Roadha Mihaaru
ބީޕީޓީ ބަޔާން ހުށަހަޅަންޖެހޭ އުސޫލަށް ބަދަލު ގެނެސްފި

10 މިލިއަނަށް ވުރެ ބޮޑު އާމްދަނީ ލިބޭ ނަމަ ބީޕީޓީ ބަޔާން އޮންލައިންކޮށް ހުށަހަޅަންޖެހޭ ގޮތަށް ހަމަޖައްސައިފި

12 އެޕްރީލް 2018

އަހަރަކު 10 މިލިއަން ރުފިޔާ ނުވަތަ އެއަށްވުރެ ގިނައިން އާމްދަނީ ލިބޭ ވިޔަފާރިތަކުން، އަންނަ މަހުން ފެށިގެން އޮންލައިންކޮށް ބީޕީޓީ ބަޔާން ހުށަހަޅަން ޖެހޭ ގޮތަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހަމަޖައްސައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އަހަރަކު 10 މިލިއަން ރުފިޔާ ނުވަތަ އެއަށްވުރެ ގިނައިން އާމްދަނީ ލިބޭ ވިޔަފާރިތަކުން، އަންނަ މަހުން ފެށިގެން އޮންލައިންކޮށް ބީޕީޓީ ބަޔާން ހުށަހަޅަން ޖެހޭ ގޮތަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހަމަޖައްސައިފި އެވެ.

ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސް، ބީޕީޓީގެ ބަޔާން އޮންލައިންކޮށް އަންނަ މަހުން ފެށިގެން ހުށަހަޅަން ޖެހޭ ގޮތަށް ހަމަޖެއްސީ މީރާއިން މިއަދު ނެރުނު ޓެކްސް ރޫލިންއެއްގެ ދަށުންނެވެ.

އެ ރޫލިންގައިވާ ގޮތުން އަހަރަކު 10 މިލިއަން ރުފިޔާ ނުވަތަ އެއަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން ބީޕީޓީ ބަޔާން މީރާއަށް ހުށަހަޅަން ޖެހޭނީ މީރާ ކަނެކްޓް މެދުވެރިކޮށް، އޮންލައިންކޮށެވެ.

އެކަމަކު އިސްލާހު ކޮށްގެން ހުށަހަޅާ ބީޕީޓީ ބަޔާން އޮންލައިންކޮށް ހުށަހެޅުން ލާޒިމް ނޫން ކަމަށް އެ ރޫލިންގައިވެ އެވެ.