްޓަރުންނަށް ޕްރޮޖެކްޓްތައް ހިންގުމުގައި ދިމާވާ ފައިސާގެ ދަތިތަކަށް ލުއިފަސޭހަކަން ލިބިގެންދާނެ، ދިވެހި އިންޝުއަރެންސްގެ އިންޝުއަރެންސް ޕްރޮޑަކްޓްތަކުގެ މައުލޫމާތު ދިނުމާއި، ކޮންސްޓްރަކްޝަން އިންޑަސްޓްރީ އަށް ބޭނުންވާ އެކިކަހަލަ ގެރެންޓީއާ، ޕްރޮޖެކްޓްތަކަށް ދިމާވާ ގެއްލުންތައް ކަވަރުކުރާނެ އިންޝުއަރެންސް ޕެކޭޖުތަކުގެ މައުލޫމާތު ހިއްސާކުރުން،" ރިނާން ވިދާޅުވި އެވެ.
ދިވެހި އިންޝުއަރެންސުން ބުނީ މި ސެމިނާ ކޮންސްޓްރަކްޝަން އިންޑަސްޓްރީ އަށް ހާއްސަކުރީ އެ އިންޑަސްޓްރީ އަކީ ފުޅާ ދާއިރާއެއްގައި، ވަރަށް ބާރަށް ކުރި އަރަމުން އަންނަ އިންޑަސްޓްރީއަކަށް ވާތީ ކަމަށެވެ. އަަދި މިދިޔަ އަހަރު ބޭއްވި މިފަދަ ފުރަތަމަ ސެމިނާ ވަރަށް ކާމިޔާބު ކަމަށާއި، އެފަދަ ތަރުހީބެއް މި ސެމިނާ އަށް ވެސް ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އިންޝުއަރެންސް އިންސައިޓް ސެމިނާގެ ފުރަތަމަ ސެމިނާ ދިވެހި އިންޝުއަރެންސުން ބޭއްވީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެވެ. އެ ސެމިނާ ހާއްސަ ކުރީ ވިޔަފާރި ކުންފުނިތަކަށް ބޭނުންވާ ތަފާތު އާންމު އިންޝުއަރެންސް ޕްރޮޑަކްޓްތަކުގެ މައުލޫމާތު ދިނުމަށެވެ.
ދިވެހި އިންޝުއަރެންސްގެ އަހަރީ ދުވަސް ފާހަގަކޮށްފި
ދިވެހި އިންޝުއަރެންސްގެ ކަލަންޑަރަކީ ތަރުތީބެއް
އިންޝުއަރެންސާ ބެހޭ މައުލޫމާތު ދޭން ސެމިނާއެއް ބާއްވައިފި
ރެޕިއުޓްގެ އާ ފިހާރައެއް ހުޅުމާލޭގައި
ތިން ރެސްޓޯރެންޓަކާ އެކު އެމްއައިބީގެ ޕްރޮމޯޝަނެއް
ފިލިޕީންސްގެ "ރޯޔަލް އެކަޑަމީ" އަށް ރާއްޖޭގެ ހުއްދަ
ރޯދައަށް އެމްއައިބީގެ "ކާޑުން ކަނޑާލާ" ޕްރޮމޯޝަން
"ހޮންޑާ ރިބެލް" ލިބުނު ނަސީބުވެރިޔާއަށް ސައިކަލު ދީފި
އެމްއެޗްއޭއަށް މަލަބާރި ފަރާޓާ އާއި ތަންދޫރި ނާން
ވިލާ ހަކަތަ: ކާމިޔާބު 25 އަހަރުން ވަރުގަދަ ނަމެއް