Roadha Mihaaru
އެހެން ބައެއް ޓީމުތަކުގެ އުނދަގޫ ނަޒީހަށް ޖެހިފައި

އެހެން ބައެއް ޓީމުތަކުގެ އުނދަގޫ ނަޒީހަށް ޖެހިފައި

27 އެޕްރީލް 2018

ކުޅުންތެރިން ގަންނަން މަސައްކަތްކުރަން ޖެހޭނީ ޓްރާންސްފާ ބާޒާރުގައި ކަމަށާއި އޭގެ ކުރިން އެފަދަ ކަންކަންކޮށް ކުޅުންތެރިންގެ ފޯކަސް ގެއްލުވާނުލަން ފުރަތަމަ ޑިވިޝަންގެ ކްލަބްތަކުގެ ކިބައިން ޔުނައިޓެޑް ވިކްޓަރީގެ ކޯޗު މުހައްމަދު ނަޒީހު އެދިއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ކުޅުންތެރިން ގަންނަން މަސައްކަތްކުރަން ޖެހޭނީ ޓްރާންސްފާ ބާޒާރުގައި ކަމަށާއި އޭގެ ކުރިން އެފަދަ ކަންކަންކޮށް ކުޅުންތެރިންގެ ފޯކަސް ގެއްލުވާނުލަން ފުރަތަމަ ޑިވިޝަންގެ ކްލަބްތަކުގެ ކިބައިން ޔުނައިޓެޑް ވިކްޓަރީގެ ކޯޗު މުހައްމަދު ނަޒީހު އެދިއްޖެ އެވެ.

ލީގުގެ ހަތް ވަނައިގައި އޮތް ޔުނައިޓެޑް ވިކްޓަރީން ގަދަ ހަޔަކަށް ވަނުމަށް މަސައްކަތްކުރާއިރު، އެ ޓީމަށް އެހެން މައްސަލައެއް ކުރިމަތިވެފައިވާ ކަމަށް ނަޒީހު ވަނީ ބުނެފަ އެވެ. އެއީ ޔުނައިޓެޑް ވިކްޓަރީގެ ކުޅުންތެރިން ހޯދަން އެހެން ކްލަބްތަކުން ވާހަކަ ދެއްކުމެވެ.

"އެއީ ވެސް އަޅުގަނޑުމެން ޓީމަށް އޮތް މައްސަލައެއް. ސަބަބަކީ ކުޅުންތެރިންގެ ސިކުނޑި އަށް މި ހާލަތުގައި (ކުޅެލަނީ). ގެންދެވޭ ދުވަސް އަދި ނާދޭ. ބައެއް ޕްލޭޔަރުންނާ އެހެން ޓީމުތަކުގެ ސްޓާފުންނާ އައިސް (ބައްދަލުކޮށް) އެ ކަންތައްތައް ވެސް އެބަ ހިނގާ. މި ވެސް ބަދަލުވާން އެބަޖެހޭ ފުޓްބޯޅައިގައި" ލީގުގައި އެންމެ ފަހުން ޓީސީ ސްޕޯޓްސް ކްލަބް އަތުން ޔުނައިޓެޑް ވިކްޓަރީ ބަލިވި މެޗަށް ފަހު ނަޒީހު ބުންޏެވެ.

ނަޒީހު ބުނީ ކުޅުންތެރިން ގެންދާ ވާހަކަތައް ދެއްކުމަށް އޮންނަ ވަގުތުގައި އެކަން ކުރުމަށް ހުރިހާ ކްލަބަކުން ވެސް އިސްކަންދޭން ޖެހޭ ކަމަށާއި މިއީ އެންމެ ރަނގަޅު ވަގުތު ނޫން ކަމަށެވެ.

"އަޅުގަނޑު ނުދައްކަން އަދި އެންމެ ޕްލޭޔަރަކާ ވެސް ވާހަކަ (ޓްރާންސްފާ އާ ބެހޭގޮތުން) އެހެން ޓީމަކުން ގެންނަން ވެގެން. އެކަމަކު ޓްރާންސްފާ ފެށުނީމަ އަޅުގަނޑު ވެސް ބޭނުންވާ ޓީމެއްގެ ކުޅުންތެރިޔަކާ ވާހަކަ ދައްކާނަން. އެކަމަކު މީކީ އެންމެ ރަނގަޅު ވަގުތެއް ނޫން. އެއީ ކުޅުންތެރިންނަށް އެ އުނދަގޫތައް އަންނާނެ ކުޅެމުންދާ ޓީމަށް ވުރެން ދެ ގުނަ މުސާރަދޭން އެހެން ޓީމަކުން ހުށަހަޅަންޏާ. ފޯކަސް ގެއްލޭނެ ކުޅުންތެރިޔާގެ،" ކުރިން ނިއު ރޭޑިއަންޓާއި ވިކްޓަރީ އަށް ކުޅުނު މިޑްފީލްޑަރު ބުންޏެވެ.

ޓީސީގެ ބެންޖޯ (ކ) ކައިރިން ޔުނައިޓެޑް ވިކްޓަރީގެ ސެމިއުލް ބޯޅަ ކޮންޓްރޯލް ކުރަނީ. -- ފޮޓޯ: އެފްއޭއެމް

ޓީސީގެ ބެންޖޯ (ކ) ކައިރިން ޔުނައިޓެޑް ވިކްޓަރީގެ ސެމިއުލް ބޯޅަ ކޮންޓްރޯލް ކުރަނީ. -- ފޮޓޯ: އެފްއޭއެމް

ނަޒީހު ވަނީ ލީގުގެ ދެ ވަނަ ބުރުގައި އެ ޓީމަށް ކުޅޭ ބްރެޒިލް ދެ މިޑްފީލްޑަރުން ކަމަށްވާ ސޯސާ ރިބެއިރޯ އާއި ރަފީނިއާ ފެނުމުގެ ފުރުސަތު ކުޑަ ކަަމަށް ބުނެފަ އެވެ. އަދި އެ ޓީމަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ޓްރިންޑާޑްގެ ފޯވާޑް ސެމިއުލް ކޯޑެލް އަށް އެހެން ކްލަބްތަކުގެ ހުށަހެޅުންތައް ލިބެމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރި އެވެ.

"ސްޓްރައިކަރު (ސެމިއުލް) ހުންނާނެ، ދުލެއް ވެސް ނުކުރާނަން. ޔޫވީ ނުދިޔަޔަސް އޭނާ ނުކުޅޭނެ އެހެން ޓީމަކަށް. އެބަ އާދޭ އޭނަ ހޯދަން އެހެން ޓީމުތަކުން ވެސް. އެކަހަލަ ކަންތައްތަކެއް ވެގެން ބައިވަރު ކަންތައްތަކެއް ޓީމު ތެރޭގައި ހިނގި. އޭނަ އެއް އެހެން ޓީމަކަށް ނުކުޅޭނެ ޔަގީނުން ވެސް (މި އަހަރު)،" ނަޒީހު ބުންޏެވެ.

ސެމިއުލަށް ހުށަހެޅުންތައް ލިބެނީ ބޭރު ކްލަބްތަކުން ނޫން ކަމަށާއި ރާއްޖޭގެ ކްލަބްތަކުން ކަމަށް ނަޒީހު ބުންޏެވެ.

މި ސީޒަނުގެ މިހާތަނަށް ހަތަރު ގޯލު ޖަހާފައިވާ ސެމިއުލަށް ހުށަހެޅުން ލިބުނީ ކޮން ކްލަބަކުންތޯ ނޫސްވެރިން ސުވާލުކުރުމުން ނަޒީހު ބުނީ ވަގުތު ޖެހުމުން އެ ކްލަބެއްގެ ނަން ހާމަކުރާނެ ކަމަށާއި މި ވަގުތަކީ އެކަމަށް އެންމެ ރަނގަޅު ވަގުތު ނޫން ކަމަށެވެ.