Roadha Mihaaru
އައިފޯނަށް މި އަހަރު ވެސް ސެމްސަންގް އޯލެޑް ޑިސްޕްލޭ

އައިފޯނަށް މި އަހަރު ވެސް ސެމްސަން އޯލެޑް ޑިސްޕްލޭ، އެލްޖީ އަދި މުޅިން ތައްޔާރެއް ނޫން

22 އެޕްރީލް 2018

އައިފޯން ޑިޒައިންކުރަނީ އެޕަލް އިންނެވެ. އުފައްދަނީ ޗައިނާގަ އެވެ. އެހެނެއް ކަމަކު، އައިފޯނަކީ އެޕަލްގެ އުފެއްދުމެއް ކަމަށް އަހަރެމެން ގަބޫލުކުރަމެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

އައިފޯން ޑިޒައިންކުރަނީ އެޕަލް އިންނެވެ. އުފައްދަނީ ޗައިނާގަ އެވެ. އެހެނެއް ކަމަކު، އައިފޯނަކީ އެޕަލްގެ އުފެއްދުމެއް ކަމަށް އަހަރެމެން ގަބޫލުކުރަމެވެ.

އައިފޯނަށް ބައިތައް އުފެއްދުމުގައި ވިސްނާ ވިސްނުމަށް ބަލާލަމާ އެވެ. އައިފޯނުގެ ގިނަ ބައިތައް އުފައްދަނީ އެހެން ކުންފުނިތަކަށް އޯޑަރުދީގެންނެވެ. އެއީ އައިފޯނަށް ބޭނުންވާ މޯޑެމް ކަމަށް ވި ނަމަވެސް، މޯޑެމް އުފެއްދުމަށް ދެތިން ކުންފުންޏަކަށް އޯޑަރު ދެ އެވެ. ވަކި ބަޔަކަށް ބަރޯސާނުވުމަށެވެ.

ސެމްސަންގެ މަސްލަހަތު އޮންނަ ގުރޫޕަކުން އައިފޯނަށް ބެޓެރީ އުފައްދައިދެ އެވެ. އެލްޖީއިން ވެސް އުފައްދައިދެ އެވެ. އެކަމަކު، އޯލެޑް ޑިސްޕްލޭ އުފެއްދުމުގައި ބަރޯސާކުރާނެ ބަޔަކު، ސެމްސަންގް ފިޔަވައި، އެޕަލް އަށް އަދި ނެތެވެ.

އައިފޯނަށް ބޭނުންވާ އޯލެޑް ޑިސްޕްލޭ އުފެއްދުމުގައި، ހަމައެކަނި ސެމްސަންގަށް އިތުބާރުކުރަން އެޕަލް ބިރުގަނެ އެވެ. އެހެންވެ، ކޮންޓްރެކްޓް ހަވާލުކުރުމަށްޓަކައި އެލްޖީ ގާތަށް ވެސް އެޕަލް ދިޔަ އެވެ. ނަމަވެސް، މި އަހަރަށް އައިފޯންގެ ޒަމާން ލައިގަންނައިރު ވެސް އެލްޖީ އަށް މުޅިން ތައްޔާރުވެވޭނެ ކަމަކަށް ނުބެލެވެ އެވެ.

ސެމްސަންގް ލައްވައި އައިފޯނަށް އޯލެޑް ޑިސްޕްލޭ އުފެއްދުމުގައި، ކޮންމެ އޯލެޑް ޑިސްޕްލޭއަކަށް 100 ޑޮލަރު ސެމްސަންގް ނަގާ ކަމަށް ކުރިން ރިޕޯޓްކުރެވުނެވެ. ނަމަވެސް އެޕަލް އަށް ލުޔެއްދިނުމަށްޓަކައި މިހާރު ޗާޖުކުރަނީ ކޮންމެ ޑިސްޕްލޭއަކަށް 97 ޑޮލަރު ކަމަށް ބުނެވެ އެވެ.

މި އަހަރަށް ޚާއްސަ އައިފޯނުތައް އުފެއްދުމަށް ބޭނުންވާ ބައިތައް، އެޕަލް އަށް ސަޕްލައިކޮށްދޭން ޖެހޭ ވަގުތު ކުޑަތަން ވަނީ އެވެ. އައިފޯންތަކަށް އެލްޖީ އޯލެޑް ޓެކްނޮލޮޖީ އަންނަ ކަމަށް ބުނާތި ނުއިވެ އެވެ. އެޕަލްގެ އާދަކާދައިގެ މަތިން، އައިފޯން ގަނޑުކޮށް އުފެއްދުމަށްޓަކައި ޖުލައިގައި މަސައްކަތް ފަށާނެ އެވެ. އެޕަލް އަށް މި ވަގުތަށް އޮތީ ސެމްސަންގް ކޮނޑަށް އަތްވައްޓާލައިގެން ބޮޑާނުހާކައި ހުރުމެވެ.