Roadha Mihaaru
ދޮންކެޔޮ ތޮށިން ސްމޫތީއެއް ހެދިދާނެ

ދޮންކެޔޮ ތޮށިން ސްމޫތީއެއް ހެދިދާނެ

05 އެޕްރީލް 2022

ދޮންކެޔޮ ތޮއްޓަކީ ހަށިގަނޑަށް ވަރަށް ފައިދާ ހުރި އަދި އެއިން ތަފާތު ވައްތަރުގެ ކާނާ ތައްޔާރު ކޮށްލެވޭނެ އެއްޗެކެވެ.

ހަފީޒާ އަހުމަދު ހަފީޒާ އަހުމަދު

ދޮންކެޔޮ ތޮއްޓަކީ ހަށިގަނޑަށް ވަރަށް ފައިދާ ހުރި އަދި އެއިން ތަފާތު ވައްތަރުގެ ކާނާ ތައްޔާރު ކޮށްލެވޭނެ އެއްޗެކެވެ.

ދޮންކޭލަކީ ފޮނި، ކާލަން މީރު އެއްޗެއް ނަމަވެސް އޭގެ ތޮއްޓަކީ ހިތި އަދި ހަފަން އުނދަގޫ އެއްޗެކެވެ. އެކަމަކު މިއިން ވެސް އަނގަޔަށް މީހުން އެއްޗެއް ހެދިދާނެ އެވެ. ތިރީގައި އެ އޮތީ ލިސްޓެކެވެ؛

- ދޮންކެޔޮ ތޮށި ބްލެންޑުކޮށްގެން ސްމޫތީސް ހެދުން

- ދޮންކެޔޮ ތޮށި ފިހެ، ކެރަމަލް ކޮށްފައި އައިސް ކްރީމް ޓޮޕިންއެއްގެ ގޮތުގައި ބޭނުންކުރުން

- ދޮންކެޔޮ ތޮށި ތެރެއަށް ފޮނިތޮއްޓާއި ހަކުރު އަޅައިގެން ފިހެލުން

- ދޮންކެޔޮ ތޮށި ފެނުކައްކައިގެން ކެއުން

- ދޮންކެޔޮ ވިނެގާ ހެދުމަށް ބޭނުން ކުރުން

މިއި ހަށިގަނޑަށް ފައިދާތަކެއް ވެސް ހުރި އެއްޗެކެވެ.

ދެން ދޮންކެޔޮ ތޮށިން އަހަރެމެންގެ ހަށިގަނޑަށް ލިބޭ ބައެއް ފައިދާތަކަށް ބަލާއިރު ދޮންކޭލުން ލިބޭ ޓްރިޕްޓޮފަން އާއި ދޮންކެޔޮ ތޮށީގައި ހުންނަ ވިޓަމިން ބީ6 އެކުވުމުން، ޑިޕްރެޝަންގެ އަލާމާތް ހުންނަ މީހުންނަށް ހަމަޖެހުން ލިބެ އެވެ.

ދަގަނޑުގެ ބައި ގިނަ މި މޭވާ އަކީ ހަޖަމުކުރުމުގެ ނިޒާމަށް އެހީތެރިވެދޭ ވެސް އެއްޗެކެވެ. ބޭރަށްހިންގުމާއި ބަނޑު ހަރުވުމުން ސަލާމަތްވުމަށް ވެސް ވަރަށް ބޮޑު ލުޔެއް ލިބެ އެވެ.

ލޮލުގެ ފެނުމަށް އެންމެ ބޭނުން ވަނީ ވިޓަމިން އޭ އެވެ. ދޮންކެޔޮ ތޮށިން މި މާއްދާ ލިބެ އެވެ.