މިހާރު ހަދަމުން އަންނަ މާލެ-ހުޅުލެ ބްރިޖުން، މާލެ އާއި ހުޅުލެއާ ދެމެދު ފެން ހޮޅިލައިނަކާއި ފައިބާ އޮޕްޓިކް ކޭބަލެއް އަޅަން ޗައިނާ ހާބާ އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެޗްއީސީ)އާ އެމްޑަބްލިއުއެސްސީން މިއަދު ހަވާލުކޮށްފި އެވެ.
24 މެއި 2018
މިހާރު ހަދަމުން އަންނަ މާލެ-ހުޅުލެ ބްރިޖުން، މާލެ އާއި ހުޅުލެއާ ދެމެދު ފެން ހޮޅިލައިނަކާއި ފައިބާ އޮޕްޓިކް ކޭބަލެއް އަޅަން ޗައިނާ ހާބާ އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެޗްއީސީ)އާ އެމްޑަބްލިއުއެސްސީން މިއަދު ހަވާލުކޮށްފި އެވެ.
އެ ދެ ކުންފުނީގެ ދެމެދުގައި ކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު، އެމްޑަބްލިއުއެސްސީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، އެ މަޝްރޫއުގެ ދަށުން ފެން ހޮޅިލައިނާއި ފައިބާ އޮޕްޓިކް ކޭބަލްގެ މަސައްކަތް އަންނަ ސެޕްޓެމްބަރު މަހު ގާއިމްކޮށް ނިމޭނެ ކަމަށެވެ.
އެމްޑަބްލިއުއެސްސީން، ސީއެޗްއީސީއާ އެ މަސައްކަތް ހަވާލުކުރީ 1.6 މިލިއަން ޑޮލަރު (24.6 މިލިއަން ރުފިޔާ) އަށެވެ.
ބްރިޖުގެ މަސައްކަތް ކުރާ ސީއެޗްއީސީއާ ހަވާލުކުރި މަޝްރޫއުގެ ދަށުން ފެންހޮޅި އެޅުމުގެ މަގުސަދަކީ، ފެން އުފައްދައި ރައްކާކުރުމުގެ މައި ހަބަކަށް، ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ގާއިމް ކުރާ ސެންޓަރު ބަދަލުކޮށް، މާލެ އާއި ހުޅުމާލެ އަށް ބޭނުން ކޮންމެ ވަގުތަކު ބްރިޖް މެދުވެރިކޮށް ފެން ޕަންޕް ކުރެވޭނެ ނިޒާމެއް ގާއިމް ކުރުން ކަމަށް އެމްޑަބްލިއުއެސްސީން ބުނެ އެވެ. އަދި މިއީ އެމްޑަބްލިއުއެސްސީން އެކުލަވާލާފައިވާ "ވޯޓާ ސެކިއުރިޓީ ޕްލޭން" ގައި މާލޭގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ފެނުގެ ޚިދުމަތް ދިނުމަށް ހިންގާ މަޝްރޫއެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
އެ އެއްބަސްވުމުގައި އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދެވެ. އަދި ސީއެޗްއިސީގެ ފަރާތުން ސޮއިކުރެއްވީ އެގްޒެކްޓިވް ޖެނެރަލް މެނޭޖަރު ޒެންގް ނަން ހައި އެވެ.
މި އަހަރުގެ ޖުލައި 26 ގައި ހުޅުވަން އަމާޒު ހިފާފައިވާ ބްރިޖުގެ މަސައްކަތް ކުރަނީ ޗައިނާގެ ސީއެޗްއީސީގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ޗައިނާ ކޮމިއުނިކޭޝަން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ) ންނެވެ.
ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ ނަމުގައި މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖުގައި މިހާރު ކުރިއަށް ގެންދަނީ ސުޕަސްޓްރަކްޗާ އިން ތަނބުތައް ގުޅުވާލުމުގެ މަސައްކަތެވެ. މާލޭކޮޅުގެ މަސައްކަތް ނިންމުމަށް ފަހު މިހާރު ވަނީ ހުޅުމާލޭކޮޅުގެ މަސައްކަތް ފަށައިފަ އެވެ. މި މަސައްކަތް ނިމުމުން ދެން އޮންނާނީ، ބްރިޖުގެ ލޭންތަކާއި އެ ނޫން ވެސް ކަންކަން ފުރިހަމަ ކުރުމުގެ މަސައްކަތެވެ.
މި ބްރިޖް މަސައްކަތަށް 200 މިލިއަން ޑޮލަރު ޚަރަދުވާ އިރު އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީ އެވެ. މި މަޝްރޫއަށް ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ހޭދަކުރެ އެވެ.
ސިނަމާލެ ބްރިޖުގެ ފެން ހޮޅި ބޭނުންކުރަން ފަށަނީ
ހުޅުމާލޭގައި 10،000 ޓަނުގެ ފެންރައްކާކުރެވޭ ތާނގީ
ފެނުގެ ނެޓްވޯކް ގުޅާލާ ސްޓޭޝަންގެ މަސަައްކަތް ފަށައިފި
ހުޅުމާލޭގެ ބައެއް ހިސާބުތަކުން މިރޭ ފެން ކެނޑޭނެ
ހިޔާ ފްލެޓްތަކުން ކަރަންޓާއި ފެން ކެނޑިއްޖެ
ހުޅުމާލެއިން މާދަމާ ރޭ ހަތަރު ގަޑިއިރަށް ފެން ކަނޑަނީ
އިސްކުރު ފެން ބުއިމަށް ރައީސް ބާރު އަޅުއްވައިފި
ފެނުގެ ނިޒާމު ގުޅާލަން ހޮޅި ވަޅުލަން ފަށައިފި
މާލޭގެ ތިން ސަރަަހައްދަކުން ފެން ކެނޑިއްޖެ
ބްރިޖާ ހަމައަށް ފެން ހޮޅި ވަޅުލައިދޭނެ ބަޔަކު ހޯދަނީ