Roadha Mihaaru
ބްރިޖާ ހަމައަށް ފެން ހޮޅި ވަޅުލައިދޭނެ ބަޔަކު ހޯދަނީ

ބްރިޖާ ހަމައަށް ފެން ހޮޅި ވަޅުލައިދޭނެ ބަޔަކު ހޯދަނީ

23 ޖެނުއަރީ 2018

ހުޅުލެ-މާލެ ބްރިޖް ނިމޭ ހިސާބުގައި، މާލެ-ހުޅުމާލޭގެ ޑިސްޓްރިބިޝަން ޕޮއިންޓުތަކަށް ފެން ހޮޅި ވަޅުލުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އެމްޑަބްލިއުއެސްސީން މިއަދު އިއުލާން ކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހުޅުލެ-މާލެ ބްރިޖް ނިމޭ ހިސާބުގައި، މާލެ-ހުޅުމާލޭގެ ޑިސްޓްރިބިޝަން ޕޮއިންޓުތަކަށް ފެން ހޮޅި ވަޅުލުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އެމްޑަބްލިއުއެސްސީން މިއަދު އިއުލާން ކޮށްފި އެވެ.

އެ ކުންފުނިން ކުރި އިއުލާނުގައި ބުނީ އެ މަސައްކަތަށް އަންނަ މަހުގެ ހަތް ވަނަ ދުވަހާ ހަމައަށް ބިޑްް ހުށަހަޅަން ފުރުސަތު ދީފައިވާ ކަމަށެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި 10،000ރ. ހުށަހަޅަން ޖެހެ އެވެ.

ބީލަން ފޮތްތަކަށް ފައިސާ ބަލައިގަތުމުގެ ފުރުސަތު ދީފައި މިއަދުން ފެށިގެން އަންނަ ހޯމަ ދުވަހާ ހަމައަށެވެ. އަދި ބީލަން ފޮތް ދޫކުރާނީ އަންނަ އަންގާރަ ދުވަހު ކަމަށް އިއުލާނުގައިވެ އެވެ.

ފެން ހޮޅި މަޝްރޫއުގެ ޕްރީބިޑް މީޓިން އަންނަ މަހުގެ ފުރަތަމަ ދުވަހު އޮންނާނެ ކަމަށް ވެސް އެމްޑަބްލިއުއެސްސީން ބުންޏެވެ.

ބްރިޖުގެ މަސައްކަަތަށް 200 މިލިއަން ޑޮލަރު ހަރަދު ވާއިރު އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީ އެވެ. މި މަޝްރޫއަށް ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ހޭދަ ކުރެ އެވެ.