Roadha Mihaaru
ކެޔޮ ވަކުގައި ލައް ނުޖަހާ ގޮތް ހަދަނީ

ކެޔޮ ވަކުގައި ލައް ނުޖަހާ ގޮތް ހަދަނީ

27 މެއި 2018

އެއްޗެހި ކާ ހިތް ވަނީ ބަލައިލަން ވެސް ރީތިކޮށް ހުރީމަ އެވެ. ދޮންކޭލުގެ ބޭރުގައި ގަދަ މުށި ކުލައިގެ ލައްތަކެއް ހުންނާތީ އެ ކާން އެހާ ގަޔާ ނުވާ މީހުން ވެސް އުޅެ އެވެ. އެހެންވެ މިހާރު މި ވަނީ "ރީތި" ދޮންކެޔޮ އުފައްދަން ކުރަން ޖެހޭ މަސައްކަތުގެ ފުރަތަމަ މަރުހަލާ ފަށައިފަ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެއްޗެހި ކާ ހިތް ވަނީ ބަލައިލަން ވެސް ރީތިކޮށް ހުރީމަ އެވެ. ދޮންކޭލުގެ ބޭރުގައި ގަދަ މުށި ކުލައިގެ ލައްތަކެއް ހުންނާތީ އެ ކާން އެހާ ގަޔާ ނުވާ މީހުން ވެސް އުޅެ އެވެ. އެހެންވެ މިހާރު މި ވަނީ "ރީތި" ދޮންކެޔޮ އުފައްދަން ކުރަން ޖެހޭ މަސައްކަތުގެ ފުރަތަމަ މަރުހަލާ ފަށައިފަ އެވެ.

އޮސްޓްރޭލިއާގެ ޖޭމްސް ކުކް ޔުނިވަސިޓީން ބުނި ގޮތުގައި އެތަނުން އަންނަނީ ދޮންކެޔޮ ރީތިކޮށް ހުންނާނެ އުކުޅެއް ހޯދަން ދިރާސާއެއް ކުރަމުންނެވެ. މިކަން ކުރަނީ ވެލީގައި ހުންނަ ބިއުވޭރިއާ ބެޒޭނިއާ ކިޔާ ފަންގަހެއް ބޭނުންކޮށްގެނެވެ.

އެ ފަންގަސް ބޭނުންކޮށްގެން ކެޔޮ ހައްދާ ނަމަ ތަފާތު ސޫފިތަކުގެ ހަމަލާތަކުން ކެޔޮގަނޑު ސަލާމަތްވެ، ކެޔޮ ވަކުގެ ބޭރު ހަޑިވުމުން ސަލާމަތްކޮށް ދޭނެ ކަމަށް ބެލެވޭ ކަމަށް ދިރާސާ ޓީމުން ބުންޏެވެ.

"ކެޔޮ ވަކުގެ ތޮށީގައި އެ ހުންނަ ލައްތަކަކީ އެއްގޮތަކަށް ވެސް އޭގެ ކޮލިޓީ އަށް އެއްވެސް ބަދަލެއް އަންނާނެ ކަމެއް ނޫން،" ޑރ. ޓޯބިން ނޯތުފީލްޑް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކެޔޮވަކުގެ ބޭރު ހަޑިކޮށް ހުރުމުން ދިމާވާ އެންމެ ބޮޑު މައްސަލައަކީ ވިއްކަން އުނދަގޫވުމެވެ.

ރާއްޖޭގެ ބާޒާރެއްގައި ވިއްކަން ހުރި ދޮންކެޔޮތަކެއް.

ރާއްޖޭގެ ބާޒާރެއްގައި ވިއްކަން ހުރި ދޮންކެޔޮތަކެއް.

އެހެންވެ ޖޭމްސް ކުކް ޔުނިވަސީޓިގެ އަމާޒަކީ ދޮންކެޔޮ ހަޑި ނުވާ ގޮތަށް އުފައްދައިގެން އިގުތިސޯދު ކުރެވޭނެ ގޮތެއް ކެޔޮ ހައްދާ މީހުންނަށް ފަހިކޮށް ދިނުމެވެ. އެގޮތުން މިހާރު މިކަން ކުރެވިދާނެ ގޮތްތަކެއް އަންނަނީ ޓެސްޓް ކުރަމުންނެވެ.

ޑރ. ޓޯބިން ވިދާޅުވީ އެ މީހުންގެ މަގުސަދަކީ ކެޔޮ ވައް ހަޑިކޮށްލާ ޕެސްޓްތަކާ ދެކޮޅަށް މަސައްކަތް ކުރާނެ ގުދުރަތީ ވަސީލަތެއް ހޯދުމެވެ. ފައިދާއަކީ ކެމިކަލް އާ ނުލައި މިކަން ކުރާ ނަމަ ތިމާވެއްޓަށް އޭގެ ފައިދާ ކުރުމެވެ.

ޓޯބިންގެ ޓީމުން ހަދާ ދިރާސާގެ ފުރިހަމަ ނަތީޖާއަކާ ހަމައަށް އާދެވޭނީ އަންނަ އަހަރު ކަމަށް ލަފާކޮށްފައިވެ އެވެ.