ހޮނިހިރު ދުވަހު ބާއްވާ، ހޮލީވުޑްގެ ބަތަލާ މޭގަން މާކަލްގެ ކައިވެނީގެ ހަފުލާގައި އޭނާގެ ބައްޕަ ބައިވެރިވާނެ ކަމަށް ކުރިން ބެލުވުނަސް މިހާރު އެ ފުރުސަތު ނެތް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
17 މެއި 2018
ހޮނިހިރު ދުވަހު ބާއްވާ، ހޮލީވުޑްގެ ބަތަލާ މޭގަން މާކަލްގެ ކައިވެނީގެ ހަފުލާގައި އޭނާގެ ބައްޕަ ބައިވެރިވާނެ ކަމަށް ކުރިން ބެލުވުނަސް މިހާރު އެ ފުރުސަތު ނެތް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މޭގަންގެ ބައްޕަ ތޯމަސް މާކަލް ކުރިން ބުނެފައިވާ ގޮތުގައި އިނގިރޭސި ވިލާތުގެ ޕްރިންސް ހެރީއާ ކައިވެނިކޮށް، އިނގިރޭސީ ޝާހީ އާއިލާގެ މެމްބަރަކަށް ދަރިފުޅުވާތީ އޭނާ ހުރީ ވަރަށް އުފަލުންނެވެ. އަދި ލަންޑަންގެ ވިންސާ ކާސަލްގައި ބާއްވާ ކައިވެނީގެ ހަފުލާގައި ބައިވެރިވާނެ ކަމަށް ބުނެފައިވެ އެވެ.
އެކަމަކު މިދިޔަ ހަފުތާގައި ހާޓްއެޓޭކެއް ޖެހިގެން ތޯމަސް މިހާރު އޮތީ އޮޕަރޭޝަނެއްކޮށްގެން ހޮސްޕިޓަލްގަ އެވެ. ޓީއެމްޒީ އަށް އޭނާ ކިޔައިދީފައިވާ ގޮތުގައި ކުއްލި ހާޓްއެޓޭކެއް ޖެހުމުގެ އަސްލަކީ މޭގަންއާ ކައިވެނި ނުކުރަން އެދި ދޮށީ ފިރިހެން ދަރިފުޅު އަދި މޭގަންގެ އެއްބަފާ ބޭބެ ތޯމަސް ޖޫނިއާ ދާދި ފަހުން ޕްރިންސް ހެރީ އަށް ލިޔުނު ސިޓީ އެވެ.
މޭގަން ބައްޕަ ތޯމަސްއާ އެކު: ތޯމަސް އޮތީ ހިތުގެ އޮޕަރޭޝަނެއްކޮށްގެން ހޮސްޕިޓަލްގައި.
އެ ސިޓީގެ އިތުރުން ތޯމަސް ޖޫނިއާ ފަހުން ވަނީ އާއިލާ އަށް ކައިވެނީގެ ހަފުލާގެ ދައުވަތު ދޭން އާދޭސްކޮށް މޭގަން އަށް ވެސް ސިޓީއެއް ލިޔެފަ އެވެ.
"އަހަންނަށް މިދިޔަ ހޯމަ ދުވަހު ހާޓްއެޓޭކެއް ޖެހިގެން ފަރުވާ ދީގެން ރަނގަޅުވެފައި ވަނިކޮށް އަނެއްކާ ވެސް މޭގައި ވަރަށް ބޮޑަށް ރިއްސަން ފެށުމުން އަންގާރަ ދުވަހު ވަނީ ހިތުގެ ސާޖަރީއެއް ހަދާފައި،" ޓީއެމްޒީ އަށް ތޯމަސް ބުންޏެވެ.
އޭނާ ބުނި ގޮތުގައި ދަރިފުޅުގެ ކައިވެނީގައި މިހާރު ބައިވެރިވެވެން އޮތީ ހޮސްޕިޓަލުން ދޭ އިރުޝާދެއްގެ ދަށުންނެވެ. ތޯމަސް ބުނި ގޮތުގައި ކިރިޔާ ވެސް ފުރުސަތެއް އޮތް ނަމަ، އޭނާ ހުރީ ހަފުލާގައި ބައިވެރިވާށެވެ.
"އެކަމަކު އެ ތާރީހީ ހަފުލާގައި އަހަންނަށް ބައިވެރި ނުވެވުމަކީ ވަރަށް ހިތާމަ ކުރާނެ ކަމެއް،" އޭނާ ބުންޏެވެ.
މޭގަން، މަންމަ ޑޯރިއާއާ އެކު: ކައިވެނީގެ ހަފުލާގައި ޑޯރިއާ ބައިވެރި ވާނެ.
ޕީޕަލް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މޭގަންގެ މަންމަ ޑޯރިއާ ރެގްލަންޑް މިހާރު ވަނީ ކައިވެނީގެ ހަފުލާގައި ބައިވެރިވާން ލަންޑަނަށް ގޮހެވެ. އޭނާއަކީ އެމެރިކާގެ ލޮސް އެންޖެލިސްގައި ދިރިއުޅޭ މީހެކެވެ. ރިޕޯޓްތައް ބުނާ ގޮތުން ޑޯރިއާ ލަންޑަނަށް ދިޔައީ އަދާ ކުރަމުން ދިޔަ ވަޒީފާ ވެސް ދޫކޮށްލައިފަ އެވެ. އޭނާއަކީ ކެލިފޯނިއާގެ ޑިޑީ ހާޝް މެންޓަލް ހެލްތު ސާވިސެސްގެ ސޯޝަލް ވޯކަރެކެވެ.
މޭގަން، 36، ގެ ތިބެނީ އެއްބަފާ ދެބެއިންނެވެ. އެއީ ތޯމަސް ޖޫނިއާ، 51، ގެ އިތުރުން ސަމަންތާ ގްރާންޓް އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ސަމަންތާ، 53، މި ވަގުތު އޮތީ ފްލޮރިޑާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން ހޮސްޕިޓަލްގަ އެވެ. އެކްސިޑެންޓް ހިނގީ ސަމަންތާ އާއި ލޯބިވެރިޔާގެ ފަހަތުން ޕަޕަރާޒީންތަކެއް އަޅުވާލުމުން އެ މީހުންގެ ކިބައިން ސަލާމާތް ބާރު ސްޕީޑްގައި ކާރު ދުއްވަނިކޮށް ކަމަށްވެ އެވެ.
ޝާހީ ކައިވެންޏާ ގުޅުވައިގެން ހާއްސަ ބިސްކޯދެއް
މޭގަންގެ ކައިވެންޏަށް ދައުވަތު ދޭން އާދޭސްކުރަނީ
މޭގަންއާ ކައިވެނިކުރުމަކީ ގޯހެއް: މޭގަންގެ ބޭބެ
ޕްރިންސް ހެރީ އަށް ފޮނުވާ ހަދިޔާ ޗެރިޓީތަކަށް
ޝާހީ ކައިވެނި ޒީނަތްތެރިކުރާނީ ހުދާއި ފިޔާތޮށި މަލުން
މެޑަމް ޓްސޯޑްސް މިއުޒިއަމަށް މޭގަން މާކަލްގެ ސްޓެޗޫ
ހެރީ އާއި މޭގަންގެ ކޭކް "ފްލޯރަލް" ވާނެ
ހެރީގެ ކައިވެންޏަށް ޓެކްސް ފައިސާ ހަރަދުނުކުރަން އެދެނީ
މޭގަން މާކަލްގެ ވެޑިން ޑްރެސްގެ އަގަކީ 8 މިލިއަން
ހެރީގެ ކައިވެނީގައި "ސްޕައިސް ގާލްސް" ނުކުޅޭނެ