Roadha Mihaaru
ޝާހީ ކައިވެންޏާ ގުޅުވައިގެން ހާއްސަ ބިސްކޯދެއް

ޝާހީ ކައިވެންޏާ ގުޅުވައިގެން ހާއްސަ ބިސްކޯދެއް

15 މެއި 2018

ޕްރިންސް ހެރީ އާއި ބަތަލާ މޭގަން މާކަލްގެ ކައިވެނީގެ ހަފުލާއަށް ދެން އޮތީ ހަފުތާއެއްހާ ދުވަހެވެ. މި މަހުގެ 19 ގައި ބާއްވާ އެ ހަފުލާ އަށް އެތައް ބަޔަކު އިންތިޒާރު ކުރަމުން އަންނަ އިރު، އެ ކައިވެންޏާ ދިމާކޮށް އެކި ގައުމުތަކުގައި ވެސް އަންނަނީ ތަފާތު ކަންކަން ކުރަމުންނެވެ. ދާދި ފަހުން ޗައިނާގެ ކުންފުންޏަކުން ވަނީ ޝާހީ ކައިވެންޏަށް ހާއްސަކޮށް ވަރަށް ލޯބި މާޗެންޑައިޒްތަކެއް ވެސް ބާޒާރަށް ނެރެފަ އެވެ. އޭގެ ތެރޭގައި ކޮފީ މަގާއި އެ ނޫން ވެސް ގިނަ ބާވަތްތައް ހިމެނެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި ފަހަރު އަނެއްކާ ވެސް ހާއްސަ ކަމެކެވެ. ސީދާ އިނގިރޭސިވިލާތުންނެވެ. ރޯޔަލް އެޑިޝަންގެ ގޮތުގައި ވަރަށް ލިމިޓެޑްކޮށް، ހާއްސަ ޗޮކްލެޓް ބިސްކޯދް ޕެކެޓްތަކެއް އިނގިރޭސިވިލާތުގެ މަޝްހޫރު ބްރޭންޑް މެކްވިޓީސް އިން ވަނީ ނެރެފަ އެވެ.

މެކްވިޓީޒުން ކުރިއަށް ގެންދާ ޕޯލް.

މި ބިސްކޯދަކީ އިނގިރޭސިވިލާތުގައި މަގުބޫލު ޗޮކްލެޓް ޑައިޖެސްޓިވް އާއި އެމެރިކާގެ ކްލަސިކް ޗޮކްލެޓް ފަޖް ބްރައުނީގެ ރަހަ މަސްހުނިކޮށްގެން ތައްޔާރުކޮށްފައިވާ ބިސްކޯދެކެވެ. ދެ ގައުމުގެ ރަހަ އެއްކޮށްލީ މެގަން ނިސްބަތްވާއި ގައުމާއި ހެރީގެ ގައުމު ގުޅުވައިލުމުގެ ގޮތުންނެވެ. އެހެންވެ މީގައި ހުންނާނީ ޗޮކްލެޓް ފަޖް ބްރައުނީ ފްލެވާ އެވެ.

މެކްވިޓީޒުން ބުނި ގޮތުގައި ރޯޔަލް އެޑިޝަންގެ ގޮތުގައި ތައްޔާރުކޮށްފައި ވަނީ އެންމެ 50 ޕެކެޓް ބިސްކޯދެވެ. އެހެންވެ މީގެ ފޮށްޓެއް ލިބޭނީ ނަސީބު ގަދަ މީހަކަށެވެ. ބިސްކޯދް ޕެކެޓްތައް ލިބޭ ނަސީބުވެރިން ކަނޑައެޅިގެން ދާނީ މެކްވިޓީޒްގެ ޓްވިޓާ ތެރޭގައި ހިންގާ ޕޯލަކުންނެވެ. އެ އަށް ވޯޓް ދިނުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ.