ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އެމްބަސީއެއް ރާއްޖޭގައި ހުޅުވަން ނިންމައިފި އެވެ.
09 އެޕްރީލް 2018
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އެމްބަސީއެއް ރާއްޖޭގައި ހުޅުވަން ނިންމައިފި އެވެ.
ޔޫއޭއީގެ ބައެއް ނޫސްތަކުގައިވާ ގޮތުން، ޔޫއޭއީގެ އެމްބަސީއެއް ރާއްޖޭގައި ހުޅުވަން ނިންމީ އެ ގައުމުގެ ކެބިނެޓުގައި މަޝްވަރާ ކުރުމަށް ފަހު އެވެ. ރާއްޖޭގައި އެމްބަސީއެއް ހުޅުވުމުގައި އެހީތެރިވުމަށް ޔޫއޭއީގެ ކެބިނެޓުން ވަނީ ނިންމައިފަ އެވެ. އެކަމަކު، އެކަމާ ގުޅޭ އިތުރު ތަފްސީލެއް އެ ނޫހުން ހާމައެއް ނުކުރެ އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ މިދިޔަ ދުވަސްތަކުގައި ރާއްޖެ އާއި ޔޫއޭއީއާ ދެމެދު ގާތް ގުޅުމެއް އުފެދިފައިވާއިރު، އެ ގައުމުން އަންނަނީ ރާއްޖޭގެ ތަރައްގީ އަށް ގިނަ މަޝްރޫއުތަކެއް ހިންގުމަށް އެހީތެރިވަމުންނެވެ.
ރައީސް ޔާމީން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ވަނީ ޔޫއޭއީ އަށް ވަޑައިގެން، އެގައުމުގެ އިސް ބައެއް ވެރިންނާ ބައްދަލު ކުރައްވައި އިންވެސްޓްމަންޓްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ.
ރާއްޖެ އާއި ޔޫއޭއީއާ ގުޅިގެން ހިންގާ ބޮޑެތި މަޝްރޫއުތަކުގެ ތެރޭގައި ބައިނަލްއަގްވާމީ އެއާޕޯޓެއްގެ ގޮތުގައި ނ. މާފަރު އެއާޕޯޓު ތަރައްގީ ކުރުމާއި ނ. އަތޮޅަކީ އެންމެ މަތީ ފެންވަރުގެ ޓޫރިޒަމް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމާއި ޑިޖިޓަލް ސްކޫލް ޕްރޮގްރާމް ހިންގުން ހިމެނެ އެވެ.
ރާއްޖެ އަށް އެންމެ ގިނަ އަދަދަކަށް މުދާ އެތެރެކުރާ ގައުމުތަކުގެ ތެރޭގައި ވެސް ޔޫއޭއީ ހިމެނެ އެވެ.
ރާއްޖެ އާއި ޔޫއޭއީއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރީ 1978 ގަ އެވެ.
ރާއްޖެ-ޔޫއޭއީ ޖޮއިންޓް ކޮމިޝަނެއް ގާއިމްކުރަނީ
ޔޫއޭއީ ދަތުރުގައި ވެސް މާލީ އެހީ ހޯދަން މަޝްވަރާކުރަނީ
ރާއްޖެ-ޔޫއޭއީގެ ގުޅުން ބަދަހިކުރަން މަޝްވަރާކުރައްވައިފި
އިންޑިއާ އަށް ފަހު ފޮރިން މިނިސްޓަރު ހަލީލް ޔޫއޭއީއަށް
ޔޫއޭއީ އެމްބަސީން ކުލި ނުދައްކާ މައްސަލަ ކޯޓުން ނުބެލި
ޔޫއޭއީގެ އެމްބަސީއަށް ހުޅުމާލެއިން ބިމެއް ދޫކޮށްފި
މުހިންމު މަސައްކަތްތަކަކަށް ޝާހިދު ތިން ގައުމަކަށް
ރަސްމީ ދަތުރުފުޅެއްގައި ރައީސް ޔޫއޭއީ އަށް
"ހާލަތާ މެދު ކަންބޮޑުވޭ، ތަރައްގީ އަށް އެހީވާނަން"
ދެގައުމެއްގެ ބޮޑުވަޒީރުންގެ ނައިބާ ބައްދަލުކުރައްވައިފި