Roadha Mihaaru
"ޕީސީ ރޯދަ ޕްރޮމޯޝަން"، ތަފާތު އިނާމުތައް!

"ޕީސީ ރޯދަ ޕްރޮމޯޝަން"، ތަފާތު އިނާމުތަކަކާ އެކު ވަރަށް ޚާއްސަ!

27 އެޕްރީލް 2018

ފުޅާ ދާއިރާއެއްގައި ކޮމްޕިއުޓަރާއި އެއާ ގުޅޭ ގިނަ ސާމާނު ވިއްކާ ޕާސަނަލް ކޮމްޕިއުޓާސް އިން ރޯދަ މަހާ ދިމާކޮށް ވަރަށް ޚާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ފުޅާ ދާއިރާއެއްގައި ކޮމްޕިއުޓަރާއި އެއާ ގުޅޭ ގިނަ ސާމާނު ވިއްކާ ޕާސަނަލް ކޮމްޕިއުޓާސް އިން ރޯދަ މަހާ ދިމާކޮށް ވަރަށް ޚާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

"ޕީސީ ރޯދަ ޕްރޮމޯޝަން"ގެ ނަމުގައި މިއަދުން ފެށިގެން ޖޫން 13ގެ ނިޔަލަށް ކުރިއަށްގެންދާ ޕްރޮމޯޝަންގައި ޖުމުލަ ގޮތެއްގައި ހުރިހާ މުދަލަކުން ވެސް 30 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ. އަދި މީގެ އިތުރުން ހޮވާލެވޭ ބައެއް ޚާއްސަ އައިޓަމްތަކުން 60 ޕަސެންޓާ ހަމައަށް ވެސް ޑިސްކައުންޓް ލިބޭނެކަމަށް ޕާސަނަލް ކޮމްޕިއުޓާސް އިން ބުންޏެވެ.

ޕާސަނަލް ކޮމްޕިއުޓާސްގެ ޑިރެކްޓާ ސޭލްސް އެންޑް މާކެޓިން، އަލީ ރިޔާޒް ވިދާޅުވީ، ރޯދަ މަހާ ދިމާކޮށް ހުޅުވާލާފައިވާ ޕްރޮމޯޝަނަކީ އެއްގޮތަށް ވުރެ ގިނަ ގޮތްގޮތުން ތަފާތު ޕްރޮމޯޝަނެއް ކަމަށެވެ.

"މިފަހަރު އަޅުގަނޑުމެން މި ޕްރޮމޯޝަން ފަށަނީ ވަރަށް ބޮޑެތި ޑިސްކައުންޓްތަކަކާ އެކު. މީގެ އިތުރުން މި މުއްދަތު ތެރޭގައި 1،000ރ. އިން މަތީގެ ކޮންމެ ވިޔަފާރިއެއް ވެސް ކުރައްވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތްތަކަށް ވަރަށް އަގުހުރި އިނާމްތަކެއް ވެސް ދިނުމަށް ހަމަޖެހިފައިވޭ،" އޭނާ ވިދާޅުވި އެވެ.

އެގޮތުން ރޯދަމަސް ފެށިގެން ކޮންމެ ހަފްތާއަކު އެއްފަހަރު ނަގާ ނަސީބު ނަންބަރަކަށް ދެ މީހަކަށް ރޯދަވީއްލުމެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ރިޔާޒް ވިދާޅުވި އެވެ. ރޯދަ ވީއްލުން އޮނަނީ ޕެރަޑައިސް އައިލޭންޑް ހޮޓަލާއި ހުޅުލޭ އައިލެންޑް ހޮޓަލުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޕްރޮމާޝަން ނިމުމުން ބޮޑު އިނާމެއްގެ ގޮތުން، ގުރުއަތުން ހޮވޭ ތިން ފަރާތަކަށް، ރާއްޖޭގެ ފެންވަރު ރަނގަޅު ތިން ހޮޓެލް ކަމަށްވާ، އޮޅުވެލި ބީޗް ރިސޯޓާއި، މާފުށީގެ އެރީނާ ބީޗް ހޮޓެލްސް އާއި ދިއްފުށި އަރާމް ހޮލިޑޭސް އެންޑް ސްޕާ އިން ދެ މީހަކަށް ހުރިހާ ކަމެއް ހިމެނޭ ގޮތަށް ޗުއްޓީ ޕެކޭޖެއް ދޭނެ އެވެ.

މީގެ އިތުރުން ވެސް ރޯދަމަހާ ދިމާކޮށް ކަސްޓަމަރުންނަށް ވަރަށް ޚައްސަ "ސަޕްރައިޒް" ތަކެއް ރޭވިފައިވާކަމަށާއި، މި ކަންކަމާ ގުޅޭ އިތުރު މައުލޫމާތު ޕާސަނަލް ކޮމްޕިއުޓާސްގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން ހާމަ ކުރަމުން ގެންދާނެ ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.