Roadha Mihaaru

އެކަކުގެ 25 ޕަސެންޓް ފިހިފައި، ހާލު ރަނގަޅު: ހޮސްޕިޓަލް

ރ. ދުވާފަރުގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ތިން މީހުންގެ ތެރެއިން އެކަކުގެ ހަށިގަނޑުގެ 25 ޕަސެންޓް ފިހިފައިވާ ކަމަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ބުނެފި އެވެ.

އެކަކުގެ 25 ޕަސެންޓް ފިހިފައި، ހާލު ރަނގަޅު
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

30 ޖުލައި 2023

ރ. ދުވާފަރުގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ތިން މީހުންގެ ތެރެއިން އެކަކުގެ ހަށިގަނޑުގެ 25 ޕަސެންޓް ފިހިފައިވާ ކަމަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ބުނެފި އެވެ.

އެ ރަށުގައި ހުއިފިލަނޑާ ނެގުމުގެ މަސައްކަތް ކުރާ ދޯންޏެއްގައި އެ ހާދިސާ ހިނގީ ދޯނި ސާފު ކުރުމުގެ ތެރޭގައި ބޭނުންކުރި ކެމިކަލްތަކެއްގެ ސަބަބުން ކަމަށް ކައުންސިލުން ބުނެ އެވެ.

އެ ހާދިސާގައި ފިހުނު ތިން މީހުންނަށް ދުވާފަރު ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް އިއްޔެ ވަނީ އުނގޫފާރު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށައިފަ އެވެ.

އެ ހޮސްޕިޓަލުގެ ސީނިއާ ކަސްޓަމާ ރިލޭޝަން އޮފިސަރު، ހަސަން ފަޒީލް، މިއަދު ވިދާޅުވީ އެ ހާދިސާގައި ފިހުނީ 24، 26، އަދި 34 އަހަރުގެ ތިން ދިވެހި ފިރިހެނުން ކަމަށެވެ.

އޭގެ ތެރެއިން 34 އަހަރުގެ ފިރިހެން މީހާގެ 25 ޕަސެންޓް ފިހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެ މީހާއަށް އިތުރު ފަރުވާ ދިނުމަށް ހަފްތާއެއް ވަންދެން ބާއްވާނެ ކަމަށް ވެސް ފަޒީލް ވިދާޅުވި އެވެ.

ފަޒީލް ވިދާޅުވީ ތިން މީހުންގެ ހާލު ވެސް ރަނގަޅު ކަމަށެވެ.

އެ ހާދިސާގައި ފިހިފައި ވަނީ އެ ރަށު ދެ މީހަކާއި އެ ދޯނީގައި މަސައްކަތް ކުރާ އެހެން ރަށެއްގެ މީހެކެވެ.