02 ޖޫން 2018
ރާއްޖޭގެ ޖަލުތަކުގައި ކުއްލި މަރުތައް އާއްމުވެފައިވާ ސަބަބު ދެނެގަތުމަށް، މަރުވެފައިވާ މީހުންނާ ގުޅޭ ދިރާސާ ރިޕޯޓެއް ތައްޔާރު ކުރުމުގެ މަސައްކަތް އެމްޑީޕީން ފަށައިފި އެވެ.
ރާއްޖޭގެ ޖަލުތަކުގައި ކުއްލި މަރުތައް އާއްމުވެފައިވާ ސަބަބު ދެނެގަތުމަށް، މަރުވެފައިވާ މީހުންނާ ގުޅޭ ދިރާސާ ރިޕޯޓެއް ތައްޔާރު ކުރުމުގެ މަސައްކަތް އެމްޑީޕީން ފަށައިފި އެވެ.
ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދިޔަ 30 އަހަރުގެ ގައިދީއަކު ރޭ މަރުވެފައިވާ އިރު، ފަހަކަށް އައިސް ޖަލުތަކުގައި މަރުވާ ގައިދީންގެ އަދަދު ގިނަވާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަދި އެ ޕާޓީގެ ހައްގު ކޮމެޓީގެ މެމްބަރު ޝަމާއު ޝަރީފް ވިދާޅުވީ ވޭތުވެ ދިޔަ ދެތިން އަހަރުގެ ތެރޭގައި ޖަލުތަކުގައި، ގޮތް ނޭނގޭ އަދި ކުއްލި މަރުތައް އާއްމު ވެފައިވާ ކަމަށެވެ. އަދި ގިނަ ފަހަރަށް ގައިދީން މަރުވެފައި ވަނީ އެކަށީގެންވާ ބޭސްފަރުވާ ނުލިބިގެން ކަމުގެ ތުހުމަތު އޭނާ ކުރެއްވި އެވެ.
ޝަމާއު ވިދާޅުވީ މި ފަދަ މަރުތަކުގެ ސަބަބު ދެނެގަތުމަށް، އެ ކޮމެޓީގެ ފަރާތުން ދިރާސާ ރިޕޯޓެއް ތައްޔާރު ކުރަން ފަށާފައިވާ ކަމަށެވެ. އެހެންވެ، އެ ފަދަ ކަމެއް ހިނގައިފިނަމަ ގައިދީންގެ އާއިލާތަކުން، އެކަން އެ ކޮމެޓީއަށް އެންގުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.
އެމްޑީޕީން ބުނިގޮތުގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ މެނިފެސްޓޯ އެކުލަވާލުވުމުގައި އެ ދިރާސާ ރިޕޯޓް ބޭނުންކުރާނެ އެވެ. އަދި އެ މައްސަލަ ހައްލު ކުރުމަށް، ރިޕޯޓުގެ ޒަރީއާއިން ކަމާ ގުޅޭ ފަރާތްތަކަށް ލަފާ ދޭނެ ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.
ޝަމާއު ވިދާޅުވީ ގައިދީންގެ ތެރޭގައި ލޭގެ ޕްރެޝަރަށާއި ހިތުގެ ބަލިތަކަށް ބޭސް ކުރާ މީހުން ގިނަ ކަމަށާއި އެ މީހުންނަށް ބޭސް ފަރުވާ ކުރުމުގައި ގިނަ ފަހަރަށް ފަރުވާ ކުޑަކުރާ ކަމަށެވެ.
"އަޅުގަނޑު މި ދަންނަވާ ވާހަކަ އަކީ، ބަންދުގައި ތިބޭ ބަޔަކަށް، ބައެއްގެ އެހީތެރިކަން ބޭނުންވާނޭ އެކަމުގައި ފަރުވާ ކުޑަ ނުކުރާށޭ. އެއީ އެއްގޮތަކަށް ވެސް އެ މީހުން އެޓެންޝަން ހޯދަން ދައްކާ ވާހަކަތަކެއް ނޫން،" ޝަމާއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވޭތުވެދިޔަ މަދު އަހަރުތަކެއްގެ ތެރޭގައި ދޫނިދޫ ޖަލާއި މާލޭ ޖަލާއި އައްސޭރި ޖަލުގައި ވެސް، ތަހުގީގު ކުރަން ޖެހޭ ގިނަ މަރުތަކެއް ފެންމަތިވެފައިވާ ކަމަށެވެ. ކުއްލި ގޮތަކަށް މަރުވި މީހުންގެ ތެރޭގައި ވަރަށް ޒުވާނުން ވެސް ހިމެނޭ ކަމަށާއި އެހެންވެ، އަމިއްލައަށް އިސްނަގައިގެން ވިޔަސް މި ފަދަ މަރުތައް ތަހުގީގު ކުރުމަށް، ކަމާ ބެހޭ އިދާރާތަކަށް ޝަމާއު ގޮވާލެއްވި އެވެ.
"ޖަލުން ކުރާ ސްކޭމް ކޯލްތަކުގެ އަދަދު މަދުކުރެވިއްޖެ"
ދަން ޖެހުނު މީހާގެ ޕޯސްޓްމޯޓަމް ހަދަނީ
ކުޑަކުއްޖަކާ "ބެހުނު" މީހަކު ދަންޖެހިގެން މަރުވެއްޖެ
އަތުހަރުގެ ގޮޅީގެ ވީޑިއޯއިން ގިނަ ސުވާލުތަކެއް!
ޖަމީލުގެ މަރުގެ މައްސަލަ އެބަ ބަލަން:އެޗްއާރުސީއެމް
ޖަލުގައި މަރުވާ ހުރިހާ ގައިދީންގެ ޕޯސްޓްމޯޓަމް ހަދަނީ
ޖަމީލަށް މީހަކު އަނިޔާކުރި ކަމަށް ނުބެލެވޭ: ޕޮލިސް
ޖަމީލުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ނުހަދައި ވަޅުލައިފި
ޖަމީލް ނިޔާވީ ސަޖިދާގައި އޮއްވައި، ޕޯސްޓްމޯޓަމް ހަދަނީ
މިސްކިތުގައި އަޑުގަދަ ކުރި މީހާ ޖަލުގައި ނިޔާވެއްޖެ