Roadha Mihaaru
އުރީދޫ މަސްރޭހުގެ ފައިނަލަށް އެންޒީ އާއި އެޗްޑީސީ

އުރީދޫ މަސްރޭހުގެ ފައިނަލަށް އެންޒީ އާއި އެޗްޑީސީ

07 ޖޫން 2018

އުރީދޫ މަސްރޭހުގެ ސެމީފައިނަލްގެ ތިން ވަނަ ބުރު ނިމި، ފައިނަލް ގެ ހަ ޖާގަ ތެރެއިން ފަހު ދެ ޖާގަ، ޓީމް އެންޒީ އަދި ޓީމް އެޗްޑީސީން ކަށަވަރު ކޮށްފި އެވެ.

އުރީދޫ މަސްރޭހުގެ ސެމީފައިނަލްގެ ތިން ވަނަ ބުރު ނިމި، ފައިނަލް ގެ ހަ ޖާގަ ތެރެއިން ފަހު ދެ ޖާގަ، ޓީމް އެންޒީ އަދި ޓީމް އެޗްޑީސީން ކަށަވަރު ކޮށްފި އެވެ.

ރޭ ބްރިޖް ވިއުއިން ޕްލެޓްފޯމް ގައި ވަރަށް ފޯރިއާއެކު ކުރިޔަށް ގެންދިޔަ މަސްރޭހުގައި ވަނީ ހަތަރު ޓީމެއް ވާދަ ކޮށްފަ އެވެ. އެންޒީ އާއި އެޗްޑީސީން ފައިނަލުގެ ފަހު ދެ ޖާގަ ކަށަވަރުކުރީ، ކޯސްޓްލައިން އާއި ކޮންރެޑް ރިސޯޓުގެ ޓީމުތަކާ ވާދަކޮށްގެންނެވެ.

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މަސްރޭހުގެ ފައިނަލުގައި ވާދަކުރާ ހުރިހާ ޓީމެއް މިހާރު ވަނީ ކަށަވަރު ވެފަ އެވެ.

އެގޮތުން ފައިނަލްގައި އެންޒީ އާއި އެޗްޑީސީން ވާދަކުރާނީ، ފުރަތަމަ ސެމީފައިނަލް ކާމިޔާބުކުރި މަލަހިނި ރިސޯޓާއި، ސްޓެލްކޯ އަދި ދެ ވަނަ ސެމީ ފައިނަލުން އެންމެ ކުރި ހޯދި މިލައިދޫ އާއި ތާޖް އެގްޒޯޓިކާއާ އެވެ.