Roadha Mihaaru
ވިއްސާރައިގައި ހާލުގައި ޖެހުނު މީހުންނަށް 69 މިލިއަން ރުޕީސް

ލަންކާ އަށް ކުރި ވިއްސާރައިގައި ހާލުގައި ޖެހުނު މީހުންނަށް 69 މިލިއަން ރުޕީސް

27 މެއި 2018

ކޮލަމްބޯ (މެއި 27) - ސްރީ ލަންކާ އަށް ކުރި ގަދަ ވިއްސާރައިގައި ހާލުގައި ޖެހުނު އާއިލާތަކަށް އެހީވުމުގެ ގޮތުން 69 މިލިއަން ރުޕީސް (ގާތްގަނޑަކަށް 435،000 ޑޮލަރު) ދިނުމަށް ސަރުކާރުން ނިންމައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (މެއި 27) - ސްރީ ލަންކާ އަށް ކުރި ގަދަ ވިއްސާރައިގައި ހާލުގައި ޖެހުނު އާއިލާތަކަށް އެހީވުމުގެ ގޮތުން 69 މިލިއަން ރުޕީސް (ގާތްގަނޑަކަށް 435،000 ޑޮލަރު) ދިނުމަށް ސަރުކާރުން ނިންމައިފި އެވެ.

ޑިޒާސްޓާ މެނޭޖްމަންޓް މިނިސްޓްރީން ބުނީ ހާލުގައި ޖެހުނު ކޮންމެ އާއިލާއަކަށް އެޑްވާންސް ފައިސާގެ ގޮތުގައި 10،000 ރުޕީސް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި އޭގެ ފަހުން ލިބުނު ގެއްލުމަށް ބަލައި ސަރުކާރުން ބަދަލުގެ ގޮތުގައި ވެސް ފައިސާ ދިނުމަށް ވަނީ ނިންމައިފަ އެވެ.

ލަންކާ އަށް ކުރި ވިއްސާރައިގައި މިހާތަނަށް ވަނީ 20 މީހުން މަރުވެ ދެ މީހުން ގެއްލިފަ އެވެ. ޑިޒާސްޓް ސެންޓަރުން ބުނީ ފެންބޮޑުވުމުގައި 40،000 އާއިލާ އިން 153،700 އަށް ވުރެ ގިނަ މީހުންން ވަނީ އަސަރުކޮށްފައި ކަމަށެވެ.

ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ލަންކާ ސިފައިންގެ 6،000 މީހުން ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި 200 އަށް ވުރެ ގިނަ ފްލަޑް ރެސްކިއު ބޯޓު ދަނީ ބޭނުން ކުރަމުންނެވެ.

ފެންބޮޑުވި ހުޅަނގު އުތުރުގެ ބައެއް ސަރަހައްދުތައް ބައްލަވާލެއްވުމަށް ރައީސް މައިތުރިޕާލާ ސިރިސޭނާ އިއްޔެ ވަނީ ވަޑައިގެންފަ އެވެ.