އައްޑޫ ހައި ސްކޫލުގެ ކްލާސް ރޫމެއްގެ ތެރޭގައި ދަރިވަރެއްގެ ކަރުގައި ހިފައި، ތަޅައި އަނިޔާކުރި ބިދޭސީ ޓީޗަރަކު ސަސްޕެންޑްކޮށް މައްސަލަ ފުލުހުންނަށް ހުށަހަޅައިފި އެވެ.
10 ޑިސެމްބަރ 2025
އައްޑޫ ހައި ސްކޫލުގެ ކްލާސް ރޫމެއްގެ ތެރޭގައި ދަރިވަރެއްގެ ކަރުގައި ހިފައި، ތަޅައި އަނިޔާކުރި ބިދޭސީ ޓީޗަރަކު ސަސްޕެންޑްކޮށް މައްސަލަ ފުލުހުންނަށް ހުށަހަޅައިފި އެވެ.
އެ ޓީޗަރާއި ދަރިވަރުގެ ދެމެދުގައި ހިންގި މާރާމާރީގެ ވީޑިއޯއެއް މިއަދު ސޯޝަލް މީޑިއާގައި ވަނީ އާއްމުކޮށްފަ އެވެ. މި މައްސަލަ ބަލައިދޭން ފުލުހުންނަށް ހުށަހެޅީ އެޑިއުކޭޝަން މިނިސްޓްރީންނެވެ.
އެ ވީޑިއޯ އިން ފެންނަ ގޮތުގައި، ދަރިވަރު ވެސް ޓީޗަރުގެ ގައިގައި ޖަހަ އެވެ. އެ ރުޅީގައި ޓީޗަރު ދަރިވަރަށް އަނިޔާކުރިއިރު ކްލާސް ރޫމްގައި އެހެން ދަރިވަރުން ވެސް ތިއްބެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ މާރާމާރީ ހިންގީ ގްރޭޑް 12ގެ ދަރިވަރުންގެ ބީޓެކް ކްލާހެއްގަ އެވެ. ދަރިވަރަށް އަނިޔާކުރީ އިންޑިއާގެ ޓީޗަރެއް ކަމަށް ވެ އެވެ.
އެ ވީޑިއޯއާ ގުޅިގެން އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު "މިހާރު" އަށް ވިދާޅުވީ އެ ޓީޗަރު ސަސްޕެންޑްކޮށް މައްސަލަ މިނިސްޓްރީން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
އެ މާރާމާރީ ހިނގަން މެދުވެރިވި ސަބަބު އަދި އެނގިވަޑައިނުގަންނަވާ ކަމަށާއި ކަން ހިނގާފައިވާ ގޮތް މިނިސްޓްރީން ތަހުގީގު ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެފަދަ ކަންކަމުގައި ގާނޫނާއި ގަވައިދުގެ ތެރެއިން އެޅެން ހުރި ފިޔަވަޅުތައް އަޅާނެ އެވެ.
އޭއައިއިން ކިޔަވައިދޭން ޓީޗަރުން ތަމްރީނުކުރަނީ
މާފަށް އެދެންދެން ދަރިވަރު ސަސްޕެންޑްކޮށްފި
މިހިސާބަށް ދިޔައިރު ވެސް ޓީޗަރުންނަށް ހިމާޔަތެއް ނެތް!
ޔުނިފޯމު 2027ގައި ބަދަލުވާ ގޮތުގެ ނަމޫނާ ފޮނުވައިފި
ވޮކޭޝަނަލް ތަމްރީނަށް ހާއްސަ ސްކޫލު ހުޅުވައިފި
ދިރާސީ ކަލަންޑަރު ޑިޖިޓަލައިޒްކޮށްފި
މި އަހަރުގެ ޕްރިންސިޕަލުންގެ ކޮންފަރެންސް ފަށައިފި
ވޮކޭޝަނަލް ތަމްރީނަށް މަތީ ސާނަވީ ސްކޫލެއް ހުޅުވަނީ
"އެޗްއެސްސީ ޕޭޕަރުގެ ދޭހަ އެއްގޮތްވީ އިއްތިފާގަކުން"
"ކޫލް ސްކޫލް":ދަރިވަރުންގެ މާހައުލަށް ހެޔޮ ބަދަލެއް؟