Roadha Mihaaru
ފަގީރުންގެ ގޮތުގައި ރަޖިސްޓްރީވާން ހުޅުވާލައިފި

ފަގީރުންގެ ގޮތުގައި ރަޖިސްޓަރީ ވުމަށް ހުޅުވާލައިފި

06 މެއި 2018

ފަގީރުންގެ ގޮތުގައި މި އަހަރަށް ރަޖިސްޓަރީ ވުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ފަގީރުންގެ ގޮތުގައި މި އަހަރަށް ރަޖިސްޓަރީ ވުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.

އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، ފަގީރުންގެ ގޮތުގައި ރަޖިސްޓަރީ ވުމަށް އެދޭ ފޯމް ފުރުމަށް ފަހު، ރަށެއްގައި ނަމަ އެ ރަށެއްގެ ކައުންސިލަށް އަދި މާލޭގައި ނަމަ އިސްލާމިކް މިނިސްޓްރީ އަށް ހުށަހެޅުމަށެވެ. އެ ފޯމް ފުރުމަށް ފަހު އަންނަ ހަފުތާގެ އަންގާރަ ދުވަހުގެ ކުރިން ހުށަހަޅަން ޖެހެ އެވެ

ފަގީރުންގެ ލިސްޓުގައި މިދިޔަ އަހަރު ހިމަނާފައިވާ މީހެއް ނަމަ އަލުން ފޯމް ހުށަހަޅާކަށް ނުޖެހޭނެ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.

ފަގީރެއްގެ ގޮތުގައި ބަލަނީ ދުވާލަކަށް 44ރ. ނުލިބޭ ނަމަ އެވެ.

ފަގީރުންގެ ގޮތުގައި މިދިޔަ އަހަރު 16،205 މީހުން ރަޖިސްޓަރީ ކުރި އެވެ. މާލެ ސަރަހައްދުން 3142 މީހުން ރަޖިސްޓްރީ ކުރި އިރު އެއިން ކޮންމެ މީހަކަށް ޒަކާތުގެ ގޮތުގައި 1،250ރ. ވަނީ ބަހައިފަ އެވެ.

ފިތުރު ޒަކާތުގެ ގޮތުގައި މިދިޔަ އަހަރު މާލޭ ސަރަހައްދުން 4.4 މިލިއަން ރުފިޔާ ލިބިފައި ވެ އެެވެ.