Roadha Mihaaru
އީރާނުގެ ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިވެއްޖެ

އީރާނުގެ ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިވެއްޖެ

09 މެއި 2018

ވޮޝިންޓަން (މެއި 9) - ދުނިޔޭގެ ބޮޑެތި ބާރުތަކާ އެކު ގާއިމްކުރި އީރާނުގެ ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިވެއްޖެކަން ރައީސް ޑޮނަލްޑް ޓްރަމްޕް މިރޭ އިއުލާން ކުރައްވައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (މެއި 9) - ދުނިޔޭގެ ބޮޑެތި ބާރުތަކާ އެކު ގާއިމްކުރި އީރާނުގެ ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިވެއްޖެކަން ރައީސް ޑޮނަލްޑް ޓްރަމްޕް މިރޭ އިއުލާން ކުރައްވައިފި އެވެ.

ޔޫރަޕުގެ ގައުމުތަކުން ދިން ލަފަޔާޚިލާފަށް ޓްރަމްޕުގެ ނިންމުން އިއުލާން ކުރެއްވުމަށް ފަހު ވިދާޅުވީ އީރާނާ ދެކޮޅަށް އިގްތިސާދީ ދަތިކުރުމުގެ އާ ފިޔަވަޅުތައް އަޅާނެ ކަމަށެވެ. އީރާން ނިއުކްލިއާ އެއްބަސްވުމަކީ "ކުނިވަމުންދާ ނުބައިވެފައިވާ އެއްޗެއް" ކަމަށް ސިފަކުރައްވާ ޓްރަމްޕް ވަނީ އެމެރިކާގެ ރައްޔިތެއްގެ ހައިސިއްޔަތުން ބެލި ނަމަވެސް އެކަމާ ދެރަވާ ކަމަށް ވިދާޅުވެފަ އެވެ.

ޓްރަމްޕުގެ ނިންމުމުގެ ރައްދުގައި އީރާނުން ވަނީ ޔުރޭނިއަމް ފައްކާކުރަން ތައްޔާރުވާނެ ކަމަށް ބުނެ އިންޒާރު ދީފަ އެވެ. އަދި އެއްބަސްވުމުން އެމެރިކާ ވަކިވި ނަމަވެސް ދެން ތިބި ގައުމުތަކާ އެކު ކުރިއަށް ދާނެ ކަމަށް އީރާނުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވި އެވެ.

ނިއުކްލިއާ އެއްބަސްވުމުގައި ސޮއިކުރި ފްރާންސް، އިނގިރޭސި ވިލާތް އަދި ޖަރުމަނުން ވަނީ އެމެރިކާގެ ނިންމުމާ މެދު ހިތާމަ ކުރާ ކަމަށް ބުނެފަ އެވެ. އެކަމަކު އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ޓްރަމްޕުގެ ނިންމުމަށް ފުރިހަމަ އަށް ތާއީދު ކުރާ ކަމަށް ވިދާޅުވެފަ އެވެ. ނަތަންޔާހޫ ދާދި ފަހުން ވަނީ އީރާނުން ސިއްރިއްޔާތުގައި ނިއުކްލިއާ ހަތިޔާރު އުފައްދަމުންދާ ކަމަށް ވިދާޅުވެ ޕްރެޒެންޓޭޝަނެއް ދެއްވައިފަ އެވެ.

އީރާނާ އެކު ނިއުކްލިއާ އެއްބަސްވުން ގާއިމްކުރުމުގައި އިސްކޮށް އުޅުއްވި އެމެރިކާގެ ކުރީގެ ޚާރިޖީ ވަޒީރު ޖޯން ކެރީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއްބަސްވުމުން ވަކިވުމަކީ މީގެ އަހަރުތަކެއް ކުރިން އޮތް ނުރައްކާ ހާލަތަށް ދުނިޔެ ވައްޓާލުން ކަމަށެވެ.