ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ދެއްކުމުގެ ފުރުސަތު މާދަމާ އިން ފެށިގެން ހުޅުވާލުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.
09 ޖޫން 2018
ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ދެއްކުމުގެ ފުރުސަތު މާދަމާ އިން ފެށިގެން ހުޅުވާލުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.
އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ ގޮވާމުން ޒަކާތް ދައްކަން ބޭނުންވާ ނަމަ މާދަމާ އިން ފެށިގެން އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް އެ ފުރުސަތު އޮންނާނެ ކަމަށެވެ. ޒަކާތް ދައްކަން ޖެހޭނީ އެ ބަޔަކު އަހަރެއްގެ ތެރޭގައި ކައި އުޅުނު ގޮވާމުގެ ބާވަތަކުން މީހަކަށް 2.4 ކިލޯ ކަމަށް އިއުލާނުގައިވެ އެވެ.
ގޮވާމުން ޒަކާތް ބަލައިގަންނާނީ އަރަބިއްޔާ ސްކޫލްގެ ހޯލްގަ އެވެ. ޒަކާތް ބަލައިގަންނަނީ ކޮންމެ ދުވަހެއްގެ ހެނދުނާއި މެންދުރުގެ އިތުރުން ރޭގަނޑުގެ އެކި ވަގުތުތަކުގަ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި ގޮވާމުގެ ގޮތުގައި ލިބޭ ޒަކާތް ބަހަން ފަށާނީ އަންނަ ބުދަ ދުވަހު އެވެ.
ގޮވާމުގެ ބާވަތްތަކުން ޒަކާތް ދެއްކުމުގެ ފުރުސަތު މާދަމާ ހުޅުވާލާއިރު، ފައިސާ އިން ޒަކާތް ބަލައިގަތުމުގެ މަސައްކަތް މިހާރު ވެސް ދަނީ ކުރަމުންނެވެ. އެގޮތުން އިސްލާމިކް މިނިސްޓްރީ އާއި އެޗްޑީސީގެ އިތުރުން ވިލިމާލޭ ޔުނިޓުން ވެސް ފައިސާ އިން ޒަކާތް ދެއްކެ އެވެ. އަދި ދިރާގާއި އުރީދޫގެ އިތުރުން ބީއެމްއެލް އާއި އިސްލާމިކް ބޭންކް މެދުވެރިކޮށް ވެސް މިހާރު ޒަކާތް ދެއްކޭނެ އެވެ.
ޒަކާތް ހޯދުމަށް 16،294 މީހަކު ރަޖިސްޓަރީ ކުރި
ޒަކާތުގެ ގޮތުގައި މާލޭގައި ބޮލަކަށް 1،300 ރުފިޔާ
ފިތުރު ޒަކާތަށް ހަތް ލައްކަ އަށް ވުރެ ގިނަ ރުފިޔާ
ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި
ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޒަކާތް ދެއްކޭނެ
ޒަކާތު ހައުސްގެ ނަމުގައި 10 ބުރީގެ އިމާރާތެއް އަޅަނީ
ކިޔަވަން ޒަކާތު ފަންޑުން އެހީ ދޭ ގޮތްތައް އިތުރުކޮށްފި
ޒަކާތު ފަންޑަށް 98 މިލިއަން ރުފިޔާ، މިއީ ރިކޯޑެއް
މުދަލު ޒަކާތުގެ ގޮތުގައި 12 މިލިއަން ރުފިޔާ ބަހައިފި
މުދަލު ޒަކާތް ބަހަން ފަށައިފި، މީހަކަށް 4،000ރ.