20 މެއި 2018
ފްލޮރެންސް (މޭ 20) – އިޓަލީގެ އާ ކޯޗު ރޮބާޓޯ މަންޗިނީ ނެގި ފުރަތަމަ ސްކޮޑުން ވެސް ފޯވާޑް މާރިއޯ ބަލޮޓެލީ އަށް ފުރުސަތު ދީފި އެވެ.
ފްލޮރެންސް (މޭ 20) – އިޓަލީގެ އާ ކޯޗު ރޮބާޓޯ މަންޗިނީ ނެގި ފުރަތަމަ ސްކޮޑުން ވެސް ފޯވާޑް މާރިއޯ ބަލޮޓެލީ އަށް ފުރުސަތު ދީފި އެވެ.
މި އަހަރުގެ ވޯލްޑް ކަޕަށް އިޓަލީ ކޮލިފައިނުވުމުން ކޯޗު ޖިއަމް ޕިއޭރޯ ވެންޗޫރާ ވަކިކުރުމަށް ފަހު މަންޗިނީއާ ޓީމު ހަވާލުކުރިއިރު ފުރަތަމަ އޮތީ ސައުދީ އަރަބިއާ، ފްރާންސް އަދި ނެދަލެންޑްސްއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗުތަކެވެ.
މިއީ 2012 ވަނަ އަހަރުގެ ޔޫރޯގެ ފައިނަލަށް އިޓަލީ ގެންގޮސްދިން ބަލޮޓެލީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުން އިޓަލީ ކެޓި ފަހުން ނޫ ޖާޒީގައި ކުޅޭނެ ފުރަތަމަ ފަހަރެވެ. ކުރީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އޭނާ އަށް އެ އަހަރުގެ ނޮވެމްބަރު މަހު ފުރުސަތު ދިނެވެ. އެކަމަކު އޭރު ހުރީ އަނިޔާގަ އެވެ.
މަންޗިނީގެ ކޯޗުކަމުގެ ދަށުން އިންޓަ މިލާނާއި މެންޗެސްޓާ ސިޓީ އަށް ކުޅުނު ފޯވާޑް މީގެ ހަތަރު އަހަރު ކުރިން ފޯމުން ކެޓި ނަމަވެސް ފްރާންސްގެ ނީސްގައި މިހާރު އަންނަނީ ތަފާތު ދައްކަމުންނެވެ. މި ސީޒަނުގައި އޭނާ ވަނީ 26 ގޯލް ޖަހައިފަ އެވެ. އެހެންވެ އޭނާ އަށް ޖާގައެއް ހައްގު ކަމަށް ގިނަ ބަޔަކު ދެކެ އެވެ.
މަންޗިނީގެ ސްކޮޑުގައި ކެޕްޓަން އަދި ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮން ނުހިމެނެ އެވެ. ކުރިން ބެލެވިފައި އޮތީ އޭނާ ގައުމީ ޓީމަށް ކުޅުން ހުއްޓާލާނީ މި މެޗުތަކަށް ފަހު އެވެ. އެކަމަކު މިދިޔަ ހަފުތާގައި ބުފޮން ވަނީ ދެން ނުކުޅޭނެ ކަމަށް ބުނެފަ އެވެ. ބުފޮންގެ ބަދަލުގައި ޓީމަށް ނެގީ ޓޮރިނޯގެ ސަލްވަޓޯރޭ ސިރިގޫ އެވެ. ދެން ހިމެނެނީ ޒުވާން ދެ ކީޕަރުން ކަމަށްވާ އޭސީ މިލާނުގެ ޖިއަންލުއިޖީ ޑޮންނަރުއްމާ އާއި ޖެނޯއާގެ މަޓިއާ ޕެރިން އެވެ. ފުރަތަމަ އެގާރައިން ފުރުސަތު ލިބޭނެ ކަމަށް ބެލެވެނީ ޑޮންނަރުއްމާ އަށެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ކެޕްޓަންކަން ދޭނީ ސްކޮޑުގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން އެންމެ ގިނަ މެޗު ކުޅެފައިވާ ލެއޮނާޑޯ ބޮނޫޗީ އަށެވެ. މިއީ ޕައޮލޯ މަލްޑިނީ އަށް ފަހު މިލާނުގެ ކުޅުންތެރިއަކު އިޓަލީގެ ކެޕްޓަން ބޭންޑް އަޅާ ފުރަތަމަ ފަހަރެވެ. ޓީމުގައި އެންމެ ފަހުން ތިބި ސީނިއާ ކުޅުންތެރިންގެ ތެރެއިން އަންދްރޭ ބަރްޒާލީ އާއި ޑެނިއަލް ޑި ރޮސީ ރިޓަޔާކޮށްފައިވާއިރު ޖިއޯޖިއޯ ކިއެލީނީ ހުރީ އަނިޔާގަ އެވެ.
މި ފަހަރު މުޅިން އަލަށް ޖާގަ ލިބުނު ކުޅުންތެރިންނަކީ ޗެލްސީގެ ވާތު ބެކް އެމަސަން ޕަލްމިއެރީ އާއި ޓޮރިނޯގެ މިޑްފީލްޑަރު ޑެނިއަލީ ބަސެއްލީ އާއި ކްރޮޓޯނޭގެ މިޑްފީލްޑަރު ރޮލާންޑޯ މަންޑްރަގޯރާ އާއި ސައުއޮލޯގެ ފޯވާޑް ޑޮމެނިކޯ ބެރާޑީ އަދި އެޓަލާންޓާގެ ޑިފެންޑަރު މަޓިއާ ކަލްޑަރާ އެވެ.
ޓީމުގައި ހިމެނޭ ޒުވާން އުއްމީދީ ކުޅުންތެރިންގެ ތެރޭގައި ޑޮންނަރުއްމާ އާއި މިލާނުގެ ޑިފެންޑަރު އަލެސިއޯ ރޮމަނޮލީ އާއި ޔުވެންޓަސްގެ ޑިފެންޑަރު ޑެނިއަލީ ރުގާނީ އާއި ރޯމާގެ މިޑްފީލްޑަރު ލޮރެންޒޯ ޕެލެގްރިނީ އާއި ފިއޮރެންޓީނާގެ ފޯވާޑް ފެޑެރިކޯ ޗިއެސާ އާއި ޔުވެންޓަސްގެ ފެޑެރިކޯ ބާނަޑެސްކީ އަދި ޓޮރިނޯގެ ފޯވާޑް އަންދްރޭ ބެލޮއްޓީ ހިމެނެ އެވެ. މި ކުޅުންތެރިންނާ އެކު އިޓަލީގެ ކުރިމަގު އުޖާލާ ކަމަށް ތަޖުރިބާކާރުން ދެކެ އެވެ.
މިޑްފީލްޑަރުން: ސަލްވަޓޯރޭ ސިރިގޫ (ޓޮރިނޯ)، ޖިއަންލުއިޖީ ޑޮންނަރުއްމާ (އޭސީ މިލާން)، މަޓިއާ ޕެރިން (ޖެނޯއާ)
ޑިފެންޑަރުން: ލެއޮނާޑޯ ބޮނޫޗީ (އޭސީ މިލާން)، މަޓިއާ ޑި ސިގްލޯ (ޔުވެންޓަސް)، ޑޮމެނިކޯ ކްރިސިޓޯ (ޒެނިތު)، ޑެވިޑޭ ޒައްޕަކޮސްޓާ (ޗެލްސީ)، ޑެނިއަލީ ރުގާނީ (ޔުވެންޓަސް)، އަލެސިއޯ ރޮމަނޮލީ (އޭސީ މިލާން)، ޑެނިއަލޯ ޑި އެމްބްރޮސިއޯ (އިންޓަ މިލާން)، މަޓިއާ ކަލްޑްރާ (އެޓަލާންޓާ)، އެމެސަން ޕަލްމިއެރީ (ޗެލްސީ).
މިޑްފީލްޑަރުން: ކްލައުޑިއޯ މާކީޒިއޯ (ޔުވެންޓަސް)، އަލެސަންދްރޯ ފްލޮރެންޒީ (ރޯމާ)، ޖިއަކޮމޯ ބޮނަވެންޗޫރާ (އޭސީ މިލާން)، ޖޯޖީނިއޯ (ނަޕޯލީ)، ލޮރެންޒޯ ޕެލެގްރިނީ (ރޯމާ)، ބްރަޔަން ކްރިސްޓޭންޓް (އެޓަލާންޓާ)، ޑެނިއަލީ ބަސެއްލީ (ޓޮރިނޯ)، ރޮލާންޑޯ މަންޑްރަގޯރާ (ކްރޮޓޯނޭ).
ފޯވާޑުން: މާރިއޯ ބަލޮޓެލީ (ނީސް)، ޗީރޯ އިމޮބިލޭ (ލާޒިއޯ)، ލޮރެންޒޯ އިންސީނޭ (ނަޕޯލީ)، ސިމޮނީ ޒަޒާ (ވެލެންސިއާ)، އަންދްރޭ ބެލޮއްޓީ (ޓޮރިނޯ)، ފެޑެރިކޯ ބާނަޑެސްކީ (ޔުވެންޓަސް)، ފެޑެރިކޯ ޗިއެސާ (ފިއޮރެންޓީނާ)، ސިމޮނީ ވާޑީ (ބޮލޯނިއާ)، ޑޮމެނިކޯ ބެރާޑީ (ސަސުއޮލޯ)، މަޓެއޯ ޕޮލިޓާނޯ (ސަސުއޮލޯ).
ކެރިއަރު އޮޔާނުދަނީސް ބަލޮޓެލީ ހޭލަން ޖެހޭ: މަންޗިނީ
ބަލޮޓެލީގެ ފިޓްނަސް އާއި ފޯމް: މަންޗިނީގެ ކަންބޮޑުވުން
ނަމޫނާ ކެޕްޓަނަކަށްވާން ބޭނުން: ބަލޮޓެލީ
ބަލޮޓެލީގެ އެނބުރި އައުން ލަނޑަކާ އެކު
އިޓަލީން ޖާގައެއް ހައްގު: ބަލޮޓެލީ
އިޓަލީ ޓީމަށް ބަލޮޓެލީ ނުނެގުމުން ރިއޯލާ ރުޅިގަދަވެފައި
އިޓަލީން ފުރުސަތު ދީފި ނަމަ ކުޅެން ތައްޔާރު: ބަލޮޓެލީ
ބަލޮޓެލީ އަށް ވެންޗޫރާ ފުރުސަތު ދީފާނެތަ؟
އިޓަލީ ޓީމުން ޕިރްލޯ އާއި ބަލޮޓެލީ އަށް ޖާގައެއް ނެތް
ބަލޮޓެލީ އެނބުރި އިޓާލިއަން ލީގަށް