19 މެއި 2018
މި ފަހަރު އެސްޓީއޯ މާލޭ ލީގަށް ނުކުތްއިރު ކޮންމެ ޓީމެއްގެ ވެސް ފުރަތަމަ ޓާގެޓަކީ ގަދަ ހަޔެއްގައި ހިމެނި ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވުމެވެ. ޔުނައިޓެޑް ވިކްޓަރީ ވެސް އެ އަމާޒުގައި މަސައްކަތްކުރާއިރު، މި ވަގުތު އެ ޓީމު އޮތީ އެންމެ ރަނގަޅު ހާލަތެއްގައެއް ނޫނެވެ. އެކަމަކު އެ ޓީމުގެ ގޯލްކީޕަރު ތޮލާލް ހަސަން (ޓޮޕްލަކް) ބުނީ އެ ޓީމުން ފަހު ވަގުތާ ޖެހެންދެން ހިތްވަރުކުރާނެ ކަމަށެވެ.
މި ފަހަރު އެސްޓީއޯ މާލޭ ލީގަށް ނުކުތްއިރު ކޮންމެ ޓީމެއްގެ ވެސް ފުރަތަމަ ޓާގެޓަކީ ގަދަ ހަޔެއްގައި ހިމެނި ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވުމެވެ. ޔުނައިޓެޑް ވިކްޓަރީ ވެސް އެ އަމާޒުގައި މަސައްކަތްކުރާއިރު، މި ވަގުތު އެ ޓީމު އޮތީ އެންމެ ރަނގަޅު ހާލަތެއްގައެއް ނޫނެވެ. އެކަމަކު އެ ޓީމުގެ ގޯލްކީޕަރު ތޮލާލް ހަސަން (ޓޮޕްލަކް) ބުނީ އެ ޓީމުން ފަހު ވަގުތާ ޖެހެންދެން ހިތްވަރުކުރާނެ ކަމަށެވެ.
ލީގުގެ ހަތް ވަނައިގައި ޔުނައިޓެޑް ވިކްޓަރީ މި ވަގުތު އޮތީ ނުވަ މެޗުން ހަތް ޕޮއިންޓާ އެކު އެވެ. ހަ ވަނައިގައި އޮތް ގްރީން ސްޓްރީޓްސް އަށް ލިބިފައިވަނީ ނުވަ މެޗުން ނުވަ ޕޮއިންޓް އެވެ. ލީގުގެ ހަ ވަނަ މަގާމަށް އެންމެ ބޮޑަށް ވާދަކުރަނީ މި ދެ ޓީމެވެ.
އެންމެ ފަހުން ޔުނައިޓެޑް ވިކްޓަރީ ކުޅުނު މެޗުގައި ލީޑުގައި އޮއްވައި ގްރީން ސްޓްރީޓްސް އިން އެއްވަރުކުރީ ފަހު ވަގުތު ވައްދާލި ގޯލުންނެވެ. އެ މެޗުން ތިން ޕޮއިންޓް ލިބުނު ނަމަ ޔުނައިޓެޑް ވިކްޓަރީ އަށް ގަދަ ހަޔެއްގެ ތެރެއަށް ވަނުމުގެ ފުރުސަތު އޮތެވެ.
"ޖުމްލަ ގޮތެއްގައި ޓީމު ވަރަށް ރަނގަޅު. ކޮންމެ ދުވަހެއްގައި ވެސް ވަރަށް ރަނގަޅަށް ކުޅޭ. އަސްލު މި ވާ ގޮތަކީ ކޮޅަށް އެއްޗެއް ވަންނަ ހިސާބުން އެލުވާލެވޭ ކަހަލަ ގޮތަކަށް މި ފެންނަނީ. ކޮންމެ ދުވަހަކު ވެސް މޮޅަށް ކުޅެ ބަލިވާ ކަހަލަ ގޮތަަކަށް ވަރަށް ނަސީބު ދެރަކޮށް މި ދަނީ،" ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ތޮލާލް ބުންޏެވެ.
ފަހު ވަގުތު ކޮޅަށް ވަން ގޯލުތަކުގެ ސަބަބުން ޔުނައިޓެޑް ވިކްޓަރީ އަތުން ގިނަ ޕޮއިންޓްތަކެއް ވަނީ ގެއްލިފަ އެވެ. ތޮލާލް ބުނީ ލީގުގައި ބާކީ އޮތް ފަސް މެޗަށް ނުކުންނައިރު ރަނގަޅު ނަތީޖާތަކެއް ނެރެވޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ ކުރިއަށް ހުރި މެޗުތަކުގައި މި އަށް ވުރެން ރަނގަޅަށް މަސައްކަތް ކޮށްގެން ޕޮއިންޓް ނަގަން ބޭނުންވަނީ. ކްލަބް މި އަށް ވުރެން ރަނގަޅު ހިސާބަކަށް ގެންދެވޭތޯ މަސައްކަތް ކުރާނަން،" އޭނާ ބުންޏެވެ.
މި ސީޒަނުގައި ކޮޅަށް ވަން ގޯލުތަކަށް ނުބަލައި، އެންމެ ގިނަ ސޭވް ކުރި ގޯލްކީޕަރުންގެ ލިސްޓެއް ހަދާނަމަ ލިސްޓުގެ ކުރިން ތޮލާލަށް ފުރުސަތު ލިބޭނެ އެވެ. ޔުނައިޓެޑް ވިކްޓަރީގެ ކޯޗު މުހައްމަދު ނަޒީހު ވަނީ ސީޒަން ފެށުމުގެ ކުރިން ތޮލާލަކީ އޭނާގެ އިތުބާރު އޮތް ކީޕަރެއް ކަމަށް ބުނެފަ އެވެ. ގައުމީ ޓީމު އެންމެ ފަހުން ނެގި ސްކޮޑުގައި ވެސް ތޮލާލް ހިމެނެ އެވެ. އޭނާ ބުނީ ޓާގެޓަކީ މަގާމު ދެމެހެއްޓުން ކަމަށެވެ.
"ގައުމީ ސްކޮޑުގައި އިނީމަ އަސްލު ވަރަށް ހިތްހަމަ ޖެހޭ. އެންމެ ކުޑައިރުގެ ވެސް ހުވަފެން އެއީ ގައުމީ ޓީމަށް ކުޅުން. ވަރަށް ހިތްވަރުކުރާނަން ގައުމީ ޓީމަށް ވެސް އަޅުގަނޑުގެ ފަރާތުން ދެވެން އޮތް އެންމެ ބޮޑު އެއްބާރުލުމެއް ދޭން." ތޮލާލް ބުންޏެވެ.
ލީގުގައި ދެން ޔުނައިޓެޑް ވިކްޓަރީ ކުޅޭ މެޗުގައި އަންނަ ބުދަ ދުވަހުގެރޭ ކުޅޭނީ އެއް ވަނައިގައި އޮތް ނިއު ރޭޑިއަންޓާ ދެކޮޅަށެވެ.
ޔޫވީ ބަލިކޮށް ވެލެންސިއާ އަށް ހިތްހަަމަޖެހުމެއް
ޔޫވީ އެއްވަރުވުމުން ގްރީނަށް ގަދަ ހަޔެއް ކަށަވަރުވެއްޖެ
ޓީސީއާ އެއްވަރުވެ ޔޫވީ އަށް ފުރުސަތު ހަނިވެއްޖެ
ޔޫވީ މި އޮތީ ހިމަ ނަރެއްގެ މަތީގައި: ނަޒީހު
ޔޫވީ ބަލިކޮށް މާޒިޔާ ދިވެހި ޕްރިމިއާ ލީގަށް
ފަހު ވަގުތު ޔޫވީ އަތުން ގްރީން އަށް ޕޮއިންޓެއް
ޔޫވީ ބަލިކޮށް ވިކްޓަރީ ތިން ވަނަ އަށް
ޔޫވީ އަތުން ޓީސީ އަށް އުނދަގޫ މޮޅެއް
ޔޫވީ ބަލިކޮށް އީގަލްސް އެއް ވަނަ އަށް
ވިކްޓަރީ އަތުން ފަހަތުން އަރައި ޔޫވީ މޮޅުވެއްޖެ