Roadha Mihaaru
ބޭރުގެ ބޯޓެއްގެ ބަލި މީހަކަށް ފަރުވާދޭން އައްޑުއަށް

ޖަޕާނުން ސައުތު އެފްރިކާއަށް ދަތުރުކުރި ބޯޓެއްގައި އޮތް ބަލި މީހަކު އައްޑުއަށް ގެންގޮސްފި

22 އެޕްރީލް 2018

ޖަޕާނުން ފުރައިގެން ސައުތު އެފްރިކާއަށް ދަތުރުކުރި ބޯޓެއްގައި އޮތް ހާލުބޮޑު ބަލި މީހަކަށް ފަރުވާދޭން އެމްއެންޑީއެފް ކޯސްޓްގާޑުން ސ. ފޭދުއަށް ގެންގޮސްފި އެވެ.

ޖަޕާނުން ފުރައިގެން ސައުތު އެފްރިކާއަށް ދަތުރުކުރި ބޯޓެއްގައި އޮތް ހާލުބޮޑު ބަލި މީހަކަށް ފަރުވާދޭން އެމްއެންޑީއެފް ކޯސްޓްގާޑުން ސ. ފޭދުއަށް ގެންގޮސްފި އެވެ.

އެމްއެންޑީއެފް އިން ބުނީ ޖަޕާނުގެ ނަގޯޔާ ބަނދަރުން ފުރައިގެން ސައުތު އެފްރިކާގެ ޕޯޓް ކެލަންގަށް ދަތުރުކުރި ޖަރުމަނުގެ ބޯޓެއްގައި އޮތް ބަލި މީހާ ގެންދިޔައީ ޑޮކްޓަރުންގެ ޓީމަކާއެކު ކޯސްޓްގާޑުން ގޮސް ކަމަށެވެ. ހާލު ބޮޑުވެގެން ގެންދިޔަ މީހަކީ ޔުކްރެއިންގެ 41 އަހަރުގެ މީހެއް ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.

އެމްއެންޑީއެފް އިން ބުނީ އައްޑުއާ 12 މޭލު ބޭރުގައި އޮތް ބޯޓުން އެ މީހާ ގެނައުމަށް ފުރީ ހަވީރު 5:00 ހާއިރު ކަމަށެވެ. އަދި އެ މީހާ ފޭދޫއަށް ގެންދިޔައީ މިރޭ 7:00 ހާއިރު ކަމަށް ވެސް ކޯސްޓްގާޑުން ބުންޏެވެ.