12 އެޕްރީލް 2018
ފިނި މޫސުމުގެ އިހްސާސްތައް ކުރެވޭ ގޮތަށް ރަސްރަނި ބަގީޗާގައި ހަދާ ވިންޓާ ބިލްޑިންގް އަންނަ ފިތުރު އީދު ދުވަހު ހުޅުވޭނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ފިނި މޫސުމުގެ އިހްސާސްތައް ކުރެވޭ ގޮތަށް ރަސްރަނި ބަގީޗާގައި ހަދާ ވިންޓާ ބިލްޑިންގް އަންނަ ފިތުރު އީދު ދުވަހު ހުޅުވޭނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ޓީވީއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި މިރޭ މުއިއްޒު ވިދާޅުވީ ވިންޓަ ބިލްޑިންގްގެ މަސައްކަތް ލަސްވީ އެތަނަށް ބޭނުންވާ ކޭބަލްތައް އެޅުމުގައި ދިމާވި ލަސްތަކެއްގެ ސަބަބުން ކަމަށެވެ. އެކަމަކު މި އަހަރުގެ ރޯދަ މަސް ނިމުމުގެ ކުރިން ހުރިހާ މަސައްކަތެއް ނިމި، ޓެސްޓް ކުރަން ފެށޭނެ ކަމަށާއި މިހާރު ނިންމާފައިވަނީ އަންނަ ފިތުރު އީދު ދުވަހު އެތަން ހުޅުވާ ގޮތަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އިތުރު ކަމެއް ދިމާ ނުވާ ނަމަ އެދުވަހު ހުޅުވޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"އެއީ ދެން އަޅުގަނޑުމެން މިބަލަނީ ޔަގީން ޑޭޓް ކަމަށް. ކަމެއް ދިމާ ނުވާނެ ކަމެއް ނޭނގެ ދަންނަވާކަށް. އެހެން ނަމަވެސް އަޅުގަނޑަށް ގަބޫލު ކުރެވެނީ އެއީ ހަމަ ހުޅުވޭނެ ދުވަސް ކަމަށް،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި ވިންޓާ ބިލްޑިންގް ހުޅުވާނީ ކެފޭއެއް ވެސް ހިމެނޭ ގޮތަށް އަދި ކެފޭ ހިންގާ ފަރާތުން ވިންޓާ ކޯނާ ވެސް ހިންގައި، ބަލަހައްޓަން ޖެހޭ ގޮތަށެވެ. އޭގެ ބޭނުމަކީ ދައުލަތުން ޚަރަދުތަކެއް ކުރަން ނުޖެހި، ސެލްފް ސަސްޓެއިނިން މޮޑެލް އަކަށް އެތަން ހިންގޭނެ ގޮތް ހެދުން ކަމަށާއި އެގޮތުން ކެފޭ ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް އަންނަ ހަފުތާގައި ފުރުސަތު ހުޅުވާލާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"ކެފޭ ހިންގާނެ ފަރާތުން ވިންޓާ ބިލްޑިންގްގެ ހުރިހާ ޚަރަދެއް ބަލަހައްޓަން ޖެހޭނީ. އެތަނުގެ ކަރަންޓާއި ފެނާއި މި ހުރިހާ ޚަރަދެއް އެ ފަރާތުން ބަލަހައްޓަން ޖެހޭނީ. އަދި އިތުރަށް އެތަނުގެ އެންޓްރެންސް ފީ އާއި އެތަނުގައި ހުންނަ ސްލައިޑްތަކާއި އައިސް ސްކޭޓިން ވިޔަސް މިތަންތަން ބެލެހެއްޓުމާއި މުޅި ތަން މެނޭޖްކުރުމާ އެކީގައި ސެލްފް ސަސްޓެެއިނިން މޮޑެލްއަކަށް ކެފޭ ހިންގަން އަންނަ ހަފުތާގައި މި އިއުލާން ކުރާނެ،" މުއިއްޒު ވިދާޅުވި އެވެ.
ތިނަދޫން 150 ގޯތި އަންނަ ހަފުތާގައި ދޫކުރަނީ
ބްރިޖު ހުޅުވުމުން އުފަލާއެކު ރާޅާ އެޅޭނެ: މުއިއްޒު
ބްރިޖުގެ ހިތްގައިމު މަންޒަރުތަކާއި ޝުއޫރުތައް
"މާލޭގައި ތާރު އެޅުން ދެ ދުވަސްތެރޭ ނިންމާނަން"
"ތާރު އަޅާ މަގުތައް ބްރިޖު ހުޅުވެންވާއިރަށް ނިމޭނެ"
ވިލިމާލެ 2 މަޝްރޫއުން ފްލެޓާއި ގޯއްޗަށް ހުޅުވާލަނީ
ބްރިޖް ނިންމުން ލަހެއް ނުވޭ: މުއިއްޒު
ވިންޓަ ތީމް ޕާކް ހުޅުވައިފި
ފުޑް ކޯޓުގެ ފުރަތަމަ ކެފޭ ހުޅުވައިފި
ވިންޓަ ތީމް ޕާކް ބަލަހައްޓައިދޭނެ ބަޔަކު ހޯދަނީ