އދ. ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއެއް ކާމިޔާބު ކުރަން ރާއްޖެ އިން ވާދަކުރި އިންތިޚާބުގައި އިންޑިއާ އިން ވޯޓު ދިނީ ރާއްޖެއާ ދެކޮޅަށް ކަމަށް އެ ގައުމުގެ ނޫހަކުން އިއްޔެ ބުނެފި އެވެ.
16 ޖޫން 2018
އދ. ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއެއް ކާމިޔާބު ކުރަން ރާއްޖެ އިން ވާދަކުރި އިންތިޚާބުގައި އިންޑިއާ އިން ވޯޓު ދިނީ ރާއްޖެއާ ދެކޮޅަށް ކަމަށް އެ ގައުމުގެ ނޫހަކުން އިއްޔެ ބުނެފި އެވެ.
އިންޑިއާގެ ނޫހެއް ކަމުގައިވާ ދަ ޕްރިންޓު ނޫހުގައި އެ ގައުމުގެ ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހު، އދ. ގެ ސަލާމަތީ މަޖިލީހުގައި ނެގި ސިއްރު ވޯޓުގައި އިންޑިއާ އިން ވޯޓު ދިނީ އިންޑޮނީޝިއާ އަށް ކަމަށެވެ. އެކަމަކު، ރާއްޖެއާ ދެކޮޅަށް ވޯޓު ދިން ސަބަބެއް އޭނާ ވިދާޅެއް ނުވެ އެވެ.
އދ.ގެ އާންމު މަޖިލީހުގައި ނެގި ވޯޓުގައި ބޮޑު ތަފާތަކުން ރާއްޖެ ބަލިކޮށް، ސަލާމަތީ މަޖިލީހުގެ މެމްބަރު ކަން އިންޑޮނީޝިޔާ ހަތަރު ވަނަ ފަހަރަށް ވަނީ ހޯދައިފަ އެވެ. އޭޝިއާ ޕެސިފިކް ސަރަހައްދުގެ ގޮނޑި އިންޑޮނީޝިއާ އަށް ލިބުނީ ވޯޓުގައި ބައިވެރިވި 190 ގައުމުގެ ތެރެއިން 144 ގައުމުގެ ވޯޓުންނެވެ.
ރާއްޖެ އަށް ވޯޓު ދިނީ އެންމެ 46 ގައުމަކުންނެވެ.
މި ގޮނޑި ހޯދުމަށް ރާއްޖެ އާއި އިންޑޮނީޝިއާ އިން ވަރުގަދަ ކެމްޕެއިނެއް ކުރިއިރު، ފުރަމާނަ ދަތުރުފުޅެއްގައި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިދިޔަ މަހުގެ ފަހުކޮޅު، އިންޑޮނީޝިއާ އަށް ވަޑައިގެން އެގައުމުގެ ވެރިންނާ އެކު ކުރެއްވި މަޝްވަރާތަކުގައި، އދ.ގެ ސަލާމަތީ މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރުމުގައި އިންޑިޔާގެ އެހީތެރިކަމަށް އެދުނު ކަމަށް އިންޑޮނީޝިޔާގެ މީޑިއާތައް ބުނެ އެވެ.
އދ. ގެ ސަލާމަތީ މަޖިލީހުގެ މެމްބަރު ގައުމުތަކަށް ލިބޭނެ އެންމެ ބޮޑު ބާރަކީ ދުނިޔޭގައި އެކިކަންކޮޅުތަކުގައި ހިނގާ ތަފާތު މައްސަލަތަކުގައި ބަސް ބުނުމުގެ ހައްގެވެ. އަދި އެކިއެކި ގައުމުތަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ބާރު ވެސް ކައުންސިލަށް ލިބެ އެވެ.
މިހާ ބޮޑު ތަފާތަކުން ރާއްޖެ އަށް މިފަހަރު ނާކާމިޔާބުވި އިރު، މީގެ ނުވަ އަހަރު ކުރިން، 2009 ވަނަ އަހަރު، އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހަށް ރާއްޖެ ވާދަ ކޮށް، 185 ގައުމެއްގެ ވޯޓާ އެކު އެ ގޮނޑި ރާއްޖެ ކާމިޔާބުކުރި އެވެ.
އިންޑޮނީޝިޔާއާ ވާދަކޮށް ރާއްޖެ ބޮޑު ތަފާތަކުން ނާކާމިޔާބުވި އިރު، ރާއްޖޭގެ ދާޚިލީ އަދި ޚާރިޖީ ސިޔާސަތާ މެދު ބައިނަލްއަގުވާމީ މުޖްތަމައުގައި ވަނީ ކަންބޮޑުވުން އުފެދިފަ އެވެ. އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުންހެން ޖަލު ހުކުމްގައި ނުވަތަ ބަންދުގައި ތިއްބެވި އިރު، ބައިނަލްއަގުވާމީ މުޖްތަމައުގައި ނުފޫަޒު ގަދަ ގައުމުތަކާއި ރާއްޖެއާ ދެމެދު ގުޅުން ވަނީ ހީނަރުވެފަ އެވެ.
އެ ގޮތުން އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން ރާއްޖޭގެ ސިޔާސީ މަސްރަހާ ބެހޭ ގޮތުން ތަފާތު ބަޔާންތައް ނެރެމުންދާއިރު، ސަރަހައްދީ އެންމެ ބޮޑު ގައުމު ކަމަށްވާ އަވައްޓެރި އިންޑިޔާއާ އެކު އޮތް ޒަމާންވީ ގުޅުން ވެސް ވަނީ ހީނަރުވެފަ އެވެ. އިންޑިއާ އިން ވެސް ދަނީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގަމުން އަންނަ ކަންކަމާ މެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށް ބަޔާންތައް ނެރެމުންނެވެ.
ރާއްޖެ ބަލިކޮށް ސަލާމަތީ މަޖިލީހަށް އިންޑޮނީޝިޔާ
އަސްކަރީ އެހީތެރިކަން ބޭނުމީ އިންޑިއާއިން އެކަނި:މާރިޔާ
އިންޑިއާ ސަފީރު، ފޮރިން މިނިސްޓްރީ އަށް ހާޒިރުކޮށްފި
އދ.ވޯޓުގައި ރާއްޖެއާ ދެކޮޅަށް އިންޑިޔާ ކެމްޕޭން ކުރި
ގޮނޑި ކާމިޔާބު ނުވުމުން ޝަހީދުގެ ޚިޔާލު ވަރަށް ތަފާތު
ނިހާންގެ "ރާގު" މުޅިން ބަދަލުވީތަ؟
ގޮނޑި ނުލިބުނަސް، މައްސަލަތަކުގައި ވަކާލާތު ކުރާނަން
ގޮނޑި ކާމިޔާބު ކުރާނީ ރާއްޖެތަ؟ އިންޑޮނީޝިޔާތަ؟
ރާއްޖެ-މޮރިޝަސް އިމުގެ މައްސަލާގައި ނުދައްކާ ވާހަކަ!
ހާއްސަ އިސްކަމެއްދޭނީ ކޮވިޑުން އަރައިގަތުމަށް: ޝާހިދު