ގުރުއާނަކީ ބަލިތަކަށް ޝިފާއަކެއް ކަމަށާއި އެ ފޮތް ކިޔެވުމުގެ ސަބަބުން ހިތްތަކަށް އުފާވެރިކަން ލިބޭނެ ކަމަށް ދީނީ އިލްމުވެރިޔާ މުފްތީ އިސްމާއިލް މެންކް މިރޭ ވިދާޅުވެއްޖެ އެވެ.
18 މެއި 2018
ގުރުއާނަކީ ބަލިތަކަށް ޝިފާއަކެއް ކަމަށާއި އެ ފޮތް ކިޔެވުމުގެ ސަބަބުން ހިތްތަކަށް އުފާވެރިކަން ލިބޭނެ ކަމަށް ދީނީ އިލްމުވެރިޔާ މުފްތީ އިސްމާއިލް މެންކް މިރޭ ވިދާޅުވެއްޖެ އެވެ.
މި އަހަރުގެ ރޯދަ މަހުގެ ރޭތައް އިހްޔާ ކުރުމުގެ ފުރަތަމަ ޖަލްސާގައި ވާހަކަ ދައްކަވަމުން މެންކް ވިދާޅުވީ، ވަކި ކަމެއް ދިމާވުމުން ވަކި އާޔަތެއް ކިޔުމަށް ބައެއް ދީނީ އިލްމުވެރިން ވިދާޅުވާ ކަމަށެވެ. ނަމަވެސް، ގުރުއާން ފެށިގެން ނިމެންދެން އެ ފޮތް ކިޔުމަށް އަބަދު ވެސް މީހުންނަށް ނަސޭހަތްތެރިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބައެއް ބަލިތަކަކީ އަޅުގަނޑަށް ވެސް ހަށިގަނޑުގެ ތެރޭގައި ހުންނަ ކަން ނޭނގޭ ބަލިތައް. އަދި ބައެއް އާޔަތްތައް ގުރުއާނުގައި ސީދާ ބަޔާން ކުރައްވާފައިވާ ހިސާބެއް ނޭނގޭ. ނަމަވެސް އެނގޭ ކަމަކީ އެ ގުރުއާނުގައި، އެކަން ލިޔެވިފައި އިންނަކަން،" އިސްލާމީ މަރުކަޒުގައި ބޭއްވި ހަފުލާގައި މުފްތީ ވިދާޅުވި އެވެ.
"ގުރުއާނުގެ އާޔަތެއް ކިޔާލާ. ދިރިއުޅުން ބަދަލު ވެގެންދާނެ. މާތްﷲ ގަންދީ ހުވާކޮށްފައި ބުނަން ދިރިއުޅުން ބަދަލުވެގެން ދާނެކަން. ގުރުއާނަށް ކަމޭހިތައި އެ އަށް އިހުތިރާމް ކުރާ ކަމުގައި ވާ ނަމަ މާތްﷲ ތި އަޅާ އަށް ހެޔޮ ރަހުމަތްލައްވާނެ."
މި އަހަރުގެ ރޯދަ މަހުގެ ރޭ ތައް އިހްޔާ ކުރުމުގެ ޕްރޮގްރާމްގެ ފުރަތަމަ ޖަލްސާގައި، ރައީސް ޔާމީނާއި މެންކް މިރޭ ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
އޭނާ ވިދާޅުވި ގޮތުގައި، އެ މީހެއްގެ ގާބިލްކަން ހުރި ވަރަކުން އެއް އާޔަތަށް ވުރެ ގިނައިން ކިޔެވޭނެ އެވެ. ނަމަވެސް، އެ އަށް ވުރެ މަދުކުރުމަށް އެއްވެސް މީހަކަށް އުޒުރެއް ނުދެއްކޭނެ ކަމަށް މެންކް ވިދާޅުވި އެވެ.
ގުރުއާނުގެ އާޔަތްތަކަކީ، ދުނިޔޭގެ އެންމެ އަގު ބޮޑު ޖަވާހިރަށް ވުރެ ވެސް އަގު ހުންނަ އެއްޗެއް ކަމަށާއި އެ އާޔަތްތައް ދަސްކޮށްފި ނަމަ މާތްﷲ ގެ ރައްކާތެރިކަން ލިބޭނެ ކަމަށް މެންކް ވިދާޅުވި އެވެ.
މި އަހަރުގެ ރޯދަ މަހުގެ ރޭ ތައް އިހްޔާ ކުރުމުގެ ޕްރޮގްރާމްގެ ފުރަތަމަ ޖަލްސާގައި، މެންކް މިރޭ ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
އޭނާގެ ދަރުސް މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ގުރުއާނާއި އެ ފޮތް ކިޔުމުން ލިބޭ ހިތްހަމަޖެހުމުގެ މައްޗަށެވެ. އެގޮތުން، ދިރިއުޅުމުގައި ކާމިޔާބީތައް ލިބިގެން އަންނާނެ ކަމަށާއި ދިރިއުޅުން އުފާވެރިވެ ބާޖަވެރިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މެންކް ވިދާޅުވި ގޮތުގައި، ގުރުއާން އަޑުއަހައިގެން ހިތަށް ހިތްހަމަޖެހުން ލިބޭނެ އެވެ. އަދި އެއީ ތަޖުރިބާ ކުރެވިފައިވާ ކަމެއް ކަން އޭނާ ފާހަގަކުރެއްވި އެވެ.
މިރޭގެ އިހްޔާ ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން ވެސް ބައިވެރިވެވަޑައިގަތެވެ. އަދި ރާއްޖޭގައި ބޭއްވި ބައިނަލްއަގްވާމީ ފުރަތަމަ ގުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުން ވެސް އޮތެވެ.
ތިމަންރަސްކަލާނގެ ޤުރްއާން ރައްކާތެރި ކުރައްވާހުށީމެވެ.
އައްރަހްމާން ސޫރަތުގައިވާ ތަކުރާރުތަކުގެ ހިކުމަތް
ސޫރަތުލް ފާތިޙާގެ މާތްކަމާއި ފައިދާތައް
ލައިލަތުލްޤަދްރި ސިއްރު ކުރެއްވުމުގެ ހިކުމަތްތައް
އެތުގެ އެކުވެރިންގެ ވާހަކަ އާއި އިބުރަތްތައް 2
އެތުގެ އެކުވެރިންގެ ވާހަކަ އާއި އިބުރަތްތައް 1
ފަންސާސް ނަމާދުގެ ސަވާބު، އެކަމަކު ފަސް ނަމާދު!
ސޫރަތްތައް ފަށާފައިވާ އަކުރުތަކުގެ މާނައަކީ ކޮބާ؟
ގުރުއާން ތަފްސީރުގެ ފޮތެއް ދިވެހި ބަހުން ނެރެނީ
ބައެއް ސޫރަތްތައް ފެށުން އަކުރުތަކަކުން، ކީއްވެ؟