މިހާރު މާލޭގައި ފެތުރެމުންދާ ރޯގާގައި އިއްޔެ ޑޮކްޓަރަށް ދެއްކި މީހުންގެ އަދަދު 1،000 އަށްވުރެ ގިނަ ކަމަށް ހޮސްޕިޓަލްތަކުން ދިން މައުލޫމާތުން ދައްކައިފި ބުނެފި އެވެ.
29 ޖުލައި 2023
މިހާރު މާލޭގައި ފެތުރެމުންދާ ރޯގާގައި އިއްޔެ ޑޮކްޓަރަށް ދެއްކި މީހުންގެ އަދަދު 1،000 އަށްވުރެ ގިނަ ކަމަށް ހޮސްޕިޓަލްތަކުން ދިން މައުލޫމާތުން ދައްކައިފި ބުނެފި އެވެ.
މާލެ ސަރަހައްދުގައި ބޭރަށް ހިންގުމާއި ހޮޑުލުމުގެ ރޯގާއެއް ފެތުރެމުންދާތާ ދުވަސްކޮޅެއް ވެއްޖެ އެވެ. ނަމަވެސް މިދިޔަ ބުރާސްފަތު ދުވަހުގެ ރޭ، މިނިވަން ދުވަހާ ގުޅިގެން މާލޭގައި ބޭއްވި ޕެރޭޑާއި ފުޅަނދުބުރު ބަލަން އެތައް ހާސް ބަޔަކު އެއްވި ފަހުން، އައިސް ހޮޑުލާތީ ހޮސްޕިޓަލްތަކަށް ކުޑަކުދިން ދެއްކި ވަރު ވަރަށް ބޮޑަށް އިތުރުވެ، ގާތްގަނޑަކަށް ހުރިހާ ހޮސްޕިޓަލެއްގެ އިމަޖެންސީ ރޫމް ފުރުނެވެ.
އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ ހޮޑުލުމާއި ބޭރަށް ހިންގުމުގެ ރޯގާގައި އެ ހޮސްޕިޓަލަށް އިއްޔެ އެކަނި 296 މީހުން ދައްކާފައިވާ ކަމަށެވެ.
ހަލުވިކަމާ އެކު ފެތުރެމުންދާ ހޮޑުލުމާއި ބޭރަށް ހިންގުމުގެ ރޯގާއިން ރާއްކާތެރިވާން ޑރ. އަބްދުﷲ ނިޔާފްގެ އިރުޝާދު pic.twitter.com/13feW62hjH
— Mihaaru (@Mihaarunews) July 28, 2023
އައިޖީއެމްއެޗުން ބުނީ އެ ބަލީގައި އިއްޔެ އެ ހޮސްޕިޓަލަށް ދެއްކި މީހުންގެ އަދަދު 500 އަށް އަރާ ކަމަށާއި މިއަދު މިހާތަނަށް 170 މީހަކު ދައްކާފައިވާ ކަމަށެވެ.
ހުޅުމާލެ ހޮސްޕިޓަލުން ބުނި ގޮތުގައި ހޮޑުލުމާއި ބޭރަށް ހިންގުން ޖެހިގެން އިއްޔެ 257 މީހަކު އެ ހޮސްޕިޓަލަށް ދެއްކި އެވެ.
ސެނަހިޔާ އާއި ޓްރީ ޓޮޕް ހޮސްޕިޓަލަށް ވެސް އިއްޔެ ގިނަ ބަޔަކު ދެއްކި އެވެ. އެކަމަކު އެ ތަންތަނުން މައުލޫމާތެއް ނުލިބުނެވެ.
މި ރޯގާގައި ބޮޑުވަރުވަނީ ކުޑަކުދިންނަށެވެ. އެހެންވެ ހޮސްޕިޓަލްގައި ގިނައިން ފަރުވާ ދޭން ޖެހެނީ ވެސް ކުޑަކުދިންނަށެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ މާލެ ސަރަހައްދުގައި މިވަގުތު ފެތުރެމުންދާ ހޮޑުލުމާއި ބޭރަށް ހިންގުމަކީ ވަރަށް ފަސޭހައިން ހަލުވިކަމާ އެކު ފެތުރޭ ނޯރޯވައިރަސްގެ ރޯގާއެއްކަމަށެވެ.
ނޯރޯވައިރަސްގެ އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ ގިނައިން ހޮޑު ލެވުމާއި ހުން އައުމާއި ބަނޑުގައި ރިއްސުމާއި ވަރުދެރަވުން ފަދަ ކަންކަމެވެ. މި ބައްޔަށް "ސްޓަމަކް ފްލޫ" އޭ ވެސް ކިޔަ އެވެ.
ރޯގާ ޖެހިގެން ދުވާލަކު 300 މީހުން ފަރުވާ ހޯދާ
މުހިއްމު ބޭނުމެއްގައި ނޫނީ ހޮސްޕިޓަލަށް ނުދާން އެދެފި
އެހެން ބަލިތަކުގެ މީހުންނަށް ވެސް ވެކްސިން ޖަހަނީ
ހަތަރު ދުވަސް ތެރޭގައި 1000 މީހުން ފަރުވާ ހޯދައިފި
މިއީ ނޯރޯވައިރަސް އިން ޖެހޭ ރޯގާއެއް: އެޗްޕީއޭ
ރޯގާ ކޮންޓްރޯލްނުވެ މިދިޔަ މަހު ވެސް 30،000 ކޭސް
ފުރާ މީހުންނަށް ފަސޭހައިން ޓެސްޓްކުރެވޭ ގޮތް ހަދައިފި
ޕޮޒިޓިވް ފެސިލިޓީއަށް ބަލި ނޫން ދެ ކުއްޖަކު ގެންގޮސްފި
ޕޮޒިޓިވް ކޭސްތައް މައްޗަށް: ނުރައްކަލުގެ އިންޒާރެއް
ހެޕަޓައިޓިސް ބައްޔާ ގުޅޭ ގައުމީ އެކްޝަން ޕްލޭން ނެރެފި