Roadha Mihaaru
އެސްޓީއޯގެ ފިއުލް ޝެޑެއް ތިނަދޫގައި ހުޅުވައިފި

އެސްޓީއޯގެ ފިއުލް ޝެޑެއް ތިނަދޫގައި ހުޅުވައިފި

08 ޖޫން 2018

އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި، ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) އިން ޕެޓްރޯލާއި ޑީސަލް ވިއްކާ ތަނެއް ގދ. ތިނަދޫގައި ހުޅުވައި، ޚިދުމަތް ދޭން މިއަދު ފަށައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި، ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) އިން ޕެޓްރޯލާއި ޑީސަލް ވިއްކާ ތަނެއް ގދ. ތިނަދޫގައި ހުޅުވައި، ޚިދުމަތް ދޭން މިއަދު ފަށައިފި އެވެ.

އެސްޓީއޯ އިން ބުނީ ތިނަދޫގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި "އީޒީ ފިލް" ޝެޑް ހުޅުވައި ދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ކަމަށެވެ. ތިނަދޫގައި ހުޅުވި ޝެޑުގައި 274،500 ލީޓަރުގެ ޑީސަލާއި 17،500 ލީޓަރުގެ ޕެޓްރޯލް ރައްކާ ކުރެވޭނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

ތިނަދޫގައި ގާއިމުކުރި ފިއުލް ޝެޑް، އެސްޓީއޯގެ އެމްޑީ ޝަހީރު (މ) ރަސްމީކޮށް ހުޅުއްވައި ދެއްވަނީ. - ފޮޓޯ: އެސްޓީއޯ

ތިނަދޫގައި ގާއިމުކުރި ފިއުލް ޝެޑް، އެސްޓީއޯގެ އެމްޑީ ޝަހީރު (މ) ރަސްމީކޮށް ހުޅުއްވައި ދެއްވަނީ. - ފޮޓޯ: އެސްޓީއޯ

މި ޝެޑްގައި ތިން ޕެޓްރޯލް ޑިސްޕެންސަރާއި އެއް ޑީސަލް ޑިސްޕެންސަރު ހުރެ އެވެ.

ތިނަދޫ އެސްޓީއޯ ފިއުލް ޝެޑްގެ ސަބަބުން، އެ ރަށުގެ އިތުރުން އެ ސަރަހައްދުގެ ރަށްރަށުގައި ދިރިއުޅޭ މީހުންނަށް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދެވޭނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

ތިނަދޫގައި ރޭ ހުޅުވި އެސްޓީއޯގެ ފިއުލް ޝެޑް. - ފޮޓޯ: އެސްޓީއޯ

ތިނަދޫގައި ރޭ ހުޅުވި އެސްޓީއޯގެ ފިއުލް ޝެޑް. - ފޮޓޯ: އެސްޓީއޯ

މާލޭގެ ތިން ސަރަހައްދެއްގައި އެފްއެސްއެމުން ތިން ޝެޑެއް ހިންގަ އެވެ. އަދި ރާއްޖޭގެ ބައެއް ރަށްރަށުގައި ވެސް ޕެޓްރޯލާއި ޑީސަލް ވިއްކުމަށް ފިއުލް ޝެޑްތައް ވަނީ ހުޅުވައިފަ އެވެ. އެއީ ހުޅުމާލެ އާއި އައްޑޫގެ އިތުރުން ފުވައްމުލަކުގަ އެވެ.