Roadha Mihaaru
ތެޔޮ ބޯޓެއްގައި އެއްޗެއް ގޮވައި ދެ މީހަކު ފިހިއްޖެ

ތެޔޮ ބޯޓެއްގައި އެއްޗެއް ގޮވައި ދެ މީހަކު ފިހިއްޖެ

10 ޖޫން 2018

ރ. އުނގޫފާރުގެ ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި މިރޭ އެއްޗެއް ގޮވައި ދެ މީހަކު ފިހިއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ރ. އުނގޫފާރުގެ ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި މިރޭ އެއްޗެއް ގޮވައި ދެ މީހަކު ފިހިއްޖެ އެވެ.

"ހޯކްސް"ގެ ތެޔޮބޯޓެއްގައި ހިނގި އެ ހާދިސާގައި ދެ މީހަކު ވަރަށް ބޮޑަށް ފިހިފައި ވާއިރު އެ މީހުންނަށް އަންނަނީ އުނގޫފާރު ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ. އެއީ، އެ ބޯޓުގައި މަސައްކަތް ކުރާ ދިވެއްސަކާއި ސްރީ ލަންކާގެ މީހެކެވެ.

ފޮޓޯތަކުން ފެންނަ ގޮތުގައި، އެކެއްގެ ދެ އަތާއި ދެ ފައި ވެސް ވަނީ ވަރަށް ބޮޑަށް ފިހިފަ އެވެ. އަދި ލައިގެން ހުރި ޓީޝާޓު ވެސް ވަނީ އަނދައިފަ އެވެ.

އުނގޫފާރު ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވީ، އެ ދެ މީހުންނަށް އެ ހޮސްޕިޓަލްގެ އިމަޖެންސީ ރޫމްގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. އިތުރު ތަފަސީލެއް ނުދެއްވަ އެވެ.

އުނގޫފާރު ކައުންސިލްގެ މެމްބަރަކު ވިދާޅުވީ އެ ހާދިސާ ހިނގީ ބޯޓުން ތެޔޮ އެޅުމަށް ބޭނުން ކުރާ ޕަންޕު ނިވާލަން އުޅުމުގެ ތެރޭގައި އެއްޗެއް ގޮވައިގެން ކަމަށެވެ. އެއްޗެއް ގޮވި ވަގުތު އަލިފާން ހިފި ނަމަވެސް، ދަނގަޑާއި ފައިބަރުން ހަދާފައިވާ ބޯޓުގައި ރޯވެ ބޮޑު ގެއްލުމެއް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެއީ، ބޯޓަކީ އެކި ރަށްތަކަށް ތެޔޮ ސަޕްލައި ކުރަން ގެންގުޅޭ ބޯޓެކެވެ.