Roadha Mihaaru

އެސްޓީއޯ ރޭޓުގައި ދުވާފަރުގައި މަސްވެރިންނަށް ތެޔޮ ވިއްކަން ފަށައިފި

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށުން އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖައްސަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުގެ ދަށުން ރ. ދުވާފަރުގައި އެ ރޭޓުގައި ތެޔޮ ވިއްކަން މިއަދު ފަށައިފި އެވެ.

އެސްޓީއޯ ރޭޓުގައި ދުވާފަރުގައި ތެޔޮ ވިއްކަން ފަށައިފި

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށުން އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖައްސަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުގެ ދަށުން ރ. ދުވާފަރުގައި އެ ރޭޓުގައި ތެޔޮ ވިއްކަން މިއަދު ފަށައިފި އެވެ.

އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި އެފްއެސްއެމްގެ މޮޑިއުލާ ސްޓޭޝަން ދުވާފަރުގައި ގާއިމްކޮށް، އެ ހިދުމަތް ފައްޓަވައި ދެއްވީ މިރޭ ދުވާފަރުގައި ބާއްވާ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު އެ ރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ މަނިކުފާނެވެ.

އެފްއެެސްްއެމުން ބުނީ، މަސްވެރިންގެ އިތުރުން ދުވާފަރުގެ ރައްޔިތުންނަށް ވެސް އެ ހިދުމަތް ފަސޭހަކަމާ އެކު ލިބޭނެ ކަމަަށެވެ.

ދުވާފަރުގައި މަސްވެރިންނަށް އެސްޓީއޯ ރޭޓުގައި ތެޔޮ ވިއްކުމުގެ ހިދުމަތް ރައީސް މުއިއްޒު މިއަދު ފައްޓަވައި ދެއްވުމުގެ ރަސްމިއްޔާތުގައި އެ ކުންފުނީގެ އެމްޑީ ޝިމާދުއާ ސަލާން ކުރައްވަނީ.---ފޮޓޯ: އެސްޓީއޯ

ދުވާފަރުގައި މަސްވެރިންނަށް އެސްޓީއޯ ރޭޓުގައި ތެޔޮ ވިއްކުމުގެ ހިދުމަތް ރައީސް މުއިއްޒު މިއަދު ފައްޓަވައި ދެއްވުމުގެ ރަސްމިއްޔާތުގައި އެ ކުންފުނީގެ އެމްޑީ ޝިމާދުއާ ސަލާން ކުރައްވަނީ.---ފޮޓޯ: އެސްޓީއޯ

ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ އެސްޓީއޯ ރޭޓުގައި ތެޔޮ ވިއްކަން ފެށުމުން، ވާދަވެރި މާކެޓެއް އުފެދި، އަގުބޮޑުކޮށް ވިއްކާ ފަރާތްތަކަށް ވެސް އަގު ކުޑަކުރަން މަޖުބޫރުވާނެ ކަމަށެވެ.

މާލެ ސަރަހައްދުން ވެސް މިހާރު އެސްޓީއޯ ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިދިޔަ ހަފުތާގައި ވިދާޅުވިީ ރާއްޖޭގެ ކޮންމެ އަތޮޅަކުން މަދުވެގެން އެއް ރަށުން އެ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމް އަންނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް ހަމަޖެހޭނެ ކަމަށެވެ.