Roadha Mihaaru
ކޮޕީފަތުގެ އަގު ވެއްޓޭކަށް ނެތް

ކޮޕީފަތުގެ އަގު ވެއްޓޭކަށް ނެތް

22 މެއި 2018

ރޯދަމަހުގެ ސުފުރާ މައްޗަށް ކޮޕީފަތުގެ މުހިންމުކަން ބޮޑު އާއިލާތަކަށް ހިތާމަވެރި ހަބަރެކެވެ؛ މި ރޯދަ މަހު މާލޭގެ ބާޒާރުގައި ކޮޕީފަތުގެ އަގު ހެޔޮވެދާނެކަމުގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ.

ރޯދަމަހުގެ ސުފުރާ މައްޗަށް ކޮޕީފަތުގެ މުހިންމުކަން ބޮޑު އާއިލާތަކަށް ހިތާމަވެރި ހަބަރެކެވެ؛ މި ރޯދަ މަހު މާލޭގެ ބާޒާރުގައި ކޮޕީފަތުގެ އަގު ހެޔޮވެދާނެކަމުގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ.

އެންމެ ތިން ފަތުގެ ބޮނޑިއެއް 20ރ އަށް ލިބޭ ހާލަތަށް ކޮޕީފަތުގެ ތާށިކަން އައީ މާލެ އަށް ގިނަ އަދަދަކަށް އެ ފަތް ގެންނަ ކާށިދޫގެ ގަސްތައް ހަލާކުވުމާއި ތޮއްޑޫން ބާޒާރަށް ފަތް ނެރުމުގައި ކޮންޓްރޯލް އުސޫލުތަކެއް ގެންގުޅޭތީ އެވެ.

ލޯކަލް މާރުކޭޓްގެ ބައެއް ގޮޅިތަކުގެ މީހުން ބުނާ ގޮތުގައި ތޮއްޑޫން ކޮޕީފަތް ގެންނަ މިންވަރު ކޮންޓްރޯލްކޮށްގެން އުޅެނީ އަގު ހިފެހެއްޓުމަށް ކަމަށް ވެދާނެ އެވެ. ރޯދަމަހުގެ ކުރިން ދުވާލަކު ތިން ބާސްކެޓްގެ ކޮޕީފަތް ތޮއްޑޫ ދަނޑުވެރިންގެ އަތުން އޭނާ ގަންނަ އިރު ރޯދަ މަހު އެންމެ ބާސްކެޓެއްގެ ފަތް ވެސް، އެއްފަހަރާ ނުލިބޭ ކަމަށް އޭނާ ބުންޏެވެ.

"ތޮއްޑޫ މީހުން ނުގެންނަނީ. އެ ރަށުން ފަތް ގެންނަ ނަމަ މިހާ ވަރަށް އަގު އަރައިގެންނެއް ނުދާނެ،" އޭނާ ބުންޏެވެ.

މާރުކޭޓުގެ ގޮޅިއެއްގައި އެކި ވައްތަރުގެ ފަތާއި ތަރުކާރީ  -- ފޮޓޯ/މިހާރު

މާރުކޭޓުގެ ގޮޅިއެއްގައި އެކި ވައްތަރުގެ ފަތާއި ތަރުކާރީ -- ފޮޓޯ/މިހާރު

ކޮޕީފަތުގެ އިތުރުން ކަންކުން ފަތާއި ކުއްޅަފިލާ ފަތާއި ލެޓިއުސް ވެސް ވަނީ ވަރަށް މަދުވެފަ އެވެ. ކުއްޅަފިލާ ފަތާއި ރަތް މައްސާގު ފަތުގެ ދެ ބޮނޑި 15ރ. އަށް ވިއްކާއިރު ލެޓިއުސްގެ އަގު އުޅެނީ ކިލޯއެއް 150ރ. އަށެވެ.

"މިއިން ދުވަހަކު ވެސް ފަތުގެ އަގު ނުދާހާ މައްޗަށް ގޮސްފައި މިވަނީ. ކުރިޔަށް އޮތް ތަނުގައި ފަތުގެ އަގަށް ވާނެ ގޮތެއް ނޭނގެ. ޑިމާންޑާ އެއްވަރަކަށް ފަތެއް މާލޭގެ ބާޒާރަކަށް ނުގެނޭ،" އެހެން ގޮޅިއެއްގައި އިން މީހަކު ބުންޏެވެ.

ކާށިދޫގެ ކޮޕީފަތް ގަސްތަކަށް ގެއްލުން ލިބުނީ ހޫނު ގަދަވެގެން ކަމަށް، އެ ރަށު ކައުންސިލްގެ ރައީސް އަލީ ސުލްތާން ވިދާޅުވި އެވެ.

"ހޫނު ގަދަވެ ވަރަށް ގިނަ ކޮޕީ ފަތް ގަސްތައް މަރުވި. މިރަށުން ވެސް ކޮޕީ ފަތެއް ވިއްކަނީ ފަސް ރުފިޔާއަށް،" އޭނާ ވިދާޅުވި އެވެ.

ތޮއްޑޫ ކައުންސިލްގެ މެމްބަރު ހަސަން އަބްދުﷲ ވިދާޅުވީ ދޯނިން ޖާގަ ލިބޭ ވަރަކުން ކޮންމެ ދުވަހަކު ވެސް މާލެ އަށް ފަތް ފޮނުވަމުން އަންނަ މަށެވެ.

"އަބަދުވެސް ޖާގަ އޮންނަ މިންވަރަކުން ފޮނުވަމުން ގެންދަނީ. މާލޭގެ ބާޒާރުން ވެސް ޖާގަ ލިބޭ ނަމަ ފޮނުވާނެ،" އޭނާ ވިދާޅުވި އެވެ.