01 މެއި 2018
ހިދުމަތުގެ އަގު ހެޔޮކުރި ނަމަވެސް ދިރާގަށް މިދިޔަ އަހަރުގެ ފަހު ކުއާޓަރާ އަޅާބަލާއިރު، މިއަހަރުގެ ކުއާޓަރުގައި ލިބުނު ފައިދާ ނުވަ ޕަސެންޓް އިތުރުވެއްޖެ އެވެ.
ހިދުމަތުގެ އަގު ހެޔޮކުރި ނަމަވެސް ދިރާގަށް މިދިޔަ އަހަރުގެ ފަހު ކުއާޓަރާ އަޅާބަލާއިރު، މިއަހަރުގެ ކުއާޓަރުގައި ލިބުނު ފައިދާ ނުވަ ޕަސެންޓް އިތުރުވެއްޖެ އެވެ.
ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނިން އިއްޔެ އާއްމުކުރި މާލީ ހިސާބުތައް ދައްކާ ގޮތުން މިދިޔަ ކުއާޓަރުގައި އެ ކުންފުންޏަށް 254.1 މިލިއަން ރުފިޔާ ސާފު ފައިދާގެ ގޮތުގައި ލިބިފައިވެ އެވެ. އަދި އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 704 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު ނުވަ ޕަސެންޓްގެ ކުރިއެރުމެކެވެ.
ދިރާގުން ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ މިދިޔަ ކުއާޓަރުގައި ލިބުނު އާމްދަނީ އިތުރުވެފައި ވަނީ ޓޫރިސްޓު ސީޒަންގައި އިންޓަނޭޝަނަލް ރޯމިން ހިދުމަތުން ލިބުނު އާމްދަނީ މައްޗަށް ދިއުމާއި މޮބައިލް ޑޭޓާ ބޭނުންކުރާ މިންވަރު އިތުރުވެ އަދި ގޭގެއަށް ފައިބާ އިންޓަނެޓްގެ ހިދުމަތް ދިނުން ފުޅާކުރުމުން ކަމަށެވެ.
އެ ހިސާބުތައް ދައްކާ ގޮތުން ޓެކްސްގެ ގޮތުގައި 45.1 މިލިއަން ރުފިޔާ މިދިޔަ ކުއާޓަރުގައި އެ ކުންފުނިން ދައުލަތަށް ދައްކާފައިވެ އެވެ.
ދިރާގުން ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ މިދިޔަ ކުއާޓަރުގައި އެ ކުންފުނިން ފައިނަލް ޑިވިޑެންޑްގެ ގޮތުގައި 444.6 މިލިއަން ރުފިޔާ ބަހާފައިވާ ކަމަށެވެ. އެއީ ހިއްސާއަކަށް 5.85ރ.ގެ މަގުންނެވެ.
އެ ކުންފުނިން އިއްޔެ އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 898 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
ދިރާގަށް 234 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެ
ދިރާގުން ހިއްސާދާރުންނަށް 452 މިލިއަން ރުފިޔާ ބަހަނީ
ދިރާގުން ހިއްސާއަކަށް 7.23ރ. ބަހަން ފާސްކޮށްފި
ދިރާގުން އިންޓެރިމް ޑިވިޑެންޑަށް 157މިލިއަން ބަހަނީ
ދިރާގުގެ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި
ދިރާގުން ހިއްސާއަކަށް 12ރ. ބަހަން ހުށަހަޅަނީ
ދިރާގުގެ 100 ޕަސެންޓް ފައިދާ ހިއްސާދާރުންނަށް ބަހަނީ
ދިރާގު: މިއީ ދިވެހިންގެ ކާމިޔާބު ކުންފުންޏެއް
ދިރާގަށް 215 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް
ދިރާގަށް މިދިޔަ އަހަރު 898 މިލިއަންގެ ފައިދާއެއް