އިޓަލީ އަތުން 4-1 އިން މޮޅުވެ ނޯވޭ އިން 1998 ގެ ފަހުން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕުން ފުރުސަތު ހޯދިއިރު، އިޓަލީ އަނެއްކާ ވެސް ޕްލޭއޮފުގައި ވާދަކުރަން ޖެހިއްޖެ އެވެ.
އިޓަލީ އަތުން 4-1 އިން މޮޅުވެ ނޯވޭ އިން 1998 ގެ ފަހުން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕުން ފުރުސަތު ހޯދިއިރު، އިޓަލީ އަނެއްކާ ވެސް ޕްލޭއޮފުގައި ވާދަކުރަން ޖެހިއްޖެ އެވެ.
ވޯލްޑް ކަޕުން ނޯވޭ ފުރުސަތު ހޯދީ ޔުއެފާ ކޮލިފައިންގެ ގްރޫޕް އައި ގެ އެއް ވަނަ މަގާމް ހޯދައިގެންނެވެ. އެ ޓީމު ވަނީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ 24 ޕޮއިންޓް ހަމަކޮށްފަ އެވެ. އިޓަލީ ޕްލޭއޮފުގައި ވާދަކުރަން ޖެހުނީ ގްރޫޕުގެ ދެ ވަނަ އަށް ދިއުމުންނެވެ. އިޓަލީ އަށް ލިބުނީ 18 ޕޮއިންޓެވެ. ބަލިވީ ނޯވޭއާ ދެކޮޅަށް ކުޅުނު ދެ މެޗުން އެކަންޏެެވެ. ރޭ އިޓަލީ މޮޅުވި ނަމަ ޕޮއިންޓުގެ ގޮތުން ދެ ޕޮއިންޓް އެއްވަރުވީހެވެ. އެކަމަކު ލަނޑުގެ ފަރަގު ބޮޑުވުމުން އެ ހާލަތުގައި ވެސް އެއް ވަނަ ލިބުމުގެ ފުރުސަތު ބޮޑުކޮށް އޮތީ ނޯވޭ އަށެވެ.
ވޯލްޑް ކަޕަށް ނޯވޭ ކޮލިފައިކޮށްދިނުމުގެ އެންމެ ބޮޑު ހިއްސާދާރަކީ، އާލިން ހާލަންޑެވެ. އޭނާ ވަނީ ކޮލިފައިންގައި 16 ލަނޑު ޖަހައިދީފަ އެވެ. ރޭގެ މެޗުގައި ވެސް ދެ ގޯލު ޖެހި އެވެ.
ދުނިޔޭގެ ޗެމްޕިއަންކަން ހަތަރު ފަހަރު ހޯދާފައިވާ އިޓަލީ، މިދިޔަ ދެ ވޯލްޑް ކަޕަށް ކޮލިފައިނުވެ ދިޔައީ ވެސް ޕްލޭއޮފުގައި ނާކާމިޔާބުވެގެންނެވެ. މި ފަހަރުގެ ޕްލޭއޮފް އޮންނާނީ ސެމީ ފައިނަލަކާއި، ފައިނަލެއްގެ އުސޫލުން އަންނަ އަހަރުގެ މާޗު މަހު އެވެ. ވާދަކުރަން ޖެހޭނެ ޓީމެއް އެނގޭނީ ބުރާސްފަތި ދުވަހު ގުރުނެގުމުންނެވެ.
މިލާނުގެ ސެންސީރޯގައި ރޭ ކުޅުނު މެޗުގެ 11 ވަނަ މިނެޓުގައި ފްރެންސެސްކޯ ޕިއޯ އެސްޕޮސިޓޯ ވަނީ އިޓަލީ އަށް ލީޑު ނަގައިދީފަ އެވެ. ނޯވޭ މޮޅުވީ ދެ ވަނަ ހާފުގައި ހާލަންޑް ޖެހި ދެ ގޯލާއި، އެންޓޯނިއޯ ނުސާ އަދި، ޖޯގެން ލާސެން ޖެހި ގޯލްތަކުންނެވެ.
އިޒްރޭލަށް ވޯލްޑް ކަޕުން ފުރުސަތު ގެއްލިއްޖެ
ފަހު ވަގުތު އިޒްރޭލް އަތުން އިޓަލީ ސަލާމަތްކޮށްދިނީ ޓޮނާލީ
ސްޕެލެއްޓީ ވަކިކޮށްފި، އިޓަލީން ބޭނުންވަނީ ރަނިއޭރީ
ކޮލިފައިން ފުރަތަމަ މެޗުން އިޓަލީ ބަލިވެއްޖެ
ފުޓުބޯޅައިގެ ގަދަބާރު އިޓަލީ ވޯލްޑް ކަޕުން ކަޓައިފި
އިޓަލީ ނުވަތަ ޕޯޗްގަލް ވޯލްޑް ކަޕުން ނުފެންނާނެ
ޔޫރަޕުގެ ޗެމްޕިއަން އިޓަލީ ވޯލްޑް ކަޕް ޕްލޭ އޮފަށް
ބަލިނުވެ ގިނަ މެޗު ފުރިހަމަކުރުމުގެ ރެކޯޑް އިޓަލީ އަށް
އިޓަލީ އާއި ޖަރުމަނު މޮޅުވިއިރު، ސްޕެއިން އެއްވަރު
ސްވިޑަން އަތުން ބަލިވެ އިޓަލީ ވޯލްޑް ކަޕާ ދުރަށް!