Roadha Mihaaru
ދިރާގުން ހިއްސާއަކަށް 12ރ. ބަހަން ހުށަހަޅަނީ

ދިރާގުން ހިއްސާއަކަށް 12ރ. ބަހަން ހުށަހަޅަނީ

06 ފެބުރުއަރީ 2020

ދިރާގުން އެ ކުންފުނީގެ ހިއްސާއަކަށް 12ރ. ބެހުމަށް ކުންފުނީގެ އަހަރީ އާއްމު ޖަލްސާ އަށް ހުށަހަޅަން ނިންމައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ދިރާގުން އެ ކުންފުނީގެ ހިއްސާއަކަށް 12ރ. ބެހުމަށް ކުންފުނީގެ އަހަރީ އާއްމު ޖަލްސާ އަށް ހުށަހަޅަން ނިންމައިފި އެވެ.

މިއީ ފައިދާގެ ގޮތުގައި ބަހާ ޖުމްލަ ހިއްސާގެ ފައިދާގެ 912 މިލިއަން ރުފިޔާ އެވެ. މީގެ ތެރެއިން 314.6 މިލިއަން ރުފިޔާ އަކީ އިންޓެރިމް ޑިވިޑެންޑްގެ ގޮތުގައި އެ ކުންފުނިން ބަހަން ނިންމާފައިވާ އަދަދެވެ. މި ފައިދާ ބަހާނީ ހިއްސާއަކަށް 4.14ރ. ގެ މަގުންނެވެ. އަދި ބާކީ 597 މިލިއަން ރުފިޔާ ބަހާނީ ފައިނަލް ޑިވިޑެންޑުގެ ގޮތުގަ އެވެ. އެއީ ހިއްސާއަކަށް 7.86ރ. ގެ މަގުންނެވެ.

އިންޓެރިމް ޑިވިޑެންޑަކީ ކުންފުނީގެ އަހަރީ އާއްމު ޖަލްސާ އާއި ކުންފުނީގެ ފައިނޭންޝިއަލް ސްޓޭޓްމަންޓުތައް ނެރުމުގެ ކުރިން ބަހާ ފައިދާ އެކެވެ. ނަމަވެސް ފައިނަލް ޑިވިޑެންޑް ބަހާނީ އަހަރީ އާއްމު ޖަލްސާގައި ކުންފުނީގެ ހިއްސާދާރުންގެ މެދުގައި ވޯޓު ނެގުމަށްފަހު އެވެ.

ދިރާގުން ފައިނަލް ޑިވިޑެންޑްގެ ގޮތުގައި ބަހާ 597 މިލިއަން ރުފިޔާ ބަހާނީ މި މަހުގެ 13 ވަނަ ދުވަހުގެ ކުރިން އެ ކުންފުނީގެ ހިއްސާދާރެއްގެ ގޮތުގައި ރަޖިސްޓްރީވާ މީހުންގެ މެދުގަ އެވެ.

ދިރާގު އަހަރީ އާއްމު ޖަލްސާގެ އެޖެންޑާ އާއި ބާއްވާ ތާރީހު އަންނަ މަހުގެ 31 ގެ ކުރިން އެ ކުންފުނީގެ ވެބްސައިޓުގައި ޝާއިއު ކުރާނެ އެވެ.