ސަރުކާރާ ދެކޮޅަށް އިދިކޮޅު ޕާޓީތަކުން ކުރި މުޒާހަރާއެއްގައި ޖުމްހޫރީ މައިދާނަށް ވެންނެވި މައްސަލައިގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ މައްޗަށް ދައުވާ ނުކުރަން ނިންމައި މައްސަލަ ފައިލްކޮށްފި އެވެ.
31 މެއި 2018
ސަރުކާރާ ދެކޮޅަށް އިދިކޮޅު ޕާޓީތަކުން ކުރި މުޒާހަރާއެއްގައި ޖުމްހޫރީ މައިދާނަށް ވެންނެވި މައްސަލައިގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ މައްޗަށް ދައުވާ ނުކުރަން ނިންމައި މައްސަލަ ފައިލްކޮށްފި އެވެ.
މާޗް، 16، 2018 ގައި އިބޫ ހައްޔަރުކޮށް ފުލުހުންގެ ބަންދުގައި ބަހައްޓައިގެން މައްސަލަ ތަހުގީގުކުރީ، ސިޔާސީ އިިދިކޮޅު ލީޑަރުންތަކެއް ހިމެނޭ ގޮތަށް ނުވަ ގައިދީއަކު މިނިވަންކުރަން ސުޕްރީމް ކޯޓުން ފެބުރުއަރީ 1 ގައި ނެރުނު އަމުރާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި ވަނިކޮށް، ކުރި މުޒާހަރާއެއްގައި ޖުމްހޫރީ މައިދާނަށް ވެންނެވުމާ ގުޅިގެންނެވެ. އެ މައްސަލައިގައި ދެ ފަހަރެއްގެ މަތިން ބަންދުގެ މުއްދަތު އިތުރުކޮށް 12 ދުވަސް ވަންދެން އިބޫ ޖަލަށް ލި އެވެ.
ޖުމްހޫރީ މައިދާން، ގްރީ ޒޯންގެ ގޮތުގައި ކަނޑައަޅާފައިވާއިރު އެއީ އެއްވެ އުޅުން މަނާ ސަރަހައްދެކެވެ.
މި މައްސަލައިގެ ތަހުގީގަށް ފަހު އިބޫގެ މައްޗަށް ދައުވާ ކުރަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވި އެވެ. އެކަމަކު ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން ވަނީ ދައުވާ ނުކުރަން ނިންމައިފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް މިއަދު ވިދާޅުވީ އިބޫގެ މައްސަލަ ފައިލްކުރީ، ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން ދައުވާ ނުކުރަން ނިންމުމުން ކަމަށެވެ.
ރައީސް އަަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ކުރަމުން އަންނަ މަސައްކަތުގެ އިސް އެއް ލީޑަރަކީ އިބޫ އެވެ. އެކަމަކު އިދިކޮޅު މުޒާހަރާ އިން ހައްޔަރުކޮށް، ޖަލަށް ލީ ފަހުން ސިޔާސީ ހަރަކާތްތަކުން އިބޫ ފެންނަލެއް މަދެވެ.
އިބޫގެ މައްޗަށް ދައުވާކުރާ އިތުރު މައްސަލައެއް މިހާރު ވެސް ކްރިމިނަލް ކޯޓުގައި އެބައޮތެވެ. އެއީ މިދިޔަ އަހަރުގެ ޖުލައި މަހު ރައްޔިތުންގެ މަޖިލީހަށް އިދިކޮޅު މެމްބަރުން ގަދަކަމުން ވަން މައްސަލާގައި އޭނާގެ އިތުރުން މަޖިލީހުގެ 11 މެމްބަރަކަށް ދައުވާ ކުރާ މައްސަލަ އެވެ. އެ މައްސަލަ ކްރިމިނަލް ކޯޓުގައި މިހާރު އަންނަނީ ހިނގަމުންނެވެ.
އިބޫ 12 ދުވަސް ފަހުން ދޫކޮށްލައިފި
ވަހީދު ޕޮލިހަށް ހާޒިރުކުރުމުން ފާޑުވިދާޅުވީ ރައީސަށް
ވެރިކަން ނުހިފެހެއްޓޭނެ، ފެބްރުއަރީގައި ނިމޭނެ: ތޯރިގް
ސަރުކާރު އައީ ހަސަދަ ފިލުވައި، ބަދަލުހިފަން: ޕީޕީއެމް
ޕީޕީއެމުން އިދިކޮޅަށް: ކާމިޔާބީ އޮތީ ވަރަށް ކައިރީގައި
ދެން އޮތީ ގައުމު އެކުވެރިކޮށް، ބިނާކުރުން: އަލީވަހީދު
ސިޔާސީ ނުފޫޒަށް ލެނބޭ މީހަކަށް މަގާމުގައި ނުހުރެވޭނެ
ސިފައިންނާއި ފުލުހުންގެ ފްލެޓަށް އެއް އަހަރުން ވަދެވޭނެ
މުޒާހަރާ އިން ހައްޔަރު ކުރި އަމީތު ދޫކޮށްލައިފި
އިބޫގެ ދަތުރަށް ހިމާޔަތް ދޭން މާރިޔާ ގޮވާލައްވައިފި