ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ހިންގާ "ހިޔާ" ޕްރޮގްރާމްގެ ދަށުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ 14 ބުރީގެ ދެ ޓަވަރުގެ އެޕާޓްމަންޓުތަކަށް ކުރިމަތިލާން، އެ ކުންފުނީގެ މުވައްޒަފުންނަށް މިއަދު ފޯމް ދޫކުރަން ފަށައިފި އެވެ.
ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ހިންގާ "ހިޔާ" ޕްރޮގްރާމްގެ ދަށުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ 14 ބުރީގެ ދެ ޓަވަރުގެ އެޕާޓްމަންޓުތަކަށް ކުރިމަތިލާން، އެ ކުންފުނީގެ މުވައްޒަފުންނަށް މިއަދު ފޯމް ދޫކުރަން ފަށައިފި އެވެ.
އެމްއޭސީއެލް އިން އަޅާ ދެ ޓަވަރުގެ އެޕާޓްމަންޓުތަކަށް ކުރިމަތިލާން ފޯމު ދޫކުރަން ފަށައި، އެ ތަންތަނަށް ކުރިމަތިލެވޭނެ ޝަރުތުތައް ވެސް ވަނީ އިއުލާނު ކޮށްފަ އެވެ. އެ ޓަވަރުތަކުން އެމްޕީއެލް މުވައްޒަފުންނަށް ގާތްގަނޑަކަށް 312 އެޕާޓްމަންޓް ދޫކުރަން ހަމަޖެހިފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ އެއް ކޮޓަރި އާއި ދެ ކޮޓަރީގެ އެޕާޓްމަންޓުތަކެވެ.
ފޯމު ދޫކުރަން ފެށި ނަމަވެސް އެ ތަންތަނުގެ އަގުތައް އަދި ހާމައެއް ނުކުރެ އެވެ. އެމްއޭސީއެލް އިން ބުނީ އަގުތައް ވެސް ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށެވެ. އަދި އަގުތައް ހެޔޮވާނެ ކަމަށާއި، މުވައްޒަފުންނަށް އެންމެ އެކަށީގެންވާ ގޮތަށް އަގު އަދާކޮށް ނިންމޭނެ އިންތިޒާމުތައް ހަމަޖައްސާނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.
އެއާޕޯޓްސް ކޮންޕެނީން ބުނީ އެއް ކޮޓަރީގެ އެޕާޓްމަންޓުތަކަށް ކުރިމަތިލެވޭނީ، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް އެ ކުންފުންޏަށް ފަސް އަހަރު ޚިދުމަތް ކޮށްދީފައިވާ މުވައްޒަފުންނަށް ކަމަށެވެ. އަދި ދެ ކޮޓަރީގެ ތަންތަނަށް ކުރިމަތިލެވޭނީ ނޮވެމްބަރު މަހުގެ ނިޔަލަށް 10 އަހަރު ނުވަތަ އެއަށްވުރެ ގިނަ ދުވަސް ވަންދެން އުޅެފައިވާ މުވައްޒަފުންނަށް ކަމަށެވެ.
އޭގެ އިތުރުން މާލޭގައި، 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް އޮތް މުވައްޒަފެއް ނަމަ ފްލެޓަށް ކުރިމައްޗެއް ނުލެވޭނެ އެވެ. އެމްއޭސީއެލްގައި ގިނަ އަދަދަކަށް ބޭރު މުވައްޒަފުން މަސައްކަތް ކުރި ނަމަވެސް، ފުލެޓަށް ކުރިމަތިލެވޭނީ ދިވެހިންނަށް އެކަނި ކަމަށް ވެސް ބުންޏެވެ.
އެމްއޭސީއެލް އިން ދެ ޓަވަރު އަޅަން ހަވާލުކުރީ އެއާޕޯޓުގެ އާ ރަންވޭ މަސައްކަތާއި ކާގޯ ޓާމިނަލްގެ މަސައްކަތްތައް ވެސް ކުރަމުން އަންނަ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ)އާ އެވެ. ހުޅުމާލޭގައި އެ ޓަވަރުތައް އަޅަން އެ ކުންފުންޏާ ހަވާލުކުރީ 400 މިލިއަން ރުފިޔާ އަށެވެ.
އެމްއޭސީއެލްގެ ދެ ޓަވަރުގެ މަސައްކަތް ފަށައިފި
ހިޔާއަށް ކުލި ނުދައްކާ، އެޅޭނެ ފިޔަވަޅެއް ވެސް ނެތް!
ހިޔާ ފްލެޓަށް އިތުރަށް 3.2 ބިލިއަން ދައްކަންޖެހޭ
ފަންނީ މީހުން އާ ފްލެޓަށް ހުށަހެޅުމުގެ ފުރުސަތު ދީފި
ދަފްތަރު ކެޓަގަރީގެ ވަގުތީ ލިސްޓު އާއްމުކޮށްފި
"ހިޔާގައި ތާއްޓެއް ނުވޭ، ލިސްޓު މިމަހު ނެރެންފަށާނެ"
ފްލެޓްތަކާ ގުޅޭ އަޑުތައް: އެއީ ވެސް ދިވެހިންނަށްޓަކައި
މިހުރީ ޓަވަރެއްގައި: ރީތި މަންޒަރެއް އެކަމަކު ހާސްކަން
ފްލެޓުތައް ކުޑަ ކަމަށް ބުނާ ވާހަކައަކީ ދޮގެއް:މުއިއްޒު
އެންމެ ބޮޑު ބަދަލު: ކޮތަރު ކޮށީގެ ސިފަ ކަނޑުވާލުން!