Roadha Mihaaru
ދަ ކިޗަންގެ ރޯދަ ވީއްލުން، ތަފާތު މީރު ރަހަތައް!

ދަ ކިޗަންގެ ރޯދަ ވީއްލުން، ތަފާތު ރަހަތަކާއި އެކު ވަރަށް މީރު!

28 މެއި 2018

މާލޭގެ މަޝްހޫރު ދަ ކިޗަން އަކީ ހުރިހާ ގޮތަކުން ވެސް ތަފާތު، ހިތްގައިމު ރެސްޓޯރަންޓެކެވެ. ރޯދަ މަހު މިތަނަށް އިތުރު ފުރިހަމަކަމެއް ގެނެސްދެނީ ރޯދަ ވީއްލުމަށް ޚާއްސަ، ފުރިހަމަ ޕެކޭޖުތަކުންނެވެ.

އަލީ ޝިނާން އަލީ ޝިނާން

މާލޭގެ މަޝްހޫރު ދަ ކިޗަން އަކީ ހުރިހާ ގޮތަކުން ވެސް ތަފާތު، ހިތްގައިމު ރެސްޓޯރަންޓެކެވެ. ރޯދަ މަހު މިތަނަށް އިތުރު ފުރިހަމަކަމެއް ގެނެސްދެނީ ރޯދަ ވީއްލުމަށް ޚާއްސަ، ފުރިހަމަ ޕެކޭޖުތަކުންނެވެ.

ޖަނަވަރީ މަގުން ގޮސް ހިތިގަސްމަގަށް އަޅާއިރު ކުރިމައްޗަށްވާ ގޮތަށް، ދެ ބުރިއަށް ހަދާފައި ހުރި ބޮޑު ރެސްޓޯރެންޓްގެ ރޯދަ މެނޫގައި ހުންނަ ތަކެތި ގެއަށް ގެންދަން ބޭނުންވާ ފަރާތްތަކަށް ޓޭކް އަވޭ ހެދޭނެ އެވެ. އަދި 30 މީހުންނަށް އިތުރު ނަމަ އެބަޔަކު ބޭނުންވާ ކިޗަންގެ "އިފްތާ" މެނޫއެއްގައި ހުންނަ ތަކެތި ތައްޔާރުކޮށް، ކޭޓަރިން ޚިދުމަތް ވެސް ދޭނެ އެވެ.

ބުފޭ ސްޓައިލަށް ބާއްވާ ރޯދަ ވީއްލުމުގެ ރަހަތައް ވެސް ހުންނަނީ ދިވެހި ރަހަތަކުގެ އިތުރުން، މަޝްހޫރު ބޭރު ރަހަތަކާއި އެކުގަ އެވެ.

ކިޗަންގެ ބުފޭ: ދިވެހި ރަހަތަކުގެ އިތުރުން ބޭރުގެ މަޝްހޫރު ކެއުންތަައް ވެސް އެތަނުން ލިބޭ.

ކިޗަންގެ ބުފޭ: ދިވެހި ރަހަތަކުގެ އިތުރުން ބޭރުގެ މަޝްހޫރު ކެއުންތަައް ވެސް އެތަނުން ލިބޭ.

ކިޗަންގެ މީރު ހަރަތައް ތަޖުރިބާ ކޮށްލައި، އެ ތަނުގައި ރޯދަ ވީއްލަން ބޭނުންވާ މީހުންނަށް ރޯދަ ހަދިޔާއެއްގެ ގޮތުން 15 ޕަސެންޓް ޑިސްކައުންޓް ދޭނެ އެވެ. އަދި 10 އަހަރުން ދަށުގެ ކުޑަ ކުއްޖެއް ނަމަ، 50 ޕަސެންޓް ޑިސްކައުންޓް ލިބޭނެ އެވެ.

ކިޗަންގެ މީރު ރަހަތަކާއި، އެ ތަނުގެ ހިތްގައިމުކަމުގެ އިހުސާސްތަކާ އެކު ރޯދަ ވީއްލަން ބޭނުންވާ މީހުން އަވަހަށް އެ ތަނަށް ގުޅައިގެން ރިޒަވޭޝަން ހައްދާށެވެ.