Roadha Mihaaru
ހަމަލާދިން ބެލެނިވެރިއާގެ ބަންދަށް 10 ދުވަސް

އެސިސްޓެންޓް ޕްރިންސިޕަލަށް ހަމަލާދިން ބެލެނިވެރިއާގެ ބަންދަށް 10 ދުވަސް

08 އެޕްރީލް 2018

ހުޅުމާލޭގައި ހިންގާ ގޭޓްވޭ އިންޓަނޭޝަނަލް ސްކޫލްގެ އެސިސްޓެންޓް ޕްރިންސިޕަލްގެ ކަންފަތްމަތީގައި ޖަހައި މާރާމާރީ ހިންގި، ބެލެނިވެރިއާގެ ބަންދަށް 10 ދުވަސް މިދިޔަ ބުރާސްފަތި ދުވަހު ކޯޓުން އިތުރުކޮށްދީފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ހުޅުމާލޭގައި ހިންގާ ގޭޓްވޭ އިންޓަނޭޝަނަލް ސްކޫލްގެ އެސިސްޓެންޓް ޕްރިންސިޕަލްގެ ކަންފަތްމަތީގައި ޖަހައި މާރާމާރީ ހިންގި، ބެލެނިވެރިއާގެ ބަންދަށް 10 ދުވަސް މިދިޔަ ބުރާސްފަތި ދުވަހު ކޯޓުން އިތުރުކޮށްދީފި އެވެ.

މިދިޔަ ބުދަ ދުވަހު މާރާމާރީ ހިންގީ އެ ސްކޫލްގެ ގްރޭޑް 7 ގައި އުޅޭ އަންހެން ދަރިވަރަކު ބަލައި ބެލެނިވެރިޔާ ސްކޫލަށް ދިޔުމުން، އެ ދަރިވަރު ގެ އަށް ހިނގައްޖެ ކަމަށް ބުނެ އެސިސްޓެންޓް ޕްރިންސިޕަލް "ދޮގު ހެދި" ކަމަށް ތުހުމަތުކޮށްފަ އެވެ.

Gateway ge assistant Principal ah hamalaa dhin beleniveriaku hayyarukoffi

Gateway ge assistant Principal ah hamalaa dhin beleniveriaku hayyarukoffi

The most trusted news source in the Maldives

Mihaaru

ގޭޓްވޭގެ އެސިސްޓެންޓް ޕްރިންސިޕަލަށް ހަމަލާ ދިނުން--

އެ މައްސަލައިގައި އެ ބެލެނިވެރިޔާ ހައްޔަރު ކޮށްފައިވާއިރު ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާރާމާރީގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ތަފްސީލެއް ނުދެއްވަ އެވެ.

މާރާމާރީގައި އަނިޔާވި ބިދޭސީ އެސިސްޓެންޓް ޕްރިންސިޕަލް، ފަސް ދުވަސް ވަންދެން ބެޑް ރެސްޓް ކުރުމަށް ޑޮކްޓަރުން ވަނީ އަންގައިފަ އެވެ. ތަދުވުމުގެ އިތުރުން ބޮޑު އަނިޔާއެއް އޭނާ އަށް ލިބިފައެއްނުވެ އެވެ.

މާރާމާރީ ހިންގި ބެލެނިވެރިޔާގެ ދަރިފުޅާ މެދު ސުކޫލުން ފިޔަވަޅު އެޅި ކަމަށް ދެކެވޭ ވާހަކަތައް އެ ސްކޫލުން ދޮގުކުރެ އެވެ. އެ ދަރިވަރު މިއަދު ވެސް ސްކޫލަށް ހާޒިރުވި އެވެ.