Roadha Mihaaru
ރެކޯޑް ހަދަން، ޔޯގާގެ ހުނަރު ތަފާތު ގޮތަކަށް

ރެކޯޑް ހަދަން، ޔޯގާގެ ހުނަރު ތަފާތު ގޮތަކަށް

15 އެޕްރީލް 2018

ޔޯގާ ކަސްރަތު ވަރަށް ބޮޑަށް ވަނީ މަގުބޫލުވެފަ އެވެ. އިންޑިއާގައި ޔޯގާގެ ދިގު ތާރީހެއް އޮތް ނަމަވެސް، މިއީ އަދި ޔޯގާގެ ހުނަރު މުޅިން ތަފާތު ގޮތަކަށް ދައްކައިލި، އެ ގައުމުގެ ކުއްޖެކެވެ. މިއީ އުމުރުން 16 އަހަރުގެ ކުއްޖެކެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޔޯގާ ކަސްރަތު ވަރަށް ބޮޑަށް ވަނީ މަގުބޫލުވެފަ އެވެ. އިންޑިއާގައި ޔޯގާގެ ދިގު ތާރީހެއް އޮތް ނަމަވެސް، މިއީ އަދި ޔޯގާގެ ހުނަރު މުޅިން ތަފާތު ގޮތަކަށް ދައްކައިލި، އެ ގައުމުގެ ކުއްޖެކެވެ. މިއީ އުމުރުން 16 އަހަރުގެ ކުއްޖެކެވެ.

ކޮއިމްބަތޫރުގައި އުޅޭ އެސް. ވައިޝްނަވީގެ ބޭނުމަކަށްވީ ތަފާތު ގޮތަކަށް ޔޯގާގެ ހުނަރު ދައްކާލައިގެން ދުނިޔޭގެ ރެކޯޑް ފޮތުން ޖާގައެއް ހޯދުމެވެ. އޭނާ ޔޯގާ ހެދީ އެކޮޅުން ކޮޅުން އޮވެ، ބިންމަތީގައި މޭ ޖައްސައި، ބޯ މަތިން ފައި ނަގައި، ބިސްތަކެއް އަތުރައިގެންނެވެ. އެގޮތަށް އޮވެ، ވައިޝްނަވީ ވަނީ ތަށްޓެއްގެ ތެރެއަށް ހަ ބިސް ލައިފަ އެވެ. އޭގެ އިތުރުން ވެސް ތަފާތު ހުނަރުތަކެއް އޭނާ ދައްކައިލި އެވެ.

މީގެ ކުރިން ވެސް އިންޑިއާ އާއި އިންޑިއާ އިން ބޭރުގެ މުބާރާތްތަކުގައި ވާދަކޮށްގެން ތަފާތު ވަނަތައް ހޯދާފައިވާ ވައިޝްނަވީ ބުނީ ބޭނުން ވަނީ އޮލިމްޕިކްގައި އޭނާގެ ހުނަރު ދައްކާލައި، އިންޑިއާ އަށް ރަން މެޑެލް ގެނެސް ދިނުން ކަމަށެވެ.

"އަހަރެންގެ ހުވަފެނަކީ އޮލިމްޕިކްގައި ރިދިމިކް ޖިމްނާސްޓިކް ދައްކާލައިގެން ގައުމަށް ރަން މެޑެލް ގެނެސް ދިނުން،" މިހާރު ކިޔަވަމުން އަންނަ ވައިޝްނަވީ ބުންޏެވެ.

އޭނާ މި ފަހަރު ޔޯގާ ތަފާތު ގޮތަކަށް ދައްކައިލީ ދުނިޔޭގެ ރެކޯޑް ފޮތުން ޖާގައެއް ހޯދާށެވެ. އެހެންވެ އެ އުންމީދު ވެސް ހާސިލު ވާނެ ކަމުގެ އުންމީދު ބޮޑު ކަމަށް ބުންޏެވެ.