Roadha Mihaaru
ރޯދަ މަހު ކުނި ނެގުން ރޭގަނޑު 8-12 އަށް

ރޯދަ މަހު މާލޭގައި ކުނި ނަގާނީ ރޭގަނޑު 8:00 އާއި ދަންވަރު 12:00އާ ދެމެދު :ވެމްކޯ

14 މެއި 2018

މި ހަފުތާގައި ފަށާ މި އަހަރުގެ ރޯދަ މަހު މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ ގޭގެ އިން ކުނި ނަގާނީ ރޭގަނޑު 8:00 ން ދަންވަރު 12:00 ދެމެދު ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ކަމަށް ހަމަޖައްސައިފި އެވެ.

މި ހަފުތާގައި ފަށާ މި އަހަރުގެ ރޯދަ މަހު މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ ގޭގެ އިން ކުނި ނަގާނީ ރޭގަނޑު 8:00 ން ދަންވަރު 12:00 ދެމެދު ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ކަމަށް ހަމަޖައްސައިފި އެވެ.

ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރޯދަ މަސް އަންނަ ބުދަ ދުވަހު ފަށާއިރު، މާލެ އާއި ހުޅުމާލެ އާއި ވިލިމާލޭގެ އިތުރުން އައްޑު އާއި ފުވައްމުލަކުގެ ގޭގެ އިން ކުނި ގެންދާނެ ގަޑިތައް ވެމްކޯ އިން މިއަދު ވަނީ އިއުލާން ކޮށްފަ އެވެ.

ރޯދަ މަހު މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގެ ގޭގެއިން ރޭގަނޑު އެކަނި ކުނި ނެގާ ގޮތަށް ވެމްކޯ އިން ހަމަޖެއްސި ނަމަވެސް މާލެ ސަރަހައްދުގައި ވިޔަފާރިކުރާ ތަންތަނުން ކުނި ގެންދާނީ ހެނދުނު 10:00 ން ހަވީރު 3:30 އަށް އަދި ރޭގަނޑު 10:00 ން ދަންވަރު 3:30 އަށެވެ.

ރޯދަ މަހު ކުނި ނަގާ ގަޑިތައް:

- މާލެ، ހުޅުމާލެ، ވިލިމާލޭގެ ގޭގެ އިން ކުނި ނަގާނީ ރޭގަނޑު 8:00 އިން ދަންވަރު 12:00 އަށް.

- މާލެ، ހުޅުމާލެ، ވިލިމާލޭގައި ވިޔަފާރި ކުރާ ތަންތަނުން ކުނި ގެންދާނީ ހެނދުނު 10:00 އިން ހަވީރު 3:30 އަދި ރޭގަނޑު 8:00 އިން މެންދަމު 3:30 އަށް.

- އައްޑޫގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުން ކުނި ގެންދިއުން: ހެނދުނު 10:00 އިން ހަވީރު 3:30 އަށް އަދި ރޭގަނޑު 8:00 އިން ދަންވަރު 12:00 އަށް.

- ފުވައްމުލަކުގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުން ކުނި ގެންދިއުން: ހެނދުނު 10:00 އިން ހަވީރު 3:30 އަށް.

މާލެ ސަރަހައްދުގެ އިތުރުން އައްޑޫގެ ގެތަކުން ކުނި ނަގާ ގަޑިއަކީ ހެނދުނު 10:00 އިން މެންދުރު ފަހު 3:30 އަށެވެ، އަދި ރޭގަނޑު 8:00 ން ދަންވަރު 12:00 އާ ދެމެދު ވެސް އައްޑޫގެ ގެތަކުން ކުނި ނަގާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. ފުވައްމުލަކުގެ ގެތަކުން ކުނި ނަގާ ގަޑިއަކީ ހެނދުނު 10:00 ން ހަވީރު 3:30 އަށެވެ.

ވެމްކޯ އިން ވަނީ މާލެ އާއި ހުޅުމާލެ، ވިލިމާލެ، އައްޑޫ އަދި ފުވައްމުލަކާއި ތިލަފުށީގައި އެ ކުންފުނިން ގާއިމް ކޮށްފައިވާ ސައިޓް ހުޅުވާނެ ގަޑިތައް ވެސް ރޯދަ މަހާ ދިމާކޮށް ބަދަލުކޮށްފަ އެވެ.. އެގޮތުން މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގެ ކުނި އުކާ ސައިޓް ހުޅުވާފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގައި ހެނދުނު 10:00 އިން ހަވީރު 5:00 އަށެވެ. މާލޭގެ ސައިޓް ރޭގަނޑު 7:30 ން ދަންވަރު 3:00 އަށް ހުޅުވާފައި ހުންނައިރު ވިލިމާލެ އާއި ހުޅުމާލޭގެ ސައިޓް ހުޅުވާފައި ހުންނާނީ ރޭގަނޑު 7:30ން ދަންވަރު 2:00 އަށެވެ.