Roadha Mihaaru
ޕާސަނަލް ކޮމްޕިއުޓާސް އިން ފުލުފުލުން އިނާމްތައް!

ޕާސަނަލް ކޮމްޕިއުޓާސް އިން ފުލުފުލުން އިނާމްތައް!

07 ޖޫން 2018

ފުޅާ ދާއިރާއެއްގައި ކޮމްޕިއުޓަރާއި އެއާ ގުޅޭ ގިނަ ސާމާނު ވިއްކާ ޕާސަނަލް ކޮމްޕިއުޓާސް އިން ރޯދަ މަހާ ދިމާކޮށް ވަރަށް ޚާއްސަ ޕްރޮމޯޝަނެއް ފެށިގެން ކުރިއަށް ދާއިރު، އެ ތަނުގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް، ފަސޭހަކަމާ އެކު ތަފާތު އިނާމުތައް ލިބޭ ޕްރޮމޯޝަނެއް ވެސް ފަށައިފި އެވެ.

ފުޅާ ދާއިރާއެއްގައި ކޮމްޕިއުޓަރާއި އެއާ ގުޅޭ ގިނަ ސާމާނު ވިއްކާ ޕާސަނަލް ކޮމްޕިއުޓާސް އިން ރޯދަ މަހާ ދިމާކޮށް ވަރަށް ޚާއްސަ ޕްރޮމޯޝަނެއް ފެށިގެން ކުރިއަށް ދާއިރު، އެ ތަނުގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް، ފަސޭހަކަމާ އެކު ތަފާތު އިނާމުތައް ލިބޭ ޕްރޮމޯޝަނެއް ވެސް ފަށައިފި އެވެ.

ޕާސަނަލް ކޮމްޕިއުޓާސް އިން ބުނީ، ފޭސްބުކްގައި ކުރިއަށް ގެންދާ ޕްރޮމޯޝަން ރޯދަ މަހުގެ ނިޔަލަށް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި އެ ޕްރޮމޯޝަނުގައި ކޮންމެ "ދެތިން" ދުވަހަކުން ގުރުއަތުލުން ބާއްވައި، ނަސީބުވެރިއަކަށް ހޮވޭ މީހަކަށް އިނާމު ދޭނެ ކަމަށް ވެސް އެ ފިހާރައިން ބުނެ އެވެ.

ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ، ޕާސަނަލް ކޮމްޕިއުޓާސްގެ ފޭސްބުކް ޕޭޖަށް އަޕްލޯޑްކުރާ ޕޯސްޓް ޝެއާ ކުރުމަށް ފަހު، އެ ޕޯސްޓުގެ އިތުރުން އެ ފިހާރައިގެ ޕޭޖަށް ލައިކް ކުރުމުންނެވެ. އަދި އެ ޕޯސްޓަށް ކޮމެންޓުކޮށް، ދެ ރައްޓެހިން ޓެގް ކުރަން ޖެހޭނެ އެވެ.

ގުރުއަތުން ހޮވޭ މީހުންނަށް ލިބޭ ހަދިޔާގެ ތެރޭގައި، ހާޑް ޑްރައިވް އާއި ޕަވާބޭންކް އަދި ޕްރިންޓަރު ފަދަ އައިޓީ ގުޅުންހުރި ތަފާތު ގިނަ ބާވަތްތައް ހިމެނެ އެވެ. އަދި އެ ތަކެއްޗާ އެކު، ބީއެޗްއެމް އިން ސްޕޮންސާކޮށްގެން އެތަނުގެ ގިފްޓު ބާސްކެޓެއް ވެސް ދޭނެ އެވެ.

"މި ޕްރޮމޯޝަން އަޅުގަނޑުމެން ކުރިއަށް މި ގެންދަނީ ބީއެޗްއެމްގެ އެހީތެރިކަމާ ވެސް އެކު. އެހެންވެ އަޅުގަނޑުމެންގެ އިނާމުގެ އިތުރުން ބީއެޗްއެމްގެ ގިފްޓު ބާސްކެޓެއް ވެސް ލިބޭނެ،" ޕާސަނަލް ކޮމްޕިއުޓާސްގެ ޑިރެކްޓާ ސޭލްސް އެންޑް މާކެޓިން، އަލީ ރިޔާޒް ވިދާޅުވި އެވެ.

ޕާސަނަލް ކޮމްޕިއުޓާސް އިން ރޯދަ އާ ދިމާކޮށް ކުރިއަށް ގެންދާ ބޮޑު ޕްރޮމޯޝަން، "ޕީސީ ރޯދަ ޕްރޮމޯޝަން"ގެ ގުރުއަތުން ހޮވޭ މީހުންނަށް ވެސް މި ފަހަރު ހުށަހަޅާފައި ވަނީ ތަފާތު އިނާމުތަކެކެވެ. އެގޮތުން ކޮންމެ ހަފްތާއަކު އެއްފަހަރު ނަގާ ނަސީބު ނަންބަރަކަށް ޕެރަޑައިސް އައިލެންޑް އަދި ހުޅުލޭ އައިލެންޑް ހޮޓަލުގައި ދެ މީހަކަށް ރޯދަވީއްލުމެއް ލިބޭނެ އެވެ.

ޕްރޮމޯޝަން ނިމުމުން ބޮޑު އިނާމެއްގެ ގޮތުން، ގުރުއަތުން ހޮވޭ ތިން ފަރާތަކަށް، ރާއްޖޭގެ ފެންވަރު ރަނގަޅު ތިން ހޮޓެލް ކަމަށްވާ، އޮޅުވެލި ބީޗް ރިސޯޓާއި، ކ. މާފުށީގެ އެރީނާ ބީޗް ހޮޓެލްސް އާއި ދިއްފުށި އަރާމް ހޮލިޑޭސް އެންޑް ސްޕާ އިން ދެ މީހަކަށް ހުރިހާ ކަމެއް ހިމެނޭ ގޮތަށް ޗުއްޓީ ޕެކޭޖެއް ދޭނެ އެވެ.