Roadha Mihaaru
އިންފްލުއެންޒާ އޭ އަށް ޕޮޒިޓިވް ވި މީހަކު މަރުވެއްޖެ

އިންފްލުއެންޒާ އޭ އަށް ޕޮޒިޓިވް ވި މީހަކު މަރުވެއްޖެ

23 މެއި 2018

އިންފުލުއެންްޒާ އޭ އަށް ޕޮޒިޓިވް ވި، އުމުރުން ދުވަސްވީ އަންހެނަކު އޭޑީކޭ ހޮސްޕިޓަލްގައި ރޭ ފަތިހު މަރުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިންފުލުއެންްޒާ އޭ އަށް ޕޮޒިޓިވް ވި، އުމުރުން ދުވަސްވީ އަންހެނަކު އޭޑީކޭ ހޮސްޕިޓަލްގައި ރޭ ފަތިހު މަރުވެއްޖެ އެވެ.

އެ ހޮސްޕިޓަލްގެ މެނޭޖިން ޑިިރެކްޓަރު އަހުމަދު އަފްއާލް މިއަދު ވިދާޅުވީ، އިންފްލުއެންޒާ އޭ އަށް ޕޮޒިޓިވް ވި، އުމުރުން 84 އަހަރުގެ މީހަކު މަރުވެފައިވާ ކަމަށެވެ. އެއީ ހއ. ބާރަށު މީހެކެވެ.

އަފްއާލް ވިދާޅުވި ގޮތުގައި، ހުން ޖެހިގެން ފަރުވާ ހޯދަމުން އަންނަ މީހުން އަދަދު މި ދުވަސްވަރު ވަނީ އިތުރުވެފަ އެވެ. އެހެންވެ، ހުމަށް ޚާއްސަ ކޮށްގެން އޭޑީކޭގައި ހުޅުވާފައިވާ ކްލިނިކުން ގިނަ ބަޔަކު ފަރުވާ ހޯދަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"މީގެ ދެ ތިން ދުވަހެއް ކުރިން 200 މީހުން ފަރުވާ ހޯދި. ހުން ޖެހިގެން ފަރުވާ ހޯދަމުން އަންނަ މީހުން އަދި ވެސް ދަނީ އިތުރުވަމުން،" އަފްއާލް ވިދާޅުވި އެވެ.

ހަލުވި މިނެއްގައި ހުން ފެތުރެމުންދާތީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ މުހިއްމު ބޭނުމެއްގައި ނޫން ގޮތަށް މި ދުވަސްވަރު ހޮސްޕިޓަލަށް ނުދިއުމަށް އިލްތިމާސްކޮށްފަ އެވެ.

މިދިޔަ އަހަރު ވެސް ރާއްޖެ އިން 200 އަށް ވުރެ ގިނަ މީހުންނަށް އިންފްލުއެންޒާ ޖެހުނު އިރު ހަ މީހަކު މަރުވެފައި ވެ އެވެ.